އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޑރ. އަފްރާޝީމް އަވަހާރަކޮށްލިތާ 7 އަހަރު - ތަޙްޤީޤުން އެނގުނީ ކޮން ކަމެއް؟

ޑރ. އަފްރާޝީމް އަވަހާރަކޮށްލިތާ 7 އަހަރު - ތަޙްޤީޤުން އެނގުނީ ކޮން ކަމެއް؟


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 19 ސިކުންތު

މަޝްހޫރު ދީނީ ޢިލްމުވެރިޔާ، ޑރ. އަފްރާޝީމް ޢަލީ އަވަހާރަކޮށްލިތާ 7 އަހަރުވީއެވެ. ޑރ. އަފްރާޝީމް އަވަހާރަކޮށްލީ 2 އޮކްޓޯބަރު 2012 ގައެވެ. ސުވާލަކީ ތަޙްޤީޤުން އެނގުނީ ކޮންކަމެއް ހެއްޔެވެ؟ އެކަން ކުރީ ހުމާމް ކިޔާ އެއިރު ކުޑަ ކުއްޖެއް ނޫން އެހެން އެއްވެސް ކަމެއް އެނގިއްޖެ ހެއްޔެވެ؟ 

ހުމާމް އެކަން ކުރީ ކީއްވެގެންތޯ ކުރެވޭ ސުވާލުގެ ޖަވާބު ކޮބައިހެއްޔެވެ؟ ޑރ. އަފްރާޝީމް އަވަހާރަކޮށްލީ މެދުއިރުމަތީގެ ޤައުމަކުން ކަމަށް އަދި އެކަންކޮށްފައި އެމީހާ ނުވަތަ މީހުން ރާއްޖެއިން ފުރައިފިކަމަށް ބުނެ ރައީސް މުޙައްމަދު ނަޝީދަށް މައުލޫމާތު އެރުވި މީހާ އެދައްކާ ވާހަކައިގެ ޙަޤީޤަތް ހޯދިއްޖެ ހެއްޔެވެ؟ ޑރ. އަފްރާޝީމް އަވަހާރަކޮށްލަން ބޭރުން ބައަކު އަންނަން ޖެހުނީ ކީއްވެގެން ހެއްޔެވެ؟ އެކަމުގެ ތަޙްޤީޤުގެ ފުރަތަމަ މަރުޙަލާގައި ހާމަކުރި މައްސަލަތަކަށް ފަހުންވީ ކިހިނަކުން ހެއްޔެވެ؟ 

ޖަވާބު ލިބިފައި ނުވާ ސުވާލުތައް ވަރަށް ގިނައެވެ. އެ ސަރަހައްދުގައި ހުރި ސީސީޓީވީ ފުޓޭޖްތަކަށްވީ ކިހިނަކުން ހެއްޔެވެ؟ އެއްވެސް ކެމެރާއަކަށް ހަމަ އެއްވެސް މަންޒަރެއް އަރާފައި ނެތްނަމަ އެއީ ކިހިނަކުން ވެދާނެ ކަމެއް ހެއްޔެވެ؟ 

ރާއްޖެ ކުރިއަރައިފިއެވެ. މީހުންގެ މޫނުގެ ކަންކަމުން ކަންކަން ދެނެގަނެވޭ ހިސާބަށް ދުނިޔޭގެ ފެންވަރުގައި ރާއްޖޭގެ ސައިންސްވެރިން ކުރިއަރައިފިއެވެ. ޑރ. އަފްރާޝީމްގެ ޖަނާޒާގެ ފޮޓޯތަކާއި މަންޒަރުތައް ޕްރޮފެސަރ އުގައިލަށް ދައްކައިފިހެއްޔެވެ؟ ޖަނާޒާގައި ބައިވެރިވި ބައެއް މީހުންގެ މޫނުމަތިން ކަންކަން ފެނުނުކަމަށް ބައެއް މީހުން އެބުނާ ބުނުމުގައި އެއްވެސް ޙަޤީޤަތެއް އޮތްކަން ޕްރޮފެސަރު މެދުވެރިކޮށް ބަލައިލުން ކީއްހެއްޔެވެ؟ 

އެއްވެސް "ކުލޫ"އެއް ނެތި ރާއްޖެތެރޭގެ ރަށްރަށަށް ގޮސް މަރުގެ ހަޤީޤަތް ހޯދަމުން އައި ކުޅަދާނަ ދިވެހިން ފުލުހުންނާއި އަދި ދުނިޔެއަށް އެންމެ މަޝްހޫރު އެމެރިކާގެ ޖަމާއަތުން ކުރި މަސައްކަތުން ހަމަ އެއްވެސް ނަތީޖާއެއް ނުހޯދުނީ ކީއްވެގެން ހެއްޔެވެ؟ 

މިފަދަ އެތައް ބައިވަރު ސުވާލުތައް ހުރިއިރު އެކަށީގެންވާ ހަމަ އެއްވެސް ޖަވާބެއް ނުލިބިގެން މިއުޅެނީ ކީއްވެގެން ހެއްޔެވެ؟ ކޮންމެ އަކަސް ބުއްދިއަށް ޤަބޫލުކުރެވޭ ފަދަ ޖަވާބުތަކެއް ލިބެންދެން ސުވާލުތައް ކުރަމުން ގެންދާނެއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް