އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓްރީގެ ނައިބުގެ މަޤާމަށް މުޙައްމަދު ޝާޠިރު ޢައްޔަނު ކުރައްވައިފި

ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓްރީގެ ނައިބުގެ މަޤާމަށް މުޙައްމަދު ޝާޠިރު ޢައްޔަނު ކުރައްވައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 50 ސިކުންތު

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މިނިސްޓަރ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީގެ ނައިބުގެ މަގާމަށް، ތ. ހިރިލަންދޫ، ތިރިންގަލި މުޙައްމަދު ޝާޠިރު ޢައްޔަނު ކުރައްވައިފިއެވެ.

މިއަދު މި މަޤާމަށް ހަމަޖެއްސެވި މުޙައްމަދު ޝާޠިރު އެންމެފަހުން އަދާކުރައްވާފައި ވަނީ ޤައުމީ އަރުޝީފުގެ ޑިރެކްޓަރ ޖެނެރަލްގެ މަޤާމެވެ. މުޙައްމަދު ޝާޠިރު މީގެ ކުރިން އަދާކުރައްވާފައިވާ މަޤާމުތަކުގެ ތެރޭގައި ދިވެހިރާއްޖޭގެ އަޑުގެ ސީނިއަރ އެޑިޓަރ ކަމުގެ މަޤާމާއި އެ ދާއިރާގެ އެކިއެކި މަޤާމުތައް ހިމެނެއެވެ. މީގެ އިތުރުން މުޙައްމަދު ޝާޠިރަކީ ތާރީޚް ދިރާސާކުރުމާއި މީޑިޔާގެ ދާއިރާއިން އެކިވުޒާރާތަކަށް ފަންނީ ލަފާދެއްވުމާއި ލިޔުންތެރިކަމުގެ ދާއިރާގައި ފާހަގަކޮށްލެވޭ ބޭފުޅެކެވެ. މުޙައްމަދު ޝާޠިރަށް ވަނީ 2017 ވަނަ އަހަރު، ދިވެހި ތާރީޚުގެ ދާއިރާއިން، ދިވެހި ތާރީޚާ ބެހޭގޮތުން ހޭލުންތެރިކުރުވުމުގެ ރޮނގުން ހިތްވަރު ދިނުމުގެ ޤައުމީ އިނާމު ލިބިވަޑައިގެންފައެވެ.

މުޙައްމަދު ޝާޠިރު ވަނީ ނޫސްވެރިކަމުގެ ދާއިރާއިން ތަޢުލީމާ ތަމްރީނުގެ ގިނަ ޕްރޮގްރާމްތަކެއް ފުރިހަމަ ކުރައްވާފައެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު