އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އަޅުކަން ކުރުން ގިނަ ކުރީމާ ތިބާގެ ދިރިއުޅުމަށް ހުރަސް އަޅާ މީހުން ﷲ ނިކަމެތި ކުރައްވަވައި ތިބާއަށް މަގު ފަހިކޮށްދެއްވަވާނެ: މުފްތީ މެންކް

އަޅުކަން ކުރުން ގިނަ ކުރީމާ ތިބާގެ ދިރިއުޅުމަށް ހުރަސް އަޅާ މީހުން ﷲ ނިކަމެތި ކުރައްވަވައި ތިބާއަށް މަގު ފަހިކޮށްދެއްވަވާނެ: މުފްތީ މެންކް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 8 ސިކުންތު

ތިބާގެ ދިރިއުޅުމަށް ހުރަސް އަޅައި އުނދަގޫކުރާ މީހުން ހޯދަން ވަގުތު ބޭކާރުކުރުމުގެ ބަދަލުގައި އަޅުކަން ކުރަން ހޭދަކުރާ ވަގުތު އިތުރުކުރާށެވެ! އެއިރުން ﷲ ތަޢާލާ އެމީހުން ނިކަމެތި ކުރައްވަވައި ތިބާއަށް ކުރިއަށް ދެވޭނެ މަގު ފަހިކޮށްދެއްވަވާނެތެވެ! އަޅުކަން ކުރުން ގިނަކުރާށެވެ! ﷲ ތައާލާ އަށް ވަކީލުކުރުމާ އިތުބާރުކުރުން އިތުރުކުރާށެވެ! 

ހަމައެއާއިއެކު ތިބާގެ އެކުވެރިންގެ ތެރޭގައި އެފަދަ ބައަކު ތިބި ނަމަ އެމީހުން ތިބާ އާއި ދުރު ކުރައްވަވައި ރަނގަޅު މީހުން ތިބާގެ ރަޙްމަތްތެރިން ކަމުގައި ދައްކަވާނެތެވެ! ހަމައެކަނި ކުރަންވީ ކަމަކީ ބޭކާރު ކަންކަމާއިމެދު ވިސްނައި ފިކުރުކުރަން ވަގުތު ނަގާނުލައި އަޅުކަން ކުރަން ހޭދަކުރާ ވަގުތު ގިނަކުރުމެވެ. 

ތިބާގެ ދިރިއުޅުމަށް ހުރަސް އަޅައި އުނދަގޫކުރާ މީހުން އެނގޭ ނަމަ އަވަހަށް އެމީހުންނާއި ދުރުހެލިވާށެވެ! އިތުރު "ރިސްކް" ނަގަން ނުހަދާށެވެ! 

- މުފްތީ މެންކުގެ ދަރުސަކުން

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް