އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އެމްޑީއެންގެ ރިޕޯޓު ރައީސް ނަޝީދު ކުށްވެރި ކުރެއްވި ޓްވީޓުގައިވެސް އެމްޑީއެން ދިފާޢު ކުރައްވައިފި

އެމްޑީއެންގެ ރިޕޯޓު ރައީސް ނަޝީދު ކުށްވެރި ކުރެއްވި ޓްވީޓުގައިވެސް އެމްޑީއެން ދިފާޢު ކުރައްވައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 49 ސިކުންތު

ރާއްޖެއިން އިސްލާމް ދީން ފުހެލަން މަސައްކަތްކުރާ އެމްޑީއެން އިން ނެރުނު "ސެޓަނިކް ރިފޯމް ޕޭޕަރސް" ކުށްވެރި ކުރައްވައި ރައީސް މުޙައްމަދު ނަޝީދު ކުރެއްވި ޓްވީޓްވެސް އެމްޑީއެން ދިﷲާޢު ކުރައްވައިފިއެވެ.

ރަސީސް ނަޝީދު ވިދާޅުވީ " މާތް ﷲ އާއި ކީރިތި ރަސޫލާ (ޞޢވ) އާއި ބެހޭ ގޮތުން އެކަށީގެން ނުވާ ބަސްތަކެއް ގެނެވެފިފައި ވުން." ކުށްވެރިކުރައްވާ ކަމަށެވެ. ރައީސް ނަޝީދު މިމޭރުމުން ވިދާޅުވި ނަމަވެސް "ގެނެވިފައިވުން، ކުރެވިފައިވުން" ފަދަ ބަސްތައް ދިވެހި ބަހުގައި ބޭނުންކުރަނީ ނުއެނގިތިބެ ކުރެވޭ ކަންކަމަށެވެ. އެމްޑީއެންގެ ރިޕޯޓަކީ ނުއެނގި ތިބެ ނެރެފައިވާ ރިޕޯޓެއް ނޫންކަން ބޭރުގެ މީޑިއަތަކަށް ޝަހިންދާ ދީފައިވާ އިންޓަރވިޔުތަކުން ވަރަށް ފުރިހަމައަށް ސާބިތުވެއެވެ.

އެހެންކަމުން އެ ރިޕޯޓުގައި "މާތް ﷲ އާއި ކީރިތި ރަސޫލާ (ޞޢވ) އާއި ބެހޭ ގޮތުން އެކަށީގެން ނުވާ ބަސްތަކެއް" ގެނެވިފައިވަނީ ނޫން ކަމާއި އެއީ ޤަޞްދުގައި ކުރިކަމެއްކަން ވަރަށް ފުރިހަމައަށް ސާބިތުވެއެވެ. އެހެންކަމުން އެނގިގެން ދަނީ އެއީ އޮޅިގެން ކުރެވުނު ކަމެއް ކަމަށް ހަދައި އެކަން ކުރި މީހުންނާއިމެދު ފިޔަވަޅެއް ނުއަޅާނެ ކަމާއި ސަރުކާރުގެ އިސްމަޤާމުތަކުގައި އެއިގެ މީހުން ބައިތިއްބާނެކަން ކަމުގައި ފާހަގަ ކުރެވެއެވެ.

"އަޅުގަނޑު އެމްޑީއެންގެ ރިޕޯޓް ކިޔައިފިން. އެއިގައި ނުރަނގަލޫކޮށް ކަންކަން ހުރިކަން ފާހަގަކުރެވޭ. މާތް ﷲ އާއި ކީރިތި ރަސޫލާ (ޞޢވ) އާއި ބެހޭ ގޮތުން އެކަށީގެން ނުވާ ބަސްތަކެއް ގެނެވެފިފައި ވުން. އެއީ މުސްލިމުން ކޮށްގެންވާނެ ކަމެއް ނޫން!"

--ރައީސް މުޙައްމަދު ނަޝީދު

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް