އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ގައްދޫއަށް އައި ލޯންޗެއް ބަލައިފާސްކޮށް މަސްތުވާތަކެތި ހޯދައި، ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި

ގައްދޫއަށް އައި ލޯންޗެއް ބަލައިފާސްކޮށް މަސްތުވާތަކެތި ހޯދައި، ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 41 ސިކުންތު

 ގދ.ގައްދޫ ޕޮލިސް ސްޓޭޝަނާއި އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ގައްދޫއަށް އައި ލޯންޗެއް ބަލައިފާސްކޮށް މަސްތުވާތަކެތި ހޯދައިފިއެވެ.

މިތަކެތި ހޯދާފައިވަނީ މާލެއިން ފުރައިގެން ގައްދޫއަށް އަންނަ ލޯންޗަކުން މަސްތުވާތަކެތި ގެންނަކަމަށް ފުލުހުންނަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން އޮކްޓޫބަރު 10 ވަނަ ދުވަހު ހިންގި އޮޕަރޭޝަނުގައެވެ.

މި ލޯންޗު ގައްދޫ ބަނދަރާ ކައިރިކުރުމުން، ފުލުހުން އެލޯންޗު ބަލައިފާސްކުރިއިރު، ލޯންޗު ތެރޭގައި އޮތް ކޮތަޅެއްގެ ތެރެއިން ފެނުނު ސީޓީވީ ކެމެރާއެއްގެ ތެރެއިން މަސްތުވާތަކެތިހުރި ހަތް ރަބަރު ޕެކެޓް ފެނިފައިވެއެވެ.

މި މައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައެއްނުވެއެވެ.

މި މައްސަލަ ގައްދޫ ޕޮލިސް ސްޓޭޝަނުން ދަނީ ތަހުޤީޤު ކުރަމުންނެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އައިޝަތު އަލީ