އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މާލެ އިން ބިން ދޫކުރާ ފަރާތްތަކަށް ދިރިއުޅެވޭނެ ތަނެއް އަވަހަށް ހަމަޖައްސައިދިނުމަށް އަނދުން ހުސެއިން ގޮވާލައްވައިފި

މާލެ އިން ބިން ދޫކުރާ ފަރާތްތަކަށް ދިރިއުޅެވޭނެ ތަނެއް އަވަހަށް ހަމަޖައްސައިދިނުމަށް އަނދުން ހުސެއިން ގޮވާލައްވައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 9 ސިކުންތު

މާލެގެ ތޮއްޖެހުން ކުޑަކުރުމަށް މާލެ އިން ބިން ދޫކުރާ މީހުންނަށް ދިރިއުޅެވޭނެ ތަނެއް ވީހާ އަވަހަށް ހަމަޖައްސައިދިނުމަށް އެމްޑިޕީގެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރު، ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސެއިން ޝަމީމް (އަނދުން ހުސެއިން) ގޮވާލައްވައިފިއެވެ.

އަނދުން ހުސެއިން މިހެން ވިދާޅުވީ ހެންވޭރުގައި ހުރި ގުދަންތަކަކާއި ގެތަކެއްގައި މިދިޔަ ހުކުރު ދުވަހުގެ ރޭ ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއާ ގުޅިގެން ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ އަށް ހުށަހެޅުއްވި ކުއްލި މައްސަލަ އަށް ބަހުސް ކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

މީހުން ތޮއްޖެހިފައިވާ މިންވަރު ހާމަކުރައްވައި އަނދުން ހުސެއިން ވިދާޅުވި އެމްޑީޕީގެ މެނިފެސްޓޯ އާއި "އެޖެންޑާ 19" ގެ ސިޔާސަތުގެ ދަށުން މާލެ އިން ބިން ދޫކޮށްލާ މީހުންނަށް ދިރިއުޅެވޭނެ ޖާގައެއް ދިނުމަކީ ވައުދެއް ކަމަށާއި އެކަމުގެ ބޭނުމަކީ އެމީހުންނަށް ޝަރަފްވެރި ދިރިއުޅުމެއް ހޯދައި ދިނުން ކަމަށެވެ.

"މި ސަރުކާރުން ޓެކްސް ނެގިއަސް އެހެން ތަނަކުން ފައިސާ ނެގިއަސް ބުރިޖް ނޭޅިއަސް މާލެ އެބަޖެހޭ އިންސާނުން އަމާން ކަމާއި އެކު ދިރިއުޅެވޭނެ ތަނަކަށް ހަދަން" އަނދުން ހުސެއިން ވިދާޅުވިއެވެ. 

Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު