އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ފަރުވާ ނުކުރެވުމުން 1 ބިލިއަން މީހުންގެ ލޮލުގެ ފެނުމަށް ހުރަސްތައް ކުރިމަތިވެފައި!

ފަރުވާ ނުކުރެވުމުން 1 ބިލިއަން މީހުންގެ ލޮލުގެ ފެނުމަށް ހުރަސްތައް ކުރިމަތިވެފައި!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 44 ސިކުންތު

ލޮލުގެ ބަލިތަކަށް ފަރުވާ ހޯދުމުގައި ރާއްޖޭގެ ރަށްރަށުގައި ވެސް ހުރި މައްސަލަތައް ފާހަގަ ކުރެވޭ ރިޕޯޓެއް ޑަބްލިޔޫއެޗްއޯ އިން ޢާންމުކޮށްފިއެވެ. 

އެ ރިޕޯޓުގައި ބުނާ ގޮތުން ލޮލުގެ ފެނުމަށް މައްސަލަތައް ކުރިމަތިވެފައިވާ 2.2 ބިލިއަން މީހުންގެ ތެރެއިން 1 ބިލިއަން މީހުންނަށް މައްސަލަތައް ކުރިމަތިވެފައިވަނީ އަޅައިނުލެވުމުން ނުވަތަ ފަރުވާ ނުދެވިގެން ކަމަށެވެ. 

ބައިނަލްއަޤްވާމީ ގޮތުން ފާހަގަކުރާ ލޮލަށް ފެނުމުގެ ދުވަސްކަމަށްވާ 10 އޮކްޓޯބަރު (މާދަމާ)ގެ ކުރިން މިއަދު ޢާންމުކުރި ދިރާސާގައި ބުނެފައިވަނީ މި 1 މިލިއަން މީހުންނަކީ އެމީހުންނަށް ބަލީގެ ކުރީކޮޅު ފަރުވާ ދެވުނު ނަމަ ސަލާމަތްކުރެވޭނެ މީހުން ކަމަށެވެ. 

އެ ރިޕޯޓޫގައި ބުނެފައިވަނީ ފަޤީރުން ދިރިއުޅޭ ރަށްފުށު ސަރަހައްދުގައި ލޮލުގެ ފަރުވާ ދިނުމަށް ވަރަށް ބޮޑެތި ދަތިތަކާ ހުރަސްތައް މިހާރުވެސް އެބަހުރި ކަމަށެވެ. އެކަމުގެ ސަބަބުންނަށް ފަޤީރުންނަށް ބޭނުންވާ ފަރުވާ ހޯދަން އަދިވެސް ވެފައިވަނީ ވަރަށް ދަތި އުނދަގޫ ކަމަކަށް ކަމަށެވެ. 

ލޮލަށް އަރާ ފުސްކޮޅު ކަހައި ނުލެވުން ފަދަ ވަރަށް އާދައިގެ ފަރުވާވެސް ރަށްފުށުގައި ނުދެވޭ ކަމާއި ގުލުކޯމާ ފަދަ ބަލިތަކަށް އެކަށީގެންވާ ފަރުވާ ނުދެވޭ ކަމާއި އައިނު ނަމްބްރެއް ނެގެނީވެސް ލޮލަށް އެތައް ގެއްލުންތަކެއް ލިބޭފަހުންކަންވެސް ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ. 

މިއީ ލޮލުގެ ފެނުމާއި ބެހޭ ގޮތުން ޑަބްލިޔޫއެޗްއޯއިން ޢާންމުކުރި މިފަދަ ފުރަތަމަ ދިރާސާއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް