އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އެކަނި ގޭގަ ބައިތިއްބާފަ ބޭރަށް ދިއުމުން 4 އަހަރުގެ ކޮއްކޮ އެއްލި ވަޅިއެއް 9 އަހަރުގެ ބޭބެގެ ބުރަކަށްޓަށް ހެރުމުން މަންމަ އާ މާމަ ބަންދުކޮށްފި

އެކަނި ގޭގަ ބައިތިއްބާފަ ބޭރަށް ދިއުމުން 4 އަހަރުގެ ކޮއްކޮ އެއްލި ވަޅިއެއް 9 އަހަރުގެ ބޭބެގެ ބުރަކަށްޓަށް ހެރުމުން މަންމަ އާ މާމަ ބަންދުކޮށްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 15 ސިކުންތު

5 ދަރިން އެކަނި ގޭގައި ބައިތިއްބާފައި ބޭރަށް ދިއުމުން 4 އަހަރުގެ އަންހެން ކޮއްކޮ އެއްލި ވަޅިއެއް 9 އަހަރުގެ ބޭބެގެ ބުރަކަށްޓަށް ހެރުނު މައްސަލައެއްގައި މަންމަ އާއި މާމަ ބަންދުކޮށްފިއެވެ. 

އެމެރިކާގެ ފްލޮރިޑާގެ ފުލުހުން ބުނީ 3 އަހަރުގެ ކޮއްކޮ ވަޅިއެއް ނެގުމުން 4 އަހަރުގެ ދައްތަ ކޮއްކޮގެ އަތުން ވަޅި އަތުލާފައި ދުރަށް އެއްލިތަނުން ޓީވީގައި ވަޅި ޖެހިފައި ވެއްޓި 9 އަހަރުގެ ބޭގެ ބޮލަށާއި ބުރަކަށްޓަށް ހެރި ކަފައިގެންދިއައީ ކަމަށެވެ. 

"އެއިރު މާމަ ވީ މަންމަ ބަލައި ގޮސް. އެހާލަތު ދިމާވެގެން ގުޅީމާ ފޯނެއް ނުނެގި. ކުދިންނަށް ފުލުހުންނަށް ގުޅާކަށް ނޭނގުނު ދެން އަވަށްޓެރިއެއްގެ އެހީތެރިކަން ކުދިން ހޯދީ."

ފުލުހުން ބުނީ 5 ކުދިން މިހާރު ވަނީ ކުދިން ބަލަހައްޓާތަނެއްގައި ކަމަށެވެ. "ފުލުހުން ގޮސް ބެލިއިރު ކުދިން ގެންގުޅެފައިވަނީ ޞިއްޙީގޮތުން ވަރަށް ދަށު ދަރަޖައިގަ. ކުދިން ގައިގަ ތަތްމަކުނުވެސް ވަނީ ހަފާފަ. އެހެންވެ މާމަ އާއި މަންމަ އާއިމެދު ފިޔަވަޅުއަޅާނަން." ފުލުހުން ބުނެފައިވެއެވެ.

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް