އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ﷲ އަށް ފުރިހަމަގޮތުގައި އީމާންވެވިއްޖެ ނަމަ ކުރާ ކޮންމެ ކަމެއްގައި ވެސް ލައްޒަތު އިޙްޞާޞް ކުރެވޭނެ!

ﷲ އަށް ފުރިހަމަގޮތުގައި އީމާންވެވިއްޖެ ނަމަ ކުރާ ކޮންމެ ކަމެއްގައި ވެސް ލައްޒަތު އިޙްޞާޞް ކުރެވޭނެ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 13 ސިކުންތު

ﷲ ތަޢާލާއަށް ފުރިހަމަގޮތުގައި އީމާންވެވިއްޖެ ނަމަ ކުރާ ކޮންމެ ކަމެއްގައި ވެސް ލައްޒަތު އިޙްޞާޞް ކުރެވޭނެއެވެ. އުފާވެރިކަން އިޙްޞާޞް ކުރެވޭނެއެވެ. ވީމާ އަހަރެމެން އަމިއްލައަށް ތިމަންމެން މިތިބީ ﷲ ތަޢާލާއަށް އީމާންވެގެން ކަމަށް ބުނުމަކުން އަދި އެއީ އީމާން ވެވުނީއެއް ނޫނެވެ. 

އެއް ދުވަހަކު އައުރާބީންގެ ބައަކު ރަސޫލް (ޞޢވ) ގެ އަރިއަހަށް ގޮސް ތިމަންމެން މިތިބީ އީމާންވެގެން ކަމަށް ދެންނެވިހިނދެވެ. ﷲ ތަޢާލާ ވަޙީ ބާވައިލެއްވެވީ އަޢުރާބީން އެތިބީ އީމާންވެގެން ނޫން ކަމަށެވެ. ވީމާ މިކަމުން އެނގެނީ އަހަރެމެން މިތިބީ އީމާން ވެގެން ކަމަށް އަހަރެމެންނަށް ޤަބޫލުކުރެވުނު ނަމަވެސް މިހާގެ އީމާންކަން ފުރިހަމަނުވާ ކަމަށެވެ. 

އީމާންކަން ފުރިހަމަކުރަން ވަރަށް ގިނަ މަސައްކަތްތައް ކުރަން ޖެހެއެވެ. ނަމާދުތަކުގައި ކިޔާ ތަކެއްޗާއި ކީރިތި ޤުރްއާނުގެ މާނަ އެނގޭނަމަ އަހަރެމެންގެ އީމާންކަން ހާދަ ފުރިހަމަވާނެއެވެ. 

އީމާންކަން ފުރިހަމަވެއްޖެކަން އެންމެ ބޮޑަށް އެނގިގެންދާނީ ކެތްތެރިކަމުންނެވެ. ފުރިހަމަ އީމާންތެރިއެއް ނަމަ އެމީހެއްގެ ކިބައިގައި ކެތްތެރިކަން ހުންނާނެއެވެ. ވީމާ ކެތްތެރިކަމަކީ އީމާންތެރިކަމުގެ އެންމެ މުހިންމު އެއް ސިފައެވެ. 

އީމާންތެރިކަން ލިބިގަތުމަށްޓަކައި ﷲ ތަޢާލާ މަޢްރިފާކޮށް ދެނެގަންނަން ޖެހެއެވެ. އެކަން ކުރެވޭނީ ޤުރްއާނުގެ ތެރެއިންނެވެ. ޤުރްއާނުގެ ތެރެއިން އެކަން ކުރެވޭނީ ޢިލްމު ލިބިގެންނެވެ. ޤުރްއާނުގައި ކިޔަވާ އެއްޗެއްގެ މާނަ އެނގި ސިކުނޑިއަށް އެކަންކަން ނަގައިގަނެވިގެންނެވެ. 

އިސްލާމީ މަރުކަޒުގައި މިއަދު ދިން ދަރުސުން

 

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް