އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އެމްޑީއެންގެ ރިޕޯޓުގެ މައްސަލައަކީ ރަސޫލާ (ޞޢވ) އަށް ޞަލަވާތް ނުކިޔެވުން: ރައީސް ނަޝީދު

އެމްޑީއެންގެ ރިޕޯޓުގެ މައްސަލައަކީ ރަސޫލާ (ޞޢވ) އަށް ޞަލަވާތް ނުކިޔެވުން: ރައީސް ނަޝީދު


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 8 ސިކުންތު

ރާއްޖެއިން އިސްލާމް ދީން ފުހެލަން މަސައްކަތްކުރަމުން ގެންދާ އެމްޑީއެން އިން ނެރުނު "ޝައިޠާނީ ރިފޯރމް ޕޭޕަރސް"ގެ މައްސަލައިގައި މަޖިލީހުގައި މިއަދު ކުރިއަށް ގެންދިއަ ބަހުސް ނިންމަވައިލައްވަމުން މަޖިލީހުގެ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވީ އެމްޑީއެންގެ ރިޕޯޓުން އެމަނިކުފާނަށް ފާހަގަކުރެއްވުނު ކަމަކީ ރަސޫލް (ޞޢވ) ގެ މައްޗަށް ޞަލަވާތް ނުކިޔެވުން ކަމަށެވެ.

އިތުރަށް ރައީސް ނަޝީދު ވިދާޅުވީ ދީނީ އިލްމުވެރިންގެ މެދުގައި ޚިޔާލުތަފާތުވުން ހުރި ކަންކަމުގައި މިހާރުވެސް ބަހުސް ކުރިއަށް ގެންދާ ކަމަށެވެ.

ރައީސް ނަޝީދު މަޖިލީހުގެ ރިޔާސަތުގައި އިންނަވައި މިއަދު އެމްޑީއެންގެ ޝައިޠާނީ ރިފޯމް ޕޭޕަރސް ދިފާއު ކުރެއްވެވި ނަމަވެސް ދީނީ ޢިލްމުވެރިން ގެންދަވަނީ އެ ރިޕޯޓުގައި ހުރި ބޮޑެތި މައްސަލަތައް ފާހަގަކުރައްވަމުންނެވެ. ކީރިތި ޤްރުއާނުގެ އާޔަތްތައް ބަލައި ނުގަތުމާއި ހަޖޫޖެހުމާއި ރަސޫލް (ޞޢވ) އަށް ނިޞްބަތްކޮށް ދައްކައިގެން ނުވާނެ ވާހަކަތައް ދެއްކުމާއި ނުބައި ގޮތްގޮތަށް ސިފަކުރުމާއި މިފަދަ އެތައް މައްސަލަތަކެއް ގެންދަވަނީ ފާހަގަކުރައްވަމުންނެވެ.

ޤަޞްދުގައި ކޮށްފިނަމަ ދީނުން ބޭރުވާނެ ކަންކަން އެބަހުރިކަން ވެސް ގެނަދަވަނީ ފާހގަގަކުރައްވަމުންނެވެ.

ހަމަ އެއާއިއެކު ރިޕޯޓަށްފަހު ބޭރުގެ މީޑިއާތަކަށް ޝަހިންދާ ދިން ބަޔާންތަކުގައި "އަހަރެން ކަލާނގެއަށް ބަހުގެ ހަމަލާދިނުމުން" ބުނެފައިވުމުން އެއީ ޤަޞްދުގައި ކޮށްފައިވާ ކަންކަންކަން ވަނީ ސާބިތުވެފައެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް