އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ރަސޫލުންނަށް އިމާން ނުވުމުން ﷲ ގެ ކޯފާ ލިބުނު ގޮތާއިމެދު ބިރުވެތިވާށެވެ!

ރަސޫލުންނަށް އިމާން ނުވުމުން ﷲ ގެ ކޯފާ ލިބުނު ގޮތާއިމެދު ބިރުވެތިވާށެވެ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 32 ސިކުންތު

"އަދި ބިމުގައި ދަތުރުފަތުރުކޮށް، އެއުރެންގެ ކުރިން އުޅުނުމީހުންގެ ނިމުންވީ، ކޮންފަދައަކުންކަން ފަހެ، އެއުރެން ނުބަލަނީހެއްޔެވެ؟ އެއުރެންނަށްވުރެ ބާރުގަދަ، އަދި ބިމުގައި އެއުރެންގެ އަސަރުތައް ވަރުގަދަ ބައަކު ކަމުގައި އެއުރެން (އެބަހީ: ކުރިން އުޅުނު މީހުން) ވޫއެވެ. ފަހެ، އެއުރެންގެ ފާފަތަކުގެ ސަބަބުން، ﷲ އެއުރެން ހަލާކުކުރެއްވިއެވެ. އަދި ﷲ ގެ ޢަޛާބުން ރައްކާތެރިކޮށްދޭނޭ އެކަކުވެސް، އެއުރެންނަކަށް ނުވެއެވެ." (ޣާފިރް: 21) 

"އެއީ އެއުރެންގެ ގާތަށް، އެއުރެންގެ ރަސޫލުން ފާޅުވެގެންވާ ހެކިތަކާއިގެން ވަޑައިގަތުމުން، އެއުރެން އެބޭކަލުންނަށް ކާފިރުވީތީއެވެ. ދެން ﷲ އެއުރެން ހަލާކުކުރެއްވިއެވެ. ހަމަކަށަވަރުން، އެކަލާނގެއީ، ގަދަފަދަވަންތަ، ޢުޤޫބާތް ގަދަފަދަވެގެންވާ ރަސްކަލާނގެއެވެ." (ޣާފިރް: 22)  

މިއުންމަތުގެ މާތް ނަބިއްޔާ މުޙައްމަދު (ޞޢވ) އަށްފަހު އިތުރު ރަސޫލު ބޭކަލަކު ފޮނުއްވެވުމެއް ނެތެވެ. ވީމާ އަހަރެމެންނަށް އޮތީ އިތުރު އެކަލޭފާނުގެ ރަސޫލްކަން ޤަބޫލުކުރުމެވެ. ސުންނަތަށް ތަބަޢަވުމެވެ. ނޫން ނަމަ ދުނިޔެ އާއި އާޚިރަތުގައިވެސް އެމީހަކަށް ކުރިމަތިލާން ޖެހޭނެ ގަދަފަދަ ޢަޛާބަށް ބިރުވެތިވުމެވެ.  

ގިނަގިނައިން ކީރިތި ޤުރްއާން ކިޔަވާށެވެ! އަމިއްލައަށް ޢިލްމުވެރިވާށެވެ! ކީރިތި ޤުރްއާނުގެ ޢިލްމު އުނގެނިގެން ނޫނީ އާޚިރަތް ހާޞިލެއް ނުކުރެވޭނެއެވެ. 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް