އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އައްޑޫ ސިޓީގެ 5 ރަށެއްގެ ފެން ހިންދާ ނިޒާމް ގާއިމުކުރުމުގެ ދިރާސާތައް ހެދުމަށް ބަޔަކާ ހަވާލުކޮށްފި

އައްޑޫ ސިޓީގެ 5 ރަށެއްގެ ފެން ހިންދާ ނިޒާމް ގާއިމުކުރުމުގެ ދިރާސާތައް ހެދުމަށް ބަޔަކާ ހަވާލުކޮށްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 19 ސިކުންތު

އައްޑޫ ސިޓީގެ 5 ރަށެއްގެ ފެން ހިންދާ ނިޒާމް ގާއިމުކުރުމުގެ ދިރާސާތައްހެދުމަށްއިޕޮކް އެސޯސިއޭޓްސްއާއި ހަވާލުކޮށްފިއެވެ.

އައްޑޫ ސިޓީގައި ފެން ހިންދާ ނިޒާމް ގާއިމްކުރާ 5 ރަށަކީ ހިތަދޫ، މަރަދޫ، މަރަދޫ-ފޭދޫ، ހުޅުދޫ އަދި މީދޫ އެވެ. 

އިޕޮކް އެސޯސިއޭޓްސް ޕްރައިވެޓް ލިމިޓެޑްއާއި 2 ކޮންޓްރެކްޓެއްގެ ދަށުން ދައުލަތުގެ ބަޖެޓުން  2,006,202.62 (ދެ މިލިއަން ހަހާސް ދުއިސައްތަ ދެރުފިޔާ ފަސްދޮޅަސް ދެލާރި) ހަވާލުކޮށް ކުރިއަށް ގެންދާ މިމަސައްކަތަކީ ސޮއި ކުރެވޭ ތާރީހުން ފެށިގެން 4 މަސް ދުވަހުގެތެރޭގައި ނިންމުމަށް ހަވާލުކުރެވޭ ކޮންޓްރެކްޓެކެވެ.

މި ކޮންޓްރެކްޓެގެ ދަށުން މި 5 ރަށުގެފެންހިންދާ ނިޒާމު ގާއިމު ކުރުމަށް ބޭނުންވާ ދިރާސާތައް ކުރުމާއި ފަސް ރަށުގެ އީއައިއޭ އަދި ކުރެހުންވެސް ހިމެނެއެވެ.

އައްޑޫ ސިޓީގެ ފޭދޫގެ ފެންހިންދުމުގެ މަޝްރޫއުގެ ބޮޑު ބައެއް މިހާރު ވަނީ ނިމިފައެވެ. މިމަޝްރޫއުއަށް 22 މިލިއަނަށްވުރެ ގިނަ ރުފިޔާ ވަނީ ސަރުކާރުގެ ބަޖެޓުން ހަރަދުކޮށްފައެވެ.

އައްޑޫ ސިޓީއަކީ ވެސް ޒަމާނުންސުރެ ފެންބޮޑުވުމުގެ މައްސަލަ ކުރިމަތިވެފައިވާ ސިޓީއެކެވެ. 

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަހުމަދު