އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ދުނިޔޭގެ ކުޅިވަރު މުނިފޫހިފިލުވުން ފޮޓޯ ގެލެރީ އިޢުލާން ސާރޗް

މިލާން ކްރިކެޓް އެވޯޑް ނައިޓް ޙަފުލާ ރައީސް ޝަރަފުވެރިކޮށްދެއްވައިފި

މިލާން ކްރިކެޓް އެވޯޑް ނައިޓް ޙަފުލާ ރައީސް ޝަރަފުވެރިކޮށްދެއްވައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 40 ސިކުންތު

"މިލާން ކްރިކެޓް އެވޯޑް ނައިޓް" ޙަފުލާ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ޝަރަފުވެރިކޮށްދެއްވައިފިއެވެ.

މިރޭ ދަރުބާރުގޭގައި ބޭއްވި މި ޙަފުލާގައި، 2018 ވަނަ އަހަރުގެ އެންމެމޮޅު 3 ކްރިކެޓަރުންނަށް، މިލާން އެކަޑަމީން ދޭ އެވޯޑް ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާއެވެ. މި ޙަފުލާގައި ރައީސުލްޖުމްހޫރިއްޔާ ވަނީ މިލާން ކުރިކެޓް އެކަޑަމީން 2020ގައި ބޭއްވުމަށް ހަމަޖެހިފައިވާ ކުރިކެޓް މުބާރާތުގެ ލޯގޯ ވެސް އިފްޠިތާޙް ކޮށްދެއްވާފައެއެވެ.

މިލާން ކުރިކެޓް އެކަޑަމީއަކީ 2009 ވަނަ އަހަރު އުފައްދާފައިވާ އެކަޑަމީއެކެވެ. މިރޭ ބޭއްވި ޙަފުލާއަކީ އެ އެކަޑަމީއަށް 10 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ބޭއްވި ޙަފުލާއެކެވެ. މިލާން އެކަޑަމީން ތަމްރީނުވެފައިވާ ކުޅުންތެރިން ރާއްޖެއާ ރާއްޖެއިން ބޭރުގެ އެކިއެކި ކުރިކެޓް މުބާރާތްތަކުގައި ވާދަކޮށް ރާއްޖެއަށް ކުރިކެޓްގައި މުހިންމު ކާމިޔާބީތަކެއް ހޯދައިދީފައިވެއެވެ

އާރޓިކަލް ރޭޓްކުރައްވާ


0%
ވ.ރަނގަޅު
0%
ރަނގަޅު
0%
އޯކޭ
0%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް
މޫސާ ވަހީދު