އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ފަލަސްތީންގެ ރައީސްގެ ޚާއްސަ މަންދޫބު، ފޮރިން މިނިސްޓަރާއި ބައްދަލުކުރައްވައިފި

ފަލަސްތީންގެ ރައީސްގެ ޚާއްސަ މަންދޫބު، ފޮރިން މިނިސްޓަރާއި ބައްދަލުކުރައްވައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 3 ސިކުންތު

ފަލަސްތީންގެ ރައީސް ހިޒް އެކްސެލެންސީ ޑރ. މަޙްމޫދް ޢައްބާސްގެެ ޚާއްސަ މަންދޫބު، ހިޒް އެކްސެލެންސީ ޑރ. މަޙްމޫދް އަލް ހައްބާޝް، މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޢަބްދުﷲ ޝާހިދުއާ ބައްދަލުކުރައްވައިފިއެވެ.

މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގައި މިއަދު ބޭއްވެވިި ބައްދަލުކުރެއްވުމުގައި މިނިސްޓަރ ޝާހިދު ވަނީ ދިވެހިރާއްޖެއާ ފަލަސްތީނާ ދެމެދު އިތުރަށް ގުޅުން ބަދަހިކުރެވޭނެ ގޮތްތަކާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ. އަދި، ފަލަސްތީނުގެ ރައީސްގެ ޚާއްސަ މަންދޫބު ވަނީ ދެޤައުމުގެ ދެމެދުގައި އޮންނަ ގާތް އަޚުވަންތަ ގުޅުން ފާހަގަކުރައްވައި އެކަމަށް ޝުކުރު އަދާކުރައްވާފައެވެ.

ފަލަސްތީނުގެ ރައީސްގެ ޚާއްސަ މަންދޫބު، ހިޒް އެކްސެލެންސީ ޑރ. މަޙްމޫދް އަލް ހައްބާޝް، ޙިދުމަތްކުރައްވަމުންގެންދަވަނީ (މިނިސްޓަރ) ޕްރެޒިޑެންޓްސް އެޑްވައިޒަރ ފޮރ ރިލިޖަސް އެފެއާޒް އެންޑް އިސްލާމިކް ރިލޭޝަންސް، އަދި ސުޕްރީމް ޖަޖް އޮފް ޝަރިއާ ކޯޓްސް (ޗީފް ޖަސްޓިސް) އޮފް ދަ ސްޓޭޓް އޮފް ޕަލަސްތީންގެ ގޮތުގައެވެ.

މިބައްދަލުކުރެއްވުމުގައި، ފޮރިން ސެކްރެޓަރީ ޢަބްދުލްޣަފޫރު މުޙައްމަދުގެ އިތުރުން މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ އެޑިޝަނަލް ސެކްރެޓަރީ ޢަހްމަދް ޝިއާން އާއި ޑިރެކްޓަރ ޢަބްދުލްވާރިޘް ސަޢީދު ‏ބައިވެރިވެވަޑައިގެންނެވިއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު