އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ދަރަނބޫދޫ ސްކޫލުގެ ދަރިވަރުންނަށް މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭގޮތުން މަޢުލޫމާތު ދީފި

ދަރަނބޫދޫ ސްކޫލުގެ ދަރިވަރުންނަށް މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭގޮތުން މަޢުލޫމާތު ދީފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 6 ސިކުންތު

މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭގޮތުން ފ. ދަރަނބޫދޫ ސްކޫލުގެ ދަރިވަރުންނަށް މަޢުލޫމާތު ދިނުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ.

މި އޮކްޓޫބަރު 10 ވަނަ ދުވަހު ދަރަނބޫދޫ ސްކޫލުގައި ކުރިއަށް ގެންދިޔަ މި ޕްރޮގްރާމަކީ ފ. ބިލެއްދޫ ޕޮލިސް ސްޓޭޝަނުން އިސްނަގައިގެން ކުރިއަށް ގެންދިޔަ ޕްރޮގްރާމެކެވެ.
މި ޕްރޮގްރާމުގެ ދަށުން ކުރިއަށް ގެންދިޔަ ސެޝަންތަކުގައި މަގުމަތީގެ އަދަބުތަކާއި މަގުމަތީގައި އުޅޭއިރު ސަމާލުކަން ދޭންވީ ކަންކަމާއި އެއްގަމު ދަތުރު ފަތުރުގައި ބޭނުންކުރާ ނިޝާންތަކާއި މަގުމަތީގައި ބައިސްކަލް ދުއްވާއިރު ސަމާލުކަން ދޭންވީ ކަންކަމާ ގުޅޭގޮތުން މަޢުލޫމާތު ދީފައިވެއެވެ. މީގެއިތުރުން މި ޕްރޮގްރާމުގެ ތެރެއިން ވަނީ ކުށްމަދު އަމާން މުޖުތަމަޢުއެއް ބިނާކުރުމަށް ފުލުހުން އަދާކުރާ ދަޢުރާއި އާންމު ރައްޔިތުންގެ ދައުރާ ގުޅޭގޮތުންވެސް މައުލޫމާތު ދީފައެވެ.

ދަރަނބޫދޫ ސްކޫލުގައި ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގައި އެސްކޫލުގެ ގްރޭޑް 1 ން 8 އާދެމެދު ގްރޭޑްތަކުގައި ތައުލީމު ހާސިލްކުރަމުންދާ 81 ދަރިވަރުން ބައިވެރިވެފައިވެއެވެ.

 

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އައިޝަތު އަލީ