އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޝަހީދުންގެ ބިނާއެއް ފަރުމާކުރުމުގެ ފުރުޞަތު އެމްއެންޑީއެފް އިން އާންމުކޮށް ހުޅުވާލައިފި

ޝަހީދުންގެ ބިނާއެއް ފަރުމާކުރުމުގެ ފުރުޞަތު އެމްއެންޑީއެފް އިން އާންމުކޮށް ހުޅުވާލައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 7 ސިކުންތު

ދިވެހިރާއްޖޭގައި ހިނގާފައިވާ އެކިއެކި ހާދިސާތަކާއި ކާރިސާތަކުގައި ޝަހީދުވެފައިވާ ދިވެހިންގެ ހަނދާނުގައި ޤައުމީ ފެންވަރުގެ ބިނާއެއް ޤާއިމުކުރުމަށްޓަކައި ޝަހީދުންގެ ބިނާއެއް ފަރުމާކުރުމުގެ ފުރުޞަތު އެމްއެންޑީއެފް އިން އާންމުކޮށް ހުޅުވާލައިފިއެވެ.

އެމްޑީއެފް އިން ބުނެފައިވަނީ އާންމުކޮށް ހުޅުވާލައިގެން ކުރިއަށްގެންދާ މިމުބާރާތުގައި ހޮވޭ ފަރުމާ ބެހެއްޓުމަށް ހަމަޖެހިފައި ވަނީ ޖުމްހޫރީ މައިދާނުގައި "ޝަހީދުންގެ ބިނާ" ނަމުގައެވެ. މި ބިނާ ވެގެންދާނީ މިޤައުމުގައި ޝަހީދުވެފައިވާ އެންމެހާ ދިވެހިންގެ ހަނދާނުގައި ހެދިގެންދާ ބިނާއަކަށެވެ.

ޝަހީދުންގެ ބިނާ ފަރުމާކުރުމަށް ކުރިމަތިލާ ފަރާތުގެ ހުންނަންޖެހޭ ޝަރުޠުތަކުގެ ތެރޭގައި ދިވެހިރައްޔިތަކަށްވުމާއި ޤާނޫނީ ހުކުމެއް ތަންފީޒުކުރަމުންދާ ފަރާތެއްކަމުގައި ނުވުމާއި އަދި ހުށަހަޅާ ފަރުމާ ހޮވިއްޖެނަމަ އެމްއެންޑީއެފާއި ގުޅިގެން އެފަރުމާ އިތުރަށް ޑިވެލޮޕްކުރުމަށްޓަކައި އެކަށީގެންވާ ވަގުތު ދިނުމަށް އެއްބަސްވާން ޖެހެއެވެ.

މި ބިނާގެ ފަރުމާ ހުށަހަޅަންޖެހޭ މިންގަނޑުތަކާއި ގޮތްތަކުގެ ތެރޭގައި ހުށަހަޅަން ބޭނުންވާ ފަރުމާގެ ކުރެހުންތައް ހިމަނާފައިވާ އޭ1 ސައިޒްގެ ފޯރމް ބޯރޑެއް ހުށަހެޅަންޖެހޭނެއެވެ. އަދި މި ފޯރމް ބޯޑްގައި ހުށަހަޅާ ފަރުމާ ޕީޑީއެފް ފޯމެޓުގައި ވެސް ހުށަހަޅަންޖެހެއެވެ. މީގެ އިތުރުން ފަރުމާކުރެވޭ ބިނާގެ ކުރެހުންތަކާއި އޭގެ ތަފްސީލު ގިނަވެގެން އޭ3 ސައިޒްގެ 10 ގަނޑުގައި ބައިންޑް ކޮށްފައި ހުށަހަޅަންޖެހެއެވެ. އަދި މި ހުށަހެޅުން ހުށަހަޅަންޖެހޭނީ މައިކްރޮސޮފްޓް ވޯރޑް ފޯމެޓްގައި ސީޑީއެއްގައެވެ. އަދި އިސްވެ ދެންނެވުނު ހުށަހެޅުންތައް ޑިފެންސް މިނިސްޓްރީއަށް ހުށަހަޅަންވާނީ އެއްވެސް ނަމެއް ނުޖަހައި ބަންދުކޮށްފައެވެ.

މި ހުށަހަޅުންތަކާއެކު ފަރުމާކުރާ ފަރާތުގެ ވަނަވަރު ހިމެނޭ މަޢުލޫމާތު ޝީޓާއި އަދި އެފަރާތުގެ އައިޑީކާޑު ކޮޕީވެސް ޑިފެންސް މިނިސްޓްރީއަށް ހުށަހަޅަން ޖެހެއެވެ. ފަރުމާ ހުށަހަޅާ ފަރާތުގެ ވަނަވަރާއި އައިޑީކާޑު ކޮޕީ ހުށަހަޅަން ޖެހޭނީ ވަކިން ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ.

މި މުބާރާތުގައި ބައިވެރިވާ ފަރާތްތަކުން ފަރުމާތައް ހުށަހަޅަންޖެހޭ އެންމެ ފަހު ސުންގަޑިއަކީ 2019 އޮކްޓޯބަރު 24 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00 ގެ ކުރިންނެށެވެ.

މިމުބާރާތުގައި އެންމެ ރަނގަޅު ހުށަހެޅުން ވެގެންދާނީ މިމުބާރާތް ރާވާ ހިންގާ ފަރާތްކަމުގައިވާ "ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރު" ގެ މިލްކެއްގެ ގޮތުގައެވެ.

މިމުބާރާތާބެހޭ އިތުރު މަޢުލޫމާތު، އެމްއެންޑީއެފް ވެބްސައިޓް ޑައުންލޯޑްސް ސަފްޙާގައި "ޝަހީދުންގެ ބިނާ ފަރުމާކުރުމުގެ މުބާރާތް" މި ނަމުގައިވާ ލިންކުތަކުން ޑައުންލޯޑް ކުރެވޭނެއެވެ.

https://mndf.gov.mv/mndf/downloads

Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު