އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

"ޤުރްއާން މުދައްރިސުން ކުޑަކުދިންނާ ބެހެނީ ކީއްވެ؟" ހަމަ މިޝަނަރީތަކުން ހިންގާ ސްކޫލްތަކުގަވެސް އެކަން ކުރާ ސަބަބު!

"ޤުރްއާން މުދައްރިސުން ކުޑަކުދިންނާ ބެހެނީ ކީއްވެ؟" ހަމަ މިޝަނަރީތަކުން ހިންގާ ސްކޫލްތަކުގަވެސް އެކަން ކުރާ ސަބަބު!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 51 ސިކުންތު

ފާއިތުވި 30 ވަރަކަށް ގަޑިއިރަށް ބަލައިފިނަމަ އިސްލާމް ދީނަށް ފުރައްސާރަކުރުމުގެ ބަލި ޖެހިފައި ތިބި ކުދިން އެންމެ ގިނައިން ކޮށްފައިވާ އެއް ސުވާލަކީ ޤުރްއާން މުދައްރިސުން ކުޑަކުދިންނަށް ގޯނާކުރަނީ ކީއްވެގެންތޯއެވެ؟ 

މިކަމާއި ގުޅިގެން މިއަދުނޫހަށް މައުލޫމާތު ދެއްވި ދީނީ ޢިލްމުވެރިއަކު ވިދާޅުވީ ކުދަކުދިންނަށް ގޯނާ ކުރުން އެއީ ކީރިތި ޤުރްއާނުގައި ނަހީ ކުރައްވަވާފައިވާ ބޮޑު ފާފައަކަށްވާއިރު އެ ފާފަ އެކުރަނީ ކީރިތި ޤުރްއާން އުނގަންނައިދޭ މުދައްރިސެއް ނަމަވެސް އެމީހެއްގެ ހިތުގައި ކީރިތި ޤުރްއާނަށް ލޯބި، އިހްތިރާމް، އަދި ތަޤްވާ ވެރިކަން ނެތުމުން ކަމަށެވެ. 

"މިފަދަ އެއްވެސް ކަމެއް ހިތުގައި ނެތި ހަމަ އެކަނި މުސާރައިގެ ބޭނުމުގަ ވަޒީފާ އަދާކުރާތީ ކީރިތި ޤޫރްއާނަށް ބިރުވެތި ނުވެ ހިތަށް އެރިހައި ކަންކަމެއް ކުރަނީ. ވީމާ އެއީ އިސްލާމް ދީނުގެ، ނުވަތަ ކީރިތި ޤުރްއާނުގެ މައްސަލައެއް ނޫން."

"އެހެން ދީންތަކުގެ މިޝަނަރީން ހިންގާ ސްކޫލުތަކުގައި ކުޑަކުދިންނަށް ގޯނާ ކުރުމުގެ އަމަލެއް ނުހިނގާ ދުވަހެއް ދޭތޯ؟ އެވެސް ވިސްނައިލަން ޖެހޭ ކަމެއް ނޫންތޯ؟ އެއީ އެދީނުގެ މައްސަލައެއްތޯ؟" ވެސް ޢިލްމްވެރިޔާ ވަނީ ސުވާލުކުރައްވައިފައެވެ. 

ދުނިޔޭގައި މީސްތަކުން އުޅެމުންދާ ހުރިހާ ދީންތަކަށް ބެލި ނަމަވެސް ކުޑަކުދިންނަށް ގޯނާކުރުމާ ބިރުދެއްކުމާއި ބްލެކްމޭލްކުރުމާ އަނިޔާވެރިވުމާ އެއްޖިންސުން ކައިވެނިކުރުމާ ކައިވެނީގެ ބޭރުން ޖިންސުން ގުޅުން ހިންގުން ފަދަ ކަންކަމަކީ ހުރިހާ ދީންތަކެއްގައިވެސް މަނާކޮށްފައިވާ ކަންކަމެވެ.

 

 

Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު