އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ފިރިހެނުންވެސް ޓައިޓްކޮޅާ ބޮކްސާލުން ހުއްދައެއް ނޫން! - ފެތުންތެރިންނާ ބޮޑީބިލްޑަރުން ބިރުވެތިވެ ތައުބާވޭ!: މުފްތީ މެންކް

ފިރިހެނުންވެސް ޓައިޓްކޮޅާ ބޮކްސާލުން ހުއްދައެއް ނޫން! - ފެތުންތެރިންނާ ބޮޑީބިލްޑަރުން ބިރުވެތިވެ ތައުބާވޭ!: މުފްތީ މެންކް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 15 ސިކުންތު

ޙިޖާބް އެޅުމާއި އަޢުރަ ނިވާކުރުމުގެ ވާހަކަ ދައްކައިފިނަމަ އަބަދުވެސް މާނަކުރަނީ އަޢުރަ ނިވާކުރުމަކީ ހަމައެކަނި އަންހެނުން ކުރަން ޖެހޭ ކަމެއް ކަމަށެވެ. އެއީ ވަރަށް ނުބައި ވިސްނުމެކެވެ. ފިރިހެނުންނަށްވެސް އަޢުރައެއް ވެއެވެ. އަޢުރަ ޖެހޭނީ ނިވާކުރާށެވެ! 

ޓައިޓްކޮޅެއް ލައިގެން ނުވަތަ ބޮކްސާއެއް ލައިގެން އުޅުން ހުއްދައެއް ނޫނެވެ. އެގޮތަށް ހުންނަ ފިރިހެނަކަށް ބެލުން ހުއްދަ ނޫނީ ހަމައެކަނި އަންހެނުންނަކަށްވެސް ނޫނެވެ. ފިރިހެނުންނަށްވެސް އެގޮތަށް ހުންނަ ފިރިހެނުންނަށް ބެލުން ހުއްދައެއް ނޫނެވެ. އަންހެނަކު ކުރި ނަމަވެސް ނުވަތަ ފިރިހެނަކު ކުރި ނަމަވެސް އަޢުރައަށް ބެލުމަކީ ޙަރާމް ކަމެކެވެ. ބެލުންތައް ތިރިކުރަން ﷲ ތަޢާލާ ފުރަތަމަ އަމުރުފުޅު ކުރެއްވެވީވެސް ފިރިހެނުންނަށެވެ.  

"މުއްމިން ފިރިހެނުންނަށް، އެއުރެންގެ ބެލުންތައް ތިރިކުރުމަށާއި، އެއުރެންގެ ފަރުޖު ތައް ރައްކާތެރިކުރުމަށް ކަލޭގެފާނު ވިދާޅުވާށެވެ! އެގޮތް އެއުރެންނަށްޓަކައި، ޠޯހިރު ކަން ބޮޑެވެ. ހަމަކަށަވަރުން، ﷲ އީ، އެއުރެން ކުރާކަންތައް މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ." (އައްނޫރު: 30)

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް