އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ސައުދީ ހޮޓާތަކުގަ ފަތުރުވެރި ހިލޭ އަންހެނުންނާ ފިރިހެނުން ރޭކުރުން ހުއްދަކޮށްފި

ސައުދީ ހޮޓާތަކުގަ ފަތުރުވެރި ހިލޭ އަންހެނުންނާ ފިރިހެނުން ރޭކުރުން ހުއްދަކޮށްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 0 ސިކުންތު

ސައުދީ ހޮޓާތަކުގައި އެ ޤައުމަށް ޒިޔާރްތްކުރާ ފަތުރުވެރި ހިލޭ އަންހެނުންނާއި ފިރިހެނުން ރޭކުރުން ހުއްދަކޮށްފިއެވެ. ފަތުރުވެރިކަން ކުރިއެރުވުމުގެ ބޭނުމުގައި ގެނައި ބަދަލެއްގެ ގޮތުން މި ބަދަލު ގެނައި ނަމަވެސް ސައުދީ ރައްޔިތުން ހޮޓާތަކުން ކޮޓަރި ހިފާނަމަ ކައިވެނީގެ ސެޓުފިކެޓް ދައްކަން ޖެހެއެވެ.

މިއާއިއެކު ގެނައި އަނެއް ބަދަލަކީ ބެލެނިވެރިންގެ ހުއްދަ އާއި ނުލައި ސައުދީ އަންހެނުންނަށް ކޮޓަރި ހިފޭނެ ގޮތް ހަމަ ޖެއްސުމެވެ. އަންހެނަކު އެކަނި ގޮސް ކޮޓަރި ކުއްޔަށް ހިފާނަމަ އައިޑީ ކާޑު ދައްކަން ޖެހެއެވެ. ނަމަވެސް ބެލެނިވެރިޔާ އާއިއެކު ދާނަމަ އަންހެން މީހާގެ ކާޑު ދައްކާކަށް ނުޖެހެއެވެ.  

މި ޤަވާއިދު ނެރުމުގެ ކުރިން ސައުދީ ހޮޓާތަކުން ފަތުރުވެރި އަންހެނުންނާއި ފިރިހެނުންނަށް ހޮޓާތަކުން ކޮޓަރި ދޫކުރަނީ ކައިވެނި ސެޓުފިކެޓް ދެއްކުމުންނެވެ. ޓޫރިޒަމް މިނިސްޓްރީން ބުނީ މިއީ ފަތުރުވެރިކަން ކުރިއެރުވުމަށް ވަލީ އަހުދު ގެންނެވި އިޞްލާޙީ ބަދަލެއް ކަމަށެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް