އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ތިމާވެށީގެ މައްސަލަތަކުގެ ސަބަބުން މަސްވެރިކަން ގެއްލި ދުނިޔޭގެ އިޤްތިޞާދު މިދަނީ ފުނޑެމުން: ރައީސް އައިންގިމިއާ

ތިމާވެށީގެ މައްސަލަތަކުގެ ސަބަބުން މަސްވެރިކަން ގެއްލި ދުނިޔޭގެ އިޤްތިޞާދު މިދަނީ ފުނޑެމުން: ރައީސް އައިންގިމިއާ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 7 ސިކުންތު

ކަނޑުގެ ލޮނުގަނޑު އުފުލުމާއި ތިމާވެށްޓަށް ކުރިމަތިވަމުންދާ މައްސަލަތަކުގެ ސަބަބުން ހަމައެކަނި ތިރި ޖަޒީރާ ރަށްތައް ނެތެމުންދަނީ ނޫން ކަމަށާއި މަސްވެރިކަން ގެއްލި ދުނިޔޭގެ އިޤްތިޞާދު މިދަނީ ފުނޑެމުން ކަމަށް ޕެސިފިކް އައިލަޑްސްގައި ހިމެނޭ ނައުރޫގެ ރައީސް ލައަނަލް ރޫވެލް އައިންގިމިއާ ވިދާޅުވެއްޖެއެވެ.

ރައީސް އައިންގިމިއާ ވިދާޅުވީ ތިމާވެށީގެ މައްސަލަތައް އެންމެ ބޮޑަށް ގުޅިފައިވަނީ ކުދި ޖަޒީރާ ޤައުމުތަކާއި ކަމަށްވާއިރު ކުދި ޖަޒީރާ ޤައުމުތަކަށް އޮތީ ރަށްތައް ނެތިގެން ހިނގައިދާނެ ކަމުގެ ބިރުވެރިކަން އެކަނި ނޫން ކަމަށެވެ. އަދި އެންމެ ބޮޑު އެއް ބިރަކީ މަސްވެރިކަން ނެތިގެން ގޮސް ރައްޔިތުން ބަނޑަށް ޖެހިދާނެ ކަމުގެ ބިރު ކަމަށެވެ.

އޭނާ ވިދާޅުވީ ގްރީން ފަންޑު ފަދަ ފަންޑުތަކަކީ ކުދި ޖަޒީރާ ރަށްތަކަށް ވަރަށް ބޮޑަށް ފައިދާކުރާނެ ކަންކަން ކަމަށާއި ނަމަވެސް ފައިދާ ކުރާނީ ތިމާވެށްޓަށް އެންމެ ބޮޑަށް ގެއްލުން ދެމުން ގެންދާ ބޮޑެތި ޤައުމުތަކުން އެއްބަސްވުންތަކަށް އަމަލުކޮށް އެއްބަސްވެފައިވާ ގޮތަށް ފައިށާ ޚަރަދުކުރާ ނަމަ ކަމަށެވެ. އަދި އެހީގެ ފައިސާ ލިބެން ޖެހޭ ޤައުމުތަކަށް ލިބެމުންދާ ނަމަ ކަމަށެވެ.

ރާއްޖެއަކީވެސް ތިމާވެށީގެ މައްސަލަތަކުގެ ސަބަބުން އެންމެ ބޮޑަށް ގެއްލުން ލިބެމުން އަންނަ އެއް ޤައުމެވެ. ރާއްޖޭގެ މަސްވެރިކަމަށްވެސް ދަނީ މައްސަލަތައް ކުރިމަތިވަމުންނެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް