އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ހަފްތާއެއްހާ ދުވަސްތެރޭ ފިޔާގެ އަގުހެޔޮ ޝިޕްމަންޓްތައް ރާއްޖެއަށް ގެނެވޭނެ – އެސްޓީއޯ

ހަފްތާއެއްހާ ދުވަސްތެރޭ ފިޔާގެ އަގުހެޔޮ ޝިޕްމަންޓްތައް ރާއްޖެއަށް ގެނެވޭނެ – އެސްޓީއޯ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 25 ސިކުންތު

ކުރިއަށްއޮތް ހަފްތާއެއްހާ ދުވަހުގެތެރޭ ފިޔާގެ އަގުހެޔޮ ޝިޕްމަންޓްތައް ރާއްޖެއަށް ގެނެވޭނެކަމަށް ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން، އެސްޓީއޯއިން ބުނެފިއެވެ.

އެސްޓީއޯއިން މިއަދު ބުނީ އެކުންފުނިން ކޮންޓްރޯލް އަގެއްގައި ކޮންމެ ކަސްޓަމަރަކަށް 30ރ އަށް ކިލޯއެއް މިހާރު ވިއްކަމުންދާކަމަށާއި ކުރިއަށްއޮތް ހަފްތާއެއްހާ ދުވަހުގެ ތެރޭގައި އައު ޝިޕްމަންޓު ރާއްޖެ ގެނެވުމުން ކުރިން ވިއްކަމުންދިޔަ އަގުގައި ފިޔާ ވިއްކަން ފަށާނެ ކަމަށެވެ.

އިންޑިއާއިން ފިޔާ ބޭރުކުރުން ހުއްޓާލާފައިވަނީ އެޤައުމަށް ކުރި ވިއްސާރައިގައި ދަނޑުތަކަށް ލިބުނު ގެއްލުންތަކާ ގުޅިގެން، ފިޔާ ނުލިބެން ފެށުމުންނެވެ. އަދި މި މައްސަލަ ހައްލުކުރުމަށް އިންޑިއާއިން ފިޔާ ބޭރުކުރުން މަޑުޖައްސާލާފައިވީނަމަވެސް، މި ފިޔަވަޅުގެ ދަށުން ރާއްޖެއަށް ފިޔާ އެކްސްޕޯޓުކުރުން އެއްވެސް އިރެއްގައި ހުއްޓާލައިފައި ނުވާކަމަށް އިންޑިއާއިން ބުނެއެވެ. އަދި މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން ކުރިއެކޭ އެއްގޮތަށް ރާއްޖެއަށް ފިޔާ ލިބޭނެގޮތް ހަމަޖައްސާފައިވާކަމަށްވެސް އިންޑިޔާ އެމްބަސީން ވަނީ ބުނެފައެވެ.

އިންޑިއާއިން ފިޔާ ލިބުން ދަތިވުމާއެކު ރާއްޖޭގައި ފިޔާގެ އަގު އުފުލުނު ގޮތަށް އަދިވެސް ގިނަ ފިހާރަތަކުން ފިޔާ ވިއްކަމުން ދަނީ ބޮޑު އަގުގައެވެ. އެގޮތުން އަދިވެސް ފިޔާ ކިލޯއެއްގެ އަގު އުޅެނީ 50ރ އަށް ވުރެ މަތީގައެވެ.

އެހެންނަމަވެސް، މިދިޔަ ހަފްތާގައި އެސްޓީއޯއިން ވައިގެ މަގުން ގެނައި ފިޔާގެ ޝިޕްމަންޓާއެކު އެކުންފުނިން ދަނީ ކިލޯއެއް 30ރއަށް ވިއްކަމުންނެވެ. އެސްޓީއޯއިން ބުނީ އާއްދީތަ ދުވަހުން ފެށިގެން މި އަގުގައި ފިޔާ ވިއްކަމުންދާކަމަށެވެ.

 

Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ