އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ބޮޑު އަރަތް!: "ކުށްވެރިކުރަން - ފިޔަވަޅު އަޅައިގެން ނުވާނެ" މިއީ ރާއްޖޭގައި ތިބި މުސްލިމުންނަށް ކުރާ ފުރައްސާރައެއް ނޫންތޯ؟

ބޮޑު އަރަތް!: "ކުށްވެރިކުރަން - ފިޔަވަޅު އަޅައިގެން ނުވާނެ" މިއީ ރާއްޖޭގައި ތިބި މުސްލިމުންނަށް ކުރާ ފުރައްސާރައެއް ނޫންތޯ؟


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 4 މިނެޓް, 21 ސިކުންތު

ރާއްޖެއަށް ބަލައިފިނަމަ ކުރިމަތިވާނެ އެންމެ ބޮޑު މައްސަލައަކީ އިސްލާމް ދީނަށާއި ރަސޫލް (ޞޢވ) އަށް ބަދު ބަސް ބުނެ ފުރައްސާރަ ކުރުމާއި ކީރިތި ޤުރްއާން ޤަބޫލު ނުކުރުމުގެ މައްސަލައެވެ. މިކަންކަމަށްވުރެ ބޮޑު އެއްވެސް މައްސަލައެއް އޮވެގެން ނުވާނެކަން އެނގެނީވެސް ހަމަ ސިޔާސީ ޕޯޑިއަމްތަކުގައި ދައްކާ ވާހަކަތަކުންނެވެ.

"ރާއްޖެއަށް ލިބިފައިވާ ހުރިހާ ކުރިއެރުމެއްގެ އަސްލަކީ ދިވެހިންނަކީ ޒަމާނުންސުރެ އިސްލާމުންގެ ގޮތުގައި ތިބި އެއް ދީނަކަށް އަމަލުކުރާ ބައެއް" ކަމުގައިވުން ކަމަށް ނުބުނާ ސިޔާސީ ޕޯޑިއަމެއް އަދި މިހައިތަނަށް ފެނިފައެއް ނެތެވެ. "އެހެންކަމުން ރާއްޖެއަށް ކުރިއަރައި ދެވެން އޮތީ، ޤައުމުގެ މަޞްލަޙަތު ހިފެހެއްޓެން އޮތީ އިސްލާމް ދީނުގައި ސާބިތުވެ ތިބެ، ދީނީ ވަޙުދަތު ހިމާޔަތްކޮށްގެން" ކަމަށް އިންކާރުކުރާ ސިޔާސީ ޕޯޑިއަމެއް ވެސް ފެނިފައެވެ.  

ރާއްޖެއިން އިސްލާމް ދީން ފޮހެލަން މަސައްކަތްކުރާ އެމްޑިއެން އިން ނެރުނު ރިޕޯޓަށް "ސެޓަނިކް ރިފޯމް ޕޭޕަރސް"ގެ ނަން ދިނީ ވެސް އެމްޑީޕީގެ އިސް މެންބަރުންނެވެ. އެމްޑީޕީގެ އަޣްލަބިއްޔަތު އެ ރިޕޯތް ޤަބޫލެއް ނުކުރެއެވެ. ކުށްވެރި ކުރެއެވެ. އެ ރިޕޯޓުގެ މައްސަލަ ސަރުކާރުގެ ކަމާއިބެހޭ މުއައްސަސާތަކުން ގެންދަނީ ބަލަމުންނެވެ. ތަޙްޤީޤް ކުރަމުންނެވެ. ރާއްޖެއިން އިސްލާމް ދީން ފުހެލުމުގެ މަސައްކަތްކުރުމުން އަޅަން ޖެހޭ ފިޔަވަޅުތަކާއި އިސްލާމް ދީނަށާއި ރަސޫލް (ޞޢވ) އަށް ބަދު ބަސް ބުނެ ފުރައްސާރަ ކުރުމާއި ކީރިތި ޤުރްއާން ޤަބޫލު ނުކުރުމުގެ މައްސަލައިގެ އިތުރުން ދިވެހި ރައްޔިތުން އިސްލާމް ދީނާއި ދުރަށް ޖެއްސުވުމަށްޓަކައި އިސްލާމް ދީނުގެ ޙަޤީޤަތް އޮޅުވާލައި މީސްތަކުން މަގު ފުރައްދަން މަސައްކަތް ކުރުމުން އަޅަން ޖެހޭ ފިޔަވަޅުތައް ދީނީ އެއްބައިވަންތަކަން ޙިމާޔަތް ކުރުމުގެ ޤާނޫނުގައި ވަނީ ބަޔާން ކޮށްފައެވެ.  

އެމްޑީއެން އިން އެ ޤާނޫނާއި ޚިލާފުވުމުން ޤާނޫނުގައިވާ ގޮތުގެ މަތިން ފިޔަވަޅު އަޅައިދިނުމަށް ރައްޔިތުންގެ ގިނަ ބައަކު ގޮވާލަން ފެށުމުން އެއީ ހަރުކަށިވުން ކަމަށް ބުނާނަމަ އެހެން ޤާނޫނުތަކާއި ޚިލާފުވުމުން ސަރުކާރުން ފިޔަވަޅު އެޅުން އެއީ ހަރުކަށިވުން ކަމަށް ނުބަލަނީ ކީއްވެގެންތޯއެވެ؟ ހަމައެކަނި ހަރުކަށިވުމަކީ ރާއްޖެއިން އިސްލާމް ދީން ނައްތާލަން ކުރާ މަސައްކަތް ހުއްޓުވައި ޤާނޫނުގައިވާ ގޮތަށް ފިޔަވަޅު އެޅުންތޯއެވެ؟   

ރާއްޖޭގައި އިސްލާމް ދީން ޙިމާޔަތް ކުރާނެ ކަމުގެ ވައުދު ނުވާ، އެކަމުގެ ހުވަފެން ނުދައްކާ އެއްވެސް ސަރުކާރެއް ވެރިކަމަކަށް ނާދެއެވެ. ނަމަވެސް ވެރިކަމަށް އާދެވުމާއިއެކު އެންމެ ފުރަތަމަ ހަނދާން ނައްތައިލަނީ އިސްލާމް ދީން ހިމާޔަތްކުރުން ކަމަށް ނުހަދާ ސަރުކާރެއްވެސް ރައީސް އިބްރާހީމް ނާޞިރުގެ ވެރިކަމަށްފަހު ފެނިފައެއް ނުވެއެވެ. ރައީސް ނާޞިރު ރާއްޖޭގެ ވެރިކަން ރައީސް މައުމޫން އާއި ހަވާލު ކުރެއްވިފަދައިން ރާއްޖޭގައި އިސްލާމް ދީން ޙިމާޔަތް ކުރެވިފައި އޮތް ނަމަ ރާއްޖޭގައި މިހާރު އުފެދިފައިވާ މައްސަލަތައް ހުންނާނެ ކަމަށް ޤަބޫލުކުރުމަކީ ކޮން ބުއްދިއަކަށް ޤަބޫލުކުރެވޭނެ ކަމެއްތޯއެވެ؟  

މިއަދު މިއިވެނީ އަނެއްކާވެސް މުޅިން ތަފާތު އަޑެކެވެ. އިސްލާމް ދީން ރާއްޖެއިން ފުހެލަން މަސައްކަތްކުރާ އެމްޑީއެން އާއިމެދު ޤާނޫނުގައިވާ ފަދައިން ފިޔަވަޅު ނުއެޅުމަށް އުފުލާ އަޑުތަކެވެ. އިސްލާމް ދީނަށް ގޮންޖެހުންތައް ކުރިމަތިކުރުވުމުން އަދަބެއް ދީގެން ނުވާނެ ކަމަށް ގޮވާ އަޑެވެ! އެކަން ކުރި އެމްޑީއެން ޙިމާޔަތްކުރަން ޖެހޭނެ ކަމަށް ގޮވާ އަޑެވެ! މިއީ ވަރަށް ނުރައްކާތެރި އަޑެކެވެ. މިއަޑަށް ގައިން ހީބިހި ނަގައި ގައިގެ އިސްތަށިތައް ކޮޅަށް ޖެހޭނެ ބައަކު ތިބޭނެކަން ޤަބޫލުކުރަންޖެހޭނެއެވެ.  

ރާއްޖޭގައި މުސްލިމުންނަކީވެސް އިސްލާމް ދީން ދެކެ ލޯބިވާ އަދި ﷲ ތަޢާލާ އަށާއި ރަސޫލް (ޞޢވ) އަށް ބަދު ބަސްބުނެ ފުރައްސާރަކޮށް ކީރިތި ޤުރްއާނަށް އިންކާރުކުރުމުން އަސަރުކޮށް ލޮލުން ކަރުނަ އަޅާނެ ބައެއްކަމަށްވެސް ޤަބޫލުކުރަން ޖެހޭނެއެވެ. ކަމެއް ކުށްވެރިކުރުމަކީ ކުށްވެރިކުރާ ކަމަށް ބުނުމެއް ނޫނެވެ. ކުށްކުރުމުން އަޅަން ޤާނޫނުގައި އޮންނަ ފިޔަވަޅުތައް އެޅުމެވެ. ކުށްވެރިކުރަމޭ ނަމަވެސް ފިޔަވަޅު އަލައިގެން ނުވާނެއޭ ބުނުމަކީ ރާއްޖޭގައި ތިބި މުސްލިމުންނަށް ކުރާ ފުރައްސާރައެއް ނޫން ދެން ކޮން ކަމެއްކަން ނިކަން ބުނެދީބަލާށެވެ! 

ސަރުކާރުން އެގެންދަނީ މައްސަލަ ބަލަމުންނެވެ! މުސްލިމުން ތިބީ ސަރުކާރުން ނިންމާ ނިންމުމަށް އިންތިޒާރުކޮށްގެންނެވެ! ވީމާ މައްސަލަ ބަލައި ގޮތް ނިންމުމުގެ ފުރުޞަތު ކަމާއިބެހޭ މުއައްސަސާތަކަށް ދޫކޮށް ނުލައި އެއްވެސް ބައަކު މި ބޮޑު މައްސަލަ ނިންމަން ޖެހޭނެ ގޮތް މުއައްސަސާތަކަށް ބުނެ ނުދިނުމަކީ އެންމެ އިންޞާފުވެރި ގޮތް ކަމުގައި ނުވަނީތޯއެވެ! ނޫނީ މިފެންނަނީ މިކަމުގައި އަމިއްލަ އެދުން އޮތް މިންވަރު ނޫންބާވައެވެ! ވަކި ގޮތަކަށް ނިންމުވަން ބޭނުންވާ މިންވަރު ނޫން ބާވައެވެ!  

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް