އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އުމުރުން ދުވަސްވީ މީހުންގެ ދުވަސް ފާހަގަކުރުމަށް ބޭއްވި ޢާއިލީ ހަވީރުގައި ރައީސް ބައިވެރިވެވަޑައިގެންފި

އުމުރުން ދުވަސްވީ މީހުންގެ ދުވަސް ފާހަގަކުރުމަށް ބޭއްވި ޢާއިލީ ހަވީރުގައި ރައީސް ބައިވެރިވެވަޑައިގެންފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 7 ސިކުންތު

ބައިނަލްއަޤްވާމީގޮތުން ފާހަގަކުރާ އުމުރުން ދުވަސްވީ މީހުންގެ ދުވަސް ފާހަގަކުރުމަށް ކުޑަކުދިންގެ ބަގީޗާގައި މިއަދު ބޭއްވި ޢާއިލީ ހަވީރުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ބައިވެރިވެވަޑައިގެންފިއެވެ.

ޢާއިލީ ހަވީރުގައި ބައިވެރިވެވަޑައިގެންނެވުމަށް ރައީސުލްޖުމްހޫރިއްޔާ ކުޑަކުދިންގެ ބަގީޗާއަށް ކުރެއްވި ޒިޔާރަތުގައި އެމަނިކުފާނު ވަނީ އެތަނުގައި ހުޅުވާފައި ހުރި އެކިއެކި ސްޓޯލްތަކަށް ޒިޔާރަތްކުރައްވައި އެތަންތަން ބައްލަވާލައްވާފައެވެ.

އުމުރުން ދުވަސްވީ މީހުންގެ ދުވަސް ފާހަގަކުރުމަށް މިނިސްޓްރީ އޮފް ޖެންޑަރ، ފެލިމީ އެންޑް ސޯޝަލް ސަރވިސަސް އިން އިންތިޒާމުކޮށްގެން ކުރިޔަށްގެންދިޔަ މި ޢާއިލީ ހަވީރުގައި އުމުރުން ދުވަސްވީ މީހުންގެ ޙައްޤުތަކަށް މަސައްކަތްކުރާ އެކިއެކި ޖަމުޢިއްޔާ ޖަމާޢަތްތަކާއި ސަރުކާރުގެ އެކިއެކި އިދާރާތަކުން ޖުމްލަ 17 ސްޓޯލެއް ޤާއިމުކޮށްފައިވެއެވެ.

ބައިނަލްއަޤްވާމީގޮތުން ފާހަގަކުރާ އުމުރުން ދުވަސްވީ މީހުންގެ ދުވަހުގެ މުނާޞަބާ ފާހަގަކުރުމުގެ ގޮތުން މިފަދަ ޢާއިލީ ހަވީރެއް ބޭއްވުމުގެ މައިގަނޑު މަޤްޞަދަކީ އުމުރުން ދުވަސްވީ މީހުންނަށް ޢާއިލާއާއެކު އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލުމުގެ ފުރުޞަތު ތަނަވަސްކޮށްދިނުމެވެ. މި ޢާއިލީ ހަވީރުގައި ހުޅުވާފައިވާ ސްޓޯލްތަކުގައި އުމުރުން ދުވަސްވީ މީހުންނަށް ޢާއިލާއާއެކު ބައިވެރިވެވޭ ގޮތަށް ތަފާތު ކުޅިވަރުތައް އިންތިޒާމު ކުރެވިފައިވާއިރު ބައެއް ސްޓޯލް ތަކުގައި ޞިއްހީ ބައެއް ޓެސްޓްތައް ކޮށްލުމުގެ ޚިދުމަތާއި އުމުރުން ދުވަސްވީ މީހުންނަށް މުހިންމު ތަފާތު އެކިއެކި މައުލޫމާތު ފޯރުކޮށްދިނުން ފަދަ ކަންކަން ވެސް ހިމަނާފައިވެއެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު