އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ފުރަތަމަ ރޯވީ ލޯންޗުގައި ‍‍- ދިހަ ތެޔޮ ބައުޒަރެއްގައި އަލިފާން ރޯވި: ފުލުހުން

ފުރަތަމަ ރޯވީ ލޯންޗުގައި ‍‍- ދިހަ ތެޔޮ ބައުޒަރެއްގައި އަލިފާން ރޯވި: ފުލުހުން


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 0 ސިކުންތު

މާލޭ ޓީ-ޖެޓީ ސަރަހައްދުގައި އިއްޔެ ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާގައި ފުރަތަމަ އަލިފާން ރޯވީ ފަޅުގައި އޮތް "ނެވި 3" ލޯންޗުގައިކަމަށާއި މި އަލިފާނުގެ ސަބަބުން އެ ސަރަހައްދުގައި އޮތް 10 ތެޔޮ ބައުޒަރަކަށް އެކި ވަރުގެ ގެއްލުން ލިބިފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

މިހާދިސާގައި 5 ބައުޒަރު ބޭނުން ނުކުރެވޭ ވަރަށް އަނދާފައިވާއިރު "ނެވި 3" ލޯންޗު ވެސް ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދައިފަ އެވެ. މީގެއިތުރުން މި ހާދިސާގައި ފަސް ޕިކަޕާއި ޓެކްސީ އަކަށް އަލިފާނުގެ އަސަރުކޮށްގެން ގެއްލުން ލިބިފައިވާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.

މިނުރައްކާތެރި އަލިފާނުގެ ހާދިސާގައި ހަތް ދިވެހިންނާއި ދެ ބިދޭސީއަކު ފިހުނެވެ.

އަލިފާން ރޯވީ ކިހިނެއް ކަމެއް ފުލުހުން ނުބުނެެއެވެ. ފުލުހުން ބުނީ މައްސަލަ ތަހުގީގު ކުރަމުން އަންނާތީ އެކަމާ ގުޅިގެން އިތުރު ތަފްސީލެއް ދެވެން ނެތް ކަމަށެވެ.

އިއްޔެ ހަވީރު 3:40 ހާއިރު ރޯވި އަލިފާން ކޮންޓްރޯލް ކުރެވުނީ ހަވީރު 5:00 ހާއިރު އެވެ.

 

Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު