އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އެމްޑީއެންގެ ރިޕޯޓުގެ މައްސަލަ ތަހުގީގުކޮށް ފިޔަވަޅު އެޅުމަށް އަދާލަތު ޕާޓީން ގޮވާލައިފި

އެމްޑީއެންގެ ރިޕޯޓުގެ މައްސަލަ ތަހުގީގުކޮށް ފިޔަވަޅު އެޅުމަށް އަދާލަތު ޕާޓީން ގޮވާލައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 34 ސިކުންތު

މޯލްޑިވިއަން ޑިމޮކްރެސީ ނެޓްވޯކްގެ ފަރާތުން އާންމުކުރި ''ޕްރީލިމިނަރީ އެސެސްމަންޓް އޮފް ރެޑިކަލައިޒޭޝަން އިން މޯލްޑިވްސް'' ރިޕޯޓުގައި އިސްލާމްދީނާއި ރަސޫލާއަށް ފުރައްސާރަކޮށްފައިވާތީ އަވަސް ފިޔަވަޅު އެޅުމަށް ސަރުކާރު ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީން ގޮވާލައިފިއެވެ. 

އަދާލަތު ޕާޓީން ރޭ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީމާތް ﷲގެ ކުޅަދުންވަންތަކަމާއި އެ އިލާހުގެ ރައްބުވަން ތަކަމާމެދު ޝައްކު އުފައްދާ، އެ އިލާހުގެ ވަހީބަސްފުޅު ކީރިތި ގުރުއާނުގެ ސައްހަ ނައްސުން ވާރިދުވެފައިވާ ކަންކަމާމެދު ސުވާލު އުފައްދާ، އަދި ކީރިތި ރަސޫލާ މުހައްމަދު ﷺ ގެ މަތިވެރި ޝަޚްސިއްޔަތުގެ ގަދަރާއި ކަރާމާތަށް އިހާނެތިކޮށް، އެ ރިޕޯޓުގައި ހިމަނާފައިވާކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ. އެހެން ކަމުން އެ އަމަލަކީ ދިވެހިރާއްޖޭގެ އިސްލާމްދީނަށް ފުރައްސާރަ ކުރުމުގެ އަމަލެއްކަން ފާހަގަކޮށް އަމަލު އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށާއި، ދައުލަތުގެ މުއައްސަސާތަކުން އެކަމުގައި އަވަސް ފިޔަވަޅުތަކެއް އަޅަން ޖެހޭކަމަށް އެ ޕާޓީން ދެކޭ ކަމަށް އަދާލަތުން ބުންޏެވެ.

އަދާލަތުގެ ބަޔާނުގައި އިތުރަށް ބުނީ، އެ ރިޕޯޓަކީ 2016 ވަނަ އަހަރު އާންމު ކުރެވި، އަދި އޭގެ ފަހުން 2019 ވަނަ އަހަރު އަނބުރާ ގެންދެވިފައިވާ ރިޕޯޓެއްކަމުގައި ވިޔަސް ރައްޔިތުންގެ މެދުގައި އިންތިހާޔަށް ބޮޑު ނުތަނަވަސްކަމެއް އުފެދިފައިވާ ކަމަށެވެ. އަދި އެފަދަ ކަންކަމާ ގުޅިގެން އުފެދޭ ނުތަނަވަސްކަމުގެ ތެރޭގައި ވަކިވަކި ފަރުދުންނާއި ޖަމާއަތްތަކަށް އިންޒާރުދިނުމާއި، އަނިޔާވެރި އަމަލުތަކަށް މަގުފަހިވެ، މުޖުތަމައުގެ އަމަންއަމާންކަން ގެއްލިދާނެ އެހެންވެސް ކަންކަމާއި ބަސްމަގު ޚިޔާރުނުކޮށް، ސުލްހަވެރި ގޮތުގައި ގާނޫނީ ހަމަތަކުގެ ތެރެއިން ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ހައްގުގެ ބޭނުން ކުރުމަށް އެ ޕާޓީން ވަނީ ގޮވާލާފައެވެ.

އެމްޑީއެން އިން 2016 ވަނަ އަހަރު ނެރެފައިވާ ރިޕޯޓްގައި ދިނާ ހިލާފަށް ވާހަކަތަކެއް ހުރި ކަމަށް ބުނެ ބައެއް ފަރާތްތަކުން ދަނީ ކަންބޮޑުވުން ފާޅުކުރައްމުންނެވެ. 

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު