އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

"އަހަރެމެންގެ ބޮލަށް ޗިޕް ޖެހީ ޑިމޮކްރަސީގެ ނަމުގަ ބޭއްވި ކޭމްޕްތަކުގަ!"- ބައެއް ކުދިން ތައުބާ ވެއްޖެ!

"އަހަރެމެންގެ ބޮލަށް ޗިޕް ޖެހީ ޑިމޮކްރަސީގެ ނަމުގަ ބޭއްވި ކޭމްޕްތަކުގަ!"- ބައެއް ކުދިން ތައުބާ ވެއްޖެ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 52 ސިކުންތު

އިސްލާމް ދީނާއި ދުރުވެވުނީ ޑިމޮކްރަސީގެ ނަމުގައި ބޭއްވި ބައެއް ކޭމްޕްތަކުގައި "ބޮލަށް ޗިޕް ޖެހުމުން" ކަމަށް އިސްލާމް ދީނާއި ދުރުވެވުނު ބައެއް ކުދިން ބުނެފިއެވެ. މިފަދަ ބައެއް ކުދިން މިހާރު ވަނީ އެކުދިންނަށް އަމަލުކުރެވުނު ގޮތާއިމެދު ހިތާމަކޮށް ބައެއް ދީނީ ޢިލްމުވެރިންގެ ލަފާ ހޯދައި ތައުބާވެފައެވެ. 

މިއަދުނޫހަށް މައުލޫމާތު ދިން އެފަދަ ކުއްޖަކު ބުނީ އެމްޑީއެންގެ ރިޕޯޓާއި ގުޅިގެން ދީނީ ޢިލްމުވެރިން ދައްކަވަމުން ގެންދަވާ ވާހަކަފުޅުތަކުގެ ސަބަބުން ކުރިން އޮޅުން އަރާފައި ވަރަށް ގިނަ ކަންކަން ސާފުވެއްޖެ ކަމަށެވެ. "އަޅުގަނޑަކީވެސް އިސްރާ މިޢްރާޖް ދަތުރުފުޅާއިމެދު ކުރިން ޝައްކު ކުރި މީހެއް. ނަމަވެސް ޝައިޚް މަންޞޫރު އާއި ނިޝާން ޝައިޚް ދެއްކެވި ވާހަކަފުޅުތަކުން ވަރަށް ގިނަ ކަންތައްތަކެއް އެނގިއްޖެ. ސުބްޙާނަﷲ!" ބުނެވުމާއިއެކު އޭނާގެ ލޮލުން ކަރުނަ އޮހޮރުނުކަން ފާހަގަކުރެވުނެވެ.

ދުޢާއަކީ މީސްތަކުން އިސްލާމް ދީނާ ދުރުކުރުވާ ޑިމޮކްރަސީތައް ރާއްޖެއިން ފުހެވި އިސްލާމް ދީން ޙިމާޔަތްކުރާނެ ޑިމޮކްރަސީ ރާއްޖޭގައި އޮތުމެވެ! އިސްލާމް ދީނުގެ މަގު އޮޅި އިސްލާމް ދީނާއި ދުރުހެލިވެވިފައިވާ ހުރިހާ ދިވެހި ރައްޔިތުންނަށް މާތް ﷲ ތެދުމަގު ދެއްކެވުމެވެ. 

ﷲ ތައާލާ އީ ޝަރީކުކުރާ މީހުންގެ ފާފަތައްވެސް ތައުބާވުމުން، އެއްވެސް ރެކޯޑެއް ނުބާއަވަވައި ދީލަތިކަމާއިއެކު ފުއްސަވައި ދެއްވަވާ ރަހްމާންވަންތަ ރަޙީމްވަންތަ އިލާހްއެވެ!

 

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް