އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އެމްޑީއެން ކުރީ އެންމެ ބޮޑު ކުށް!‍ - ދައުވާ ކުރެވެން ޖެހޭނެ!: ޢިލްމުވެރިން

އެމްޑީއެން ކުރީ އެންމެ ބޮޑު ކުށް!‍ - ދައުވާ ކުރެވެން ޖެހޭނެ!: ޢިލްމުވެރިން


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 6 މިނެޓް, 30 ސިކުންތު

ދިވެހި ރާއްޖެއިން އިސްލާމް ދީން ފުހެލުމަށްޓަކައި އެމްޑީއެން އިން ނެރުނު ރިޕޯޓު ނެރުމަކީ ޤަޞްދުގައި އިސްލާމް ދީނަށް ދީފައިވާ ހަމަލާތަކެއް ކަމާއި ފަހުގެ ތާރީޚުގައި ރާއްޖޭގައި އިސްލާމް ދީނަށް މިހައި ވަރުގަދަ ހަމަލާތަކެއް ދީފައިނުވާ ކަމާއި ހަމަލާތައް ދީފައި ވަނީ ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީ ޢާއި ކަނޑައެޅިގެން ޚިލާފަށްކަން ޢިލްމުވެރިން ބަޔާން ކުރައްވައިފިއެވެ.  

ބަޔާނުގަ ޤާނޫނުތަކާ ޚިލާފްވާ ކަންކަމާއި މިންވަރުވެސް މިއަދު ބޭއްވި އިލްމުވެރިންގެ ގުޅުމުގެ ބައަދަލުގައި ފަޟީލަތުއްޝައިޚް ޢަލީ ޒާހިރު ބިން ސަޢީދު ޤާސިމް ވަނީ ބަޔާން ކުރައްވައިފައެވެ.  

ޤާނޫނީ ގޮތުން ކުށްވެރިވާ ނުގުތާތައް، އަދި އެޅެން ހުރި ފިޔަވަޅުތައް – ޝެއިޚް ޢަލީ ޒާހިރު 

 

3.1 ޤާނޫނު އަސާސީ:

10 ވަނަ މާއްދާ.

(ދިވެހިދައުލަތުގެ ދީނަކީ އިސްލާމްދީނެވެ. އަދި އިސްލާމްދީނަކީ ދިވެހިރާއްޖޭގެ ޤާނޫނުގެ މައިގަނޑު މަޞްދަރެވެ.) އިސްލާމްދީނާ ދެކޮޅަށްދޭ މިފަދަ ކޮންމެ ޢަމަލަކީ ދިވެހިރާއްޖޭގެ ޤާނޫނީ ނިޒާމަށާއި ޤާނޫނީ މަޞްދަރަށްވެސް ދޭ ޙަމަލާއެއް.

19 ވަނަ މާއްދާ

(އިސްލާމީ ޝަރީޢަތުގައި ނުވަތަ ޤާނޫނުގައި ކަނޑައެޅިގެން މަނާކޮށްފައިނުވާ ކަންކަން ކުރުމުގެ މިނިވަންކަން ކޮންމެ ރައްޔިތަކަށް ލިބިގެން ވެއެވެ.) މާނައަކީ: ޝަރުޢީ ގޮތުންނާއި ޤާނޫނީ ގޮތުން މަނާކަމެއްކަމަށް ކަނޑައަޅާފައިވާ ކަމެއް ކުރުމުގެ މިނިވަންކަމެއް ޤާނޫނުއަސާސީންވެސް ނުދެއޭ.

27 ވަނަ މާއްދާ.

(މިނިވަންކަމާއެކު ފިކުރުކުރުމާއި، އިސްލާމްދީނުގެ އަޞްލަކާ ޚިލާފުނުވާގޮތެއްގެމަތިން އެމީހެއްގެ ބުއްދިއަށް ފެންނަގޮތްތަކާއި، ޚިޔާލުތައް ދުލާއި ގަލަމުން އަދި މިނޫންވެސް ގޮތަކަށް ފާޅުކުރުމުގެ މިނިވަންކަން ކޮންމެ މީހަކަށްމެ ލިބިގެންވެއެވެ.)

274 ވަނަ މާއްދާ

("އިސްލާމްދީނުގެ އަޞްލު" ކަމުގައި ބުނެފައި އެވަނީ، ކީރިތި ޤުރްއާނާއި، މާތް ރަސޫލާ ގެ ސުންނަތުގައިވާ ކަންކަމުގެ ތެރެއިން، އެކަމެއްގެ ޞައްޙަކަމާމެދު ޚިލާފު އުފެދިފައިނުވާ ޝަރުޢީ އުޞޫލުތަކާއި މިދެއަޞްލުން ދޭހަކޮށްދޭ އުޞޫލުތަކަށެވެ.) ކައުއިތުރު ރަސޫލާ އަށް ފުރައްސާރަ ކުރުމުގެ ނުބައިކަމަކީ ދީނީ ޢިލްމުވެރިންގެ މެދުގައި ޚިޔާލުތަފާތުކަމެއްނޫން. އެފަދަ މީހެއްގެ މައްޗަށް ޙައްދު ގާއިމުކުރެވެންޖެހޭކަމަށް ޢިލްމުވެރިން އިއްތިފާޤު.

33 ވަނަ މާއްދާ

(އެމީހެއްގެ ނަމާއި އަބުރު ރައްކާތެރިވެފައި އޮތުމުގެ ޙައްޤު ކޮންމެ މީހަކަށްމެ ލިބިގެން ވެއެވެ.) ކައުއިތުރު ރަސޫލާ ގެ އަބުރުފުޅު ރައްކާތެރިވުމުގެ ޙައްޤަކީ އިސްލާމްދީނުގެ އުޞޫލުތަކާވެސް ގުޅިފައިވާ ޙައްޤެއް. އެޙައްޤަށް އަރައިގަތުމާއި މިނިވަންކަމެއް އެކަކަށްވެސް ލިބިގެންނުވޭ. އެކަން ދިވެހިފަސްގަނޑުގައި ހުންނަ ކޮންމެ މީހެއްގެ މައްޗަށް އިސްވެ ދެނެނެވުނު ހުރިހައި މާއްދާތަކުން ވެސް މަނާކުރޭ. 

 

3.2 ދިވެހިރާއްޖޭގެ ޤާނޫނުލް ޢުޤޫބާތު 

- 617 ވަނަ މާއްދާ ގެ (ހ) 

މިއިން ކޮންމެ ކަމަކީ (ޝަރުޢީގޮތުން ކަނޑައަޅުއްވާފައިވާ ޙައްދު ޤާއިމުކުރެވޭ މިންވަރަށް ކުށް ސާބިތުނުވާ ހިނދުގައިވެސް،) ޤާނޫނީ ގޮތުންވެސް ކުށްތައް ކަމުގައި ޤާނޫނުލް ޢުޤޫބާތުގައި ވަނީ ކަނޑައަޅާފައި. 

- 1205 ވަނަމާއްދާގެ (ހ)

މި ޤާނޫނުގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ވީނަމަވެސް، އިސްލާމީ ޝަރީޢަތުގައި ޙައްދު ކަނޑައަޅާފައިވާ ނުވަތަ ޤިޞާޞް ކަނޑައަޅާފައިވާ ކުށެއް، އިސްލާމީ ޝަރީޢަތުގައި ކަނޑއެޅިފައިވާ ގޮތުގެމަތިން އެއްވެސް ޝައްކެއްނެތް މިންވަރަށް މީހެއްގެ މައްޗަށް ސާބިތުވެއްޖެނަމަ، އެމީހެއްގެ މައްޗަށް ކަނޑައަޅަންވާނީ އިސްލާމީ ޝަރީޢަތުގައިވާ ގޮތުގެމަތިން އެކަމަކަށް އިސްލާމީ ޝަރީޢަތުގައިވާ އަދަބެވެ. (މިކަމުގައި ޝާމިލުވާ ވަކިވަކި ފަރުދުން ތައުބާނުވިނަމަ އެމީހުންގެ މައްޗަށް ޝަރުޢީ ޙުކުމް ތަންފީޛު ކުރުވެންޖެހޭކަން ޤާނޫނުގައިވެސް ކަނޑައަޅާފައިވާކަން.)

 

3.3 ޖަމުޢިއްޔާތަކުގެ ޤާނޫނު 

- 19 ވަނަ މާއްދާ

މި މާއްދާގައި ބަޔާންކޮށްފައިވާ މަޤްޞަދުތަކުގެ ތެރެއިން މަޤްޞަދެއްގައި އެއްވެސް ޖަމްޢިއްޔާއެއް ހެދުމަކީ، ދިވެހިރާއްޖޭގެ އަމިއްލަ ވެރިކަން ދެމެހެއްޓުމާއި އާންމު މަޞްލަޙަތު ހިފެހެއްޓުމަށްޓަކައި މަނާކަމެކެވެ.

(ހ) އިސްލާމްދީނުގެ އަސްލަކާ ޚިލާފުވުން، ނުވަތަ އިސްލާމްދީނަށް އިހާނެތިކޮށް ހިތުން، ނުވަތަ ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ނަގާލުން، ނުވަތަ އެ އެއްބައިވަންތަކަމަށް އުނިކަމެއް ގެނައުން، ނުވަތަ އިސްލާމްދީން ނޫން އެހެން ދީނެއްގެ ފިކުރާއި ޝިޢާރު ދިވެހިރާއްޖޭގައި ފައުޅުކުރުން، ނުވަތަ ފެތުރުން.

(ށ) ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާ ނުވަތަ ދިވެހިރާއްޖޭގެ ޤާނޫނާ ޚިލާފުވާ އެއްވެސް ކަމެއް ކުރުން. 

(އެމް.ޑީ.އެން. ގެ ހަރަކާތް ތަކަށް ބެލުމުން އެމީހުން ޖަމްޢިއްޔާ ހިންގަމުން ގެންދާ މިސްރާބުން އެމީހުންގެ މަޤްޞަދު މިމާއްދާގެ (ހ) އާއި (ށ) އާވެސް ފުށުއަރާކަން ސާފުކޮށް ފެންނަކަމަށް ދެންނެވެން އެބައޮތް.)

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް