އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ގެސްޓް ހައުސް އެސޯސިއޭޝަންގެ އެވޯޑް 9 ރަށަކަށް

ގެސްޓް ހައުސް އެސޯސިއޭޝަންގެ އެވޯޑް 9 ރަށަކަށް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 34 ސިކުންތު

ގެސްޓްހައުސް އެސޯސިއޭޝަނުން އިންތިޒާމްކޮށްގެން ބޭއްވި ޖީއޭއެމް އެވޯޑްސް 2019 ރޭގައި ބާއްވައިފިއެވެ.

މިއީ ގެސްޓް ހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ލޯކަލް ޓޫރިޒަމް ކުރިއެރުވުމަށްޓަކައި މިދާއިރާގައި ހަރަކާތްތެރިވާ ގެސްޓްހައުސްތަކާއި ރަށްތަކަށް ޚާއްސަކޮށްގެން މުޅިން އަލަށް ތަޢާރަފްކޮށްފައިވާ އެވޯޑެކެވެ.

ހުޅުމާލޭ ރުއްގަނޑު ސަރަޙައްދުގައި ކުރިއަށްގެންދިޔަ މި އެވޯޑު ހަފްލާގައި 9 ދާއިރާއަކުން އެވޯޑު ދީފައިވެއެވެ.

މި އެވޯޑުތަކުގެ ތެރެއިން ލީޑިންގ ފެމިލީ ހޮލިޑޭ އައިލެންޑްގެ އެވޯޑު ލިބިފައިވަނީ ކ. ތުލުސްދޫއަށެވެ. ލީޑިންގ އިކޯ- ފްރެންޑްލީ އައިލެންޑް އެވޯޑު ބ. މާޅޮހަށް ލިބިފައިވާއިރު ލީޑީންގ ޑައިވިންގ، ވޯޓަރސްޕޯޓްސް އެންޑް އެޑްވެންޗަރ އެވޯޑު ލިބިފައިވަނީ އއ. ރަސްދޫއަށެވެ.

ލީޑިންގ ފެމެލީ ހޮލިޑޭ އެވޯޑު ލިބުނީ އއ. އުކުޅަހަށެވެ. ލީޑިންގ ފިޝިންގ އެޑްވެންޗަރ އައިލެންޑް އެވޯޑު ވ. ކެޔޮދޫއަށް ލިބިފައިވާއިރު ލީޑީންގ ކަނެކްޓިވިޓީ އައިލެންޑް އެވޯޑު ލިބިފައިވަނީ ކ. މާފުށްޓަށެވެ.

ލީޑިންގ ބީޗް އައިލެންޑް އެވޯޑު ހުޅުމާލެއަށް ލިބުނުއިރު ލީޑިންގ އޮތެންޓިކް ނޭޗަރ އައިލެންޑް ލިބިފައިވަނީ ބ. ފެހެންދޫއަށެވެ. އަދި ލީޑިންގ ފުޑް އެންޑް ބެވަރޭޖް އައިލެންޑް ލިބިފައިވަނީ އއ. ތޮއްޑުއަށެވެ.

ގެސްޓްހައުސް އެސޯސިއޭޝަނުން ބުނީ މި އެވޯޑުތައް ދިނުމުގައި ޓްރިޕް އެޑްވައިޒަރއިން ދީފައިވާ ރިވިއުތަކަށް ބަލާފައިވާނެކަމަށެވެ. އަދި ކުރިއަށްއޮތް އަހަރުތަކުގައި އެވޯޑުގެ ކެޓަގަރީތައް އިތުރުކޮށް އެވޯޑު ހަފްލާ ކުލަގަދަކޮށް ބޭއްވުމަށް ނިންމާފައިވާކަމަށް ވެސް ގެސްޓްހައުސް އެސޯސިއޭޝަނުން ބުނެއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ