އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އެންމެ ގިނަ ބައަކު އިސްލާމްވަމުން ދަނީ މުސްލިމުންގެ ރިވެތި އަޚުލާޤުން!

އެންމެ ގިނަ ބައަކު އިސްލާމްވަމުން ދަނީ މުސްލިމުންގެ ރިވެތި އަޚުލާޤުން!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 59 ސިކުންތު

މުސްލިމުންގެ އެންމެ ޚާއްޞަ ސިފައަކީ ރިވެތި އަޚްލާޤެވެ. ކޮންމެ ކަމެއްގައި ފުރިހަމަ ނަމޫނާ ދެއްކުމެވެ. އިސްލާމް ދީން ކުރިއަރައިގެން އައީ ވެސް އެގޮތުންނެވެ. މިއަދުގެ ދުނިޔެއަށް ބެލި ނަމަވެސް އެންމެ ގިނަ ބައަކު އިސްލާމްވަމުން ދަނީ މުސްލިމުންގެ ރިވެތި އަޚްލާޤުންނެވެ. އެހެން މީހުންނަށް އިހްތިރާމް ކުރުމާއި އޯގާތެރިކަމުންނެވެ. 

އިސްލާމް ދީނުގެ ކަންކަމުގައި ޙައްޤު ބަސް ބުނެ ދީނުގައިވާ އުޞޫލުތައް ހިފަހައްޓަން މަސައްކަތްކުރަން ޖެހޭނެއެވެ. ކީރިތި ޤުރްއާނާއި ސުންނަތް ދިފާޢުކޮށް ނަގަހައްޓަން ކުރަން ޖެހޭ ހުރިހާ މަސައްކަތަތްކެއް ކުރަން ޖެހޭނެއެވެ. އެކަމުގައި ވެސް މުސްލިމުން އަމަލުކުރަން ޖެހޭނީ އިސްލާމް ދީނުގައި ބަޔާންވެގެންވާ ރިވެތި އަޚްލާޤުގެ ތެރެއިންނެވެ. 

މުސްލިމުން ނޫން މީހުން ވެއްޓިގަންނަ ދަށު ދަރަޖައަށް ވެއްޓިގެން ނުވާނެއެވެ. ބަސްތައް ބުނެ އަޑު އުފުލަން ޖެހޭނީވެސް ރިވެތި އަޚްލާޤްގެތެރެއިންނެވެ. ނަމަވެސް ޙައްޤު ބަސް ނުބުނެ އަމާން ދިނުމެއް ނެތެވެ. އިސްލާމް ދީނުގެ ޙައްޤުގައި ކުރަން ޖެހޭ މަސައްކަތް ނުކޮށް ފަހަތަށް ޖެހުމެއްވެސް ނެތެވެ. ނަމަވެސް ހަނދާންކުރާށެވެ! ހުރިހާ ކަމެއްވެސް ކުރަން ޖެހޭނީ އިސްލާމް ދީނުގެ އިމުގެ ތެރެއިންނެވެ. ކީރިތި ޤުރްއާނުގައިވާފަދައިންނެވެ. 

"އަދި ހަމަކަށަވަރުން، ކަލޭގެފާނު ވަނީ މާތްވެގެންވާ ޚުލްޤް ފުޅެއްގެ މަތީގައިކަން ކަށަވަރެވެ." (އަލްޤަލަމް: 4) 

"އެއުރެންނަށް ކަލޭގެފާނު އޯގާވެރިވެވަޑައިގަތީ، ﷲ ގެ ޙަޟްރަތު ން ލެއްވި ރަޙްމަތ ެއްގެ ސަބަބުންނެވެ. ހިތްޕުޅު ހަރުކަށި، ޚުލްޤް ނުބައި ބޭކަލަކު ކަމުގައި ކަލޭގެފާނު ވިނަމަ، ކަލޭގެފާނުގެ އަރިހުން އެއުރެން ވަކިވެގެން ހިނގައްޖައީހެވެ. ފަހެ، އެއުރެންނަށް ކަލޭގެފާނު ޢަފޫ ކުރައްވާށެވެ! އަދި، އެއުރެންނަށް ފާފަފުއްސެވުން އެދި ދަންނަވާށެވެ! އަދި، ކަންތަކުގައި ކަލޭގެފާނު އެމީހުންނާ މަޝްވަރާ ކުރައްވާށެވެ! ފަހެ، (ކަމަކާމެދު) ކަލޭގެފާނު ޢަޒުމް ކަނޑައަޅުއްވައިފިނަމަ، ފަހެ، ކަލޭގެފާނު ﷲ އަށް وكيل ކުރައްވާށެވެ! ހަމަކަށަވަރުން، ވަކީލުކުރާ މީހުންދެކެ ﷲ ލޯބިވެވޮޑިގެންވެތެވެ." (އާލްޢިމްރާން: 159) 

މިއާޔަތުންވެސް އެނގިގެން މިދަނީ އިސްލާމް ދީން ކުރިއަރައި ދިއައީ ރިވެތި އަޚްލާޤުން ކަމެވެ. އަދި ކުރިއަރައި ދާނީވެސް ރިވެތި އަޚްލާޤުން ކަމެވެ.

ކަންކަމުގައި އޮތީ އެމީހަކަށް ވިސްނޭ ރަނގަޅު ގޮތް ބުނެދިނުމުން ޤަބޫލު ނުކުރިނަމަ ޖަދަލުކޮށް ޒުވާބު ނުކުރުމެވެ. އަރައިރުން ނުވުމެވެ. މީހަކު ނުރަނގަޅު ކަމެއް ކުރާނަމަ ޚާއްޞަކޮށް އިސްލާމް ދީނާއި ޚިލާފަށް، އެކަމެއް ކުރުމުން މީހާ ފާފަވެރިވާނެ ކަމެއް ކުރާނަމަ އެކަމެއްގެ ރަނގަޅު ގޮތް ބުނެދޭށެވެ. މީހަކު އޭނާގެ ޢާއިލީ ދިރި އުޅުމަށް ގެއްލުން ލިބިދާނެ ފަދަ ކަމެއް ކުރާނަމަ ނަޞޭޙަތްތެރިވެ އެކަން ހުއްޓުވަން މަސައްކަތްކުރަން ޖެހޭނެއެވެ. މީހަކު ކުރާ ކަމަކުން އެމީހަކަށް މާލީ ގެއްލކުން ލިބޭނަމަ އެކަން ނުކުރުމަށް ވެސް ންޞޭޙަތެރިވާން ޖެހޭނެއެވެ. އެކަން ޤަބޫލު ނުކުރިނަމަ އެހިސާބުން އެމީހަކާއި ދުރުހެލިވާށެވެ! އަދި އެމީހަކަށްޓަކައި ހެޔޮ ދުޢާ ކުރާށެވެ!

އެމީހަކު ކުރި ކަމަކުން ފާފަވެރިވާނީ އެމީހެކެވެ. އެހެން މީހުންނަށް އޮތީ ރަނގަޅު ގޮތް ބުނެދިނުމެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް