އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ވިސްނުން އިސްކުރައްވައި ހަނގުރާމައިގެ ޙާލަތުން ޤައުމު ސަލާމަތްކޮށްދެއްވާ! - އިސްލާމް ދީނުގެ އަދާވާތްތެރިންނާމެދު ފިޔަވަޅު އަޅުއްވައި ދެއްވާ!

ވިސްނުން އިސްކުރައްވައި ހަނގުރާމައިގެ ޙާލަތުން ޤައުމު ސަލާމަތްކޮށްދެއްވާ! - އިސްލާމް ދީނުގެ އަދާވާތްތެރިންނާމެދު ފިޔަވަޅު އަޅުއްވައި ދެއްވާ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 47 ސިކުންތު

"ﷲ ތައާލާއަށާއި ކައު އިތުރު ރަސޫލާއަށް ބަދުބަސްބުނެ، ފުރައްސާރަކޮށް، ކީރިތި ޤުރްއާނުގެ އާޔަތްތަކާއިމެދު ޝައްކު އުފައްދުވަމުން ގެނެދިއުން ހުއްޓުވައިދެއްވައި އެފަދަ ކަންކަން ކުރާ މީހުންނާއިމެދު ޤާނޫނުގައި ބަޔާން ވެގެންވާ ގޮތަށް ފިޔަވަޅު އަޅުއްވައި ދެއްވާ. އިންސާފު ޤާއިމުކޮށްދެއްވާ! އިންސާފު ނުލިބޭނަމަ މުސްލިމުންގެ ލޭކެކޭނެ. މަގުތަކަށްވެސް ނުކުންނާނެ. އެދުވަހުން ދީނީ ޢިލްމުވެރިންނަށް ވެސް ސަލާމަތީ ބާރުތަކަށްވެސް އެމީހުން ހުއްޓުވުމަކީ ކުރެވޭނެ ކަމެއް ނޫން." 

މިފަދަ ޢިބާރާތްތަކުން ދީނީ ޢިލްމުވެރިން ވިދާޅުވެ ގޮވާލައްވަމުން އެ ގެންދަވަނީ މި ޤައުމުގައި ޞުލްޙަވެރިކަމާއި އަމާންކަން ދެމި އޮންނާނީ އިސްލާމް ދީން ނިކަމެތިކުރަން ބޭރުގެ ޢަދާވާތްތެރިންގެ ފައިސާ އާއި އެހީ ލިބިގެން ކުރާ މަސައްކަތްތަކަކީ އިސްލާމް ދީނާއި ދެކޮޅަށް ހިންގާ އެންމެ ބޮޑު ޖަރީމާތައް ދައުލަތުން ޤަބޫލުކޮށް އެކަންކަމަށް އިންސާފު ޤާއިމުކޮށްގެން ކަމަށްވާތީއެވެ. 

ރައްޔިތުން އެދި އާދޭސްކުރަމުން ގެންދަނީ އިސްލާމް ދީނާއި ދެކޮޅަށް ބޮޑެތި ޖަރީމާތައް ހިންގުމުން އެއީ ޤަޞްދުގައި ކުރި ކަންކަން ނޫން ކަމަށް ބުނެ އެފަދަ ކަންކަން ކުރާ މީހުން ދިފާޢު ކުރުމުގެ ބަދަލުގައި އެއީ ބޮޑެތި ޖަރީމާތައް ކަމަށް ބަލައި ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީ އާއި އެއްގޮތަށް ފިޔަވަޅު އަޅައި ދިނުމަށެވެ. 

އެ ޤައުމެއްގެ ޤާނޫނު އަސާސީ ތަންފީޒުކުރުމުގައި ފަހަތު ފައަށް ބުރަވެ ތިލަފަތުގެ އެއްކޮޅަށް ބުރަވާން ފެށި އެއްވެސް ޤައުމަކަށް ހަމަޖެހުން ލިބިފައެއް ނެތެވެ. ޞުލްޙަވެރިކަމާއި އަމާންކަން ދެމެހެއްޓިފައެއްވެސް ނެތެވެ. މިއީ ދުނިޔޭގެ ތާރީޚުން ފެންނަން އޮތް ޙަޤީޤަތެވެ. ރާއްޖެ ކިތަންމެ ކުޑަ ނަމަވެސް ދުނިޔެ ހިނގަމުންދާ އުޞޫލުން އެއްވެސް ކަމެއްގައި އިސްތިސްނާއެއް ނުވާނެއެވެ. 

ރާއްޖެއަށް އިންވެސްޓަރުން އަންނާނީ ވެސް، ރާއްޖެ ކުރިއަރައި ތަރައްޤީ ވާނީ ވެސް ޤައުމުގައި ޞޫލްހަ މަސްލަހަތު ޤާއިމުކުރެވިފައި އޮތް މިންވަރަކުން ކަމަށް ކިތަންމެ ގިނައިން، ކިތަންމެ ބާރަށް ބުނަމުން ގެންދިއަ ނަމަވެސް ހަޤީޤީ މަޤްޞަދު ޙާޞިލުކުރެވޭނީ އެކަމަށް ހުރި ދޮރުތައް ހުޅުވާލައިގެންނެވެ. އެއީ ކީރިތި ޤުރްއާނާއި ޤާނޫނު އަސާސީގެ ދޮރެވެ. އިންސާފު ޤާއިމުކުރުމުގެ ދޮރެވެ. 

އެންމެ ބޮޑު ހޭޓް ސްޕީޗަކީ ﷲ ތަޢާލާ އާއި ރަސޫލް (ޞޢވ) އަށް ބަދުބަސްބުނެ ފުރައްސާރަކުރުން ކަމަށް ކީރިތި ޤުރްއާނުގައި އޮތް އިރު އެކަން އެހެން ގޮތަކަށް ބަދަލުކުރަން އުޅުމަކީ އެންމެ ބޮޑު ބޭ އިންޞާފެވެ. އަނިޔާއެވެ. ވީމާ ދިވެހި މުސްލިމުންނަށް ކުރަމުން ގެންދާ މި ބޮޑު އަނިޔާއަށް އިންޞާފު ހޯއްދަވައި ދެއްވާށެވެ! އެއިރުން މާތް ﷲ ވާގިފުޅާއިއެކު ރާއްޖެ ދެމިއޮންނާނީ ދުނިޔޭގެ އެންމެ ޞުލްޙަވެރި އެންމެ އަމާން ޤައުމުގެ ގޮތުގައެވެ.

 

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް