އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޢިލްމުވެރިން އަބަދުވެސް ލޭކެކެއެވެ! މައްސަލަތައްކުގެ ޙައްލު ނުފެންނަނީ ޤުރްއާނަށްވުރެ "މަތިން" މަޖިލިސް ހިންގާތީ!

ޢިލްމުވެރިން އަބަދުވެސް ލޭކެކެއެވެ! މައްސަލަތައްކުގެ ޙައްލު ނުފެންނަނީ ޤުރްއާނަށްވުރެ "މަތިން" މަޖިލިސް ހިންގާތީ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 31 ސިކުންތު

"ރާއްޖޭގައި މިވެނި ކަމެއް އެބހިނގާ! އެވެނި ކަމެއް އެބަ ހިނގާ! ޢިލްމުވެރިންގެ ލޭ ނުކެކެނީ ކީއްވެ؟" މިއީ ވެސް މިއަދު ގިނަ ބައަކު ކުރާ ސުވާލެކެވެ. 

މިސުވާލުގެ ޖަވާބުގައި ރާއްޖޭގެ އެންމެ އިސް ދީނީ ޢިލްމުވެރިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ޢިލްމުވެރިއަކު ވިދާޅުވީ ހުރިހާވެސް މައްސަލަ އަކީ ކީރިތި ޤުރްއާނަށްވުރެ "މަތިން" ރައްޔިތުންގެ މަޖްލިސް ހިންގައި ކީރިތި ޤުރްއާނަށް ގޮންޖަހައި ޤާނޫނުތައް ފާސްކުރާތީ ކަމަށެވެ. "ކީރިތި ޤުރްއާނުގަ އެބައޮތް ހުރިހާ ކަމެއްގެ ޙައްލު. ކުށްކުރީމާ ދޭން ޖެހޭނެ އަދަބުވެސް. ޤާއިމުކުރަން ޖެހޭ ޙައްދުތަކުގެ ވާހަކަތައް މިދަންނަވަނީ." 

އޭނާ ވިދާޅުވީ ކީރިތި ޤުރްއާނުގައި ބަޔާންވެގެންވާ ޙައްދުތައް ޤާއިމުކުރުމާއިމެދު ދެކޮޅު ހެއްދެވި އެއްވެސް އިލްމުވެރިއަކު ރާއްޖޭގައި ނެތް ކަމަށެވެ. އަދި ހުރިހާ ޢިލްމުވެރިން ވެސް އާދޭސް ދަންނަވަމުން ގެންދަވަނީ ކީރިތި ޤުރްއާނުގައިވާ ޙައްދުތައް އަވަހަށް ތަންފީޒުކުރަން ފެށުމަށް ކަމަށެވެ. 

"ކީރިތި ޤްރުއާނާ ޚިލާފަށް ކޮންމެ މީހަކު ކޮންމެ ކަމެއް ކުރި ނަމަވެސް ދިނީ އިލްމުވެރިންގެ ލޭ ކެކޭނެ. ނަމަވެސް ބައެއް ކުށްތައް ކުރުން މިހާރު ކޮންމެ ދުވަހަކު ކުރާ ޢާންމު ކަމަކަށް ހެދީމާ ކޮންމެ ދުވަހަކު އެއް ވާހަކައެއް އެއް ރޫޙެއްގައި ނުދެއްކި ދާނެ. އެއީ އަދި ލޭ ނުކެކުމެއް ނޫން. ދެން އެކަންކަމާ އެމްޑީއެންގެ ރިޕޯޓް މައްސަލަ އާވެސް ވަރަށް ތަފާތު. އެއީ މީހަކަށް ފާފައެއް ކުރެވުނު ނަމަވެސް ތައުބާވުމުގެ ދޮރު އަބަދުވެސް ހުޅުވިފައި ވުމުން. އެމްޑީއެންގެ ރިޕޯޓަކީ މުސްލިމުން އިސްލާމް ދީނުން ބޭރުކުރަން އަޅާފައި އޮތް ނިޔުކްލިއާ ބޮމެއް. ހީރޯޝީމާއިން އެ އުޅެނީ ދެވަނަ ބޮޑު ހަނގުރާމައިގައި އެޅި ބޮމުގެ އަސަރު އަދިވެސް ނައްތާނުލިވެގިން. އެމްޑީއެން ބޮމަކީ ނުރައްކާތެރިކަން މާބޮޑު ބޮމެއް، ބިރުވެރިކަންވެސް މާބޮޑު ބޮމެއް! ލޭކެކޭ މިންވަރު ބާރު އެވަނީ އެހެންވެގެން!" 

"ކަންކަން ވަމުން މިދާ ގޮތް ރަނގަޅަށް ނުބަލައި ބަސްތައް ނުބުނުމަށް ވަޞިއްޔަތް ކުރަން. ޢިލްމުވެރިއަކު ބަސްފުޅެއް ވިދާޅުވާއިރަށް މިވެނި ކަމަކަށް ބަސް ނުބުނީ ކީއްވެތޯ ސުވާލުތައް ކުރުމަށް އަޑު އިވުނު ބަހުގައި ހިފަހައްޓައި ފައިދާ ހޯދަން މަސައްކަތްކުރީމާ އެކަމުގެ ފައިދާ ކުރާނީ. ޢިލްމުވެރިން ކަމެއް ބަޔާންކުރައްވާ ކޮންމެފަހަރަކު ދީނުގައި ހުރި ހުރިހާ ކަންކަމުގެ ޙުރިހާ ޙުކުމްފުޅުތައް ބަޔާނެއް ނުކުރެއްވޭނެ. އެފަހަރަކު ވިދާޅުވާ ބަސްފުޅަކާއި ގުޅުން ހުރި ކަންކަން އެ ހާމަކުރައްވަނީ. އެއީ އެކަން ކުރެއްވޭނެ ހަމަ އެކަނި ގޮތް. އެވަރު އެނގެން ޖެހޭނެ" ކަމަށްވެސް ވިދާޅުވިއެވެ. 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް