އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އިއްޔެގެ "ބޮޑު ފޮޓޯ" އަށް އެދި ގިނަ ބައަކު ޙަރަމްފުޅު އަރިހުގަ ދުޢާކުރި! - ބާރަށް ކުރިއަށް ވަޑައިގަންނަވާ!

އިއްޔެގެ "ބޮޑު ފޮޓޯ" އަށް އެދި ގިނަ ބައަކު ޙަރަމްފުޅު އަރިހުގަ ދުޢާކުރި! - ބާރަށް ކުރިއަށް ވަޑައިގަންނަވާ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 4 މިނެޓް, 2 ސިކުންތު

އިއްޔެ ދިވެހި ރައްޔިތުންގެ ތެރެއިން ގިނަ ބައަކަށް ކުއްލި ޙައިރާންކަމެއް ލިބުމުގެ އިތުރުން ގިނަ ބައަކަށް ވަރަށް ބޮޑު އުފާވެރިކަމެއް ލިބިގެންދިއައީ ރާއްޖޭގައި ތިއްބެވި އެންމެ އިސް ދީނީ ޢިލްމުވެރިން ބައިވެރިވެވަޑައިގަންނަވާ ބައްދަލުވުމެއް ލައިވްކޮށް ފެނުމުންނެވެ. ކުއްލި ގޮތަކަށް ޢާންމުވެގެން ދިއަ ގިނަ އަދަދަދެއްގެ ދީނީ ޢިލްމުވެރިންގެ ފޮޓޯއިންނެވެ.  

އެފޮޓޯގެ އެންމެ މަތިވެރި ޝަރަފަކީ ހުރިނަމަ ހުރި ޚިޔާލު ތަފާތުވުންތަކެއް ދޫކުރައްވައި މާތްﷲ އަށްޓަކައި، ރާއްޖޭގައި އިސްލާމް ދީން ހިމާޔަތްކުރެއްވުމުގެ މަސައްކަތަށް ރާއްޖޭގެ ހުރިހާ ދީނީ ޢިލްމުވެރިން އެކުގައި ނުކުމެވަޑައިގަންނަވާނެ ގޮތެއް ފަހިކޮށްދެއްވެވުން އެދި ދިވެހި ރައްޔިތުންގެ ގިނަ ބައަކު ދާދިފަހުން މައްކާގެ ޙަރަމްފުޅު އަރިއަހުގައި ދުޢާކޮށްފައިވާތީއެވެ. ޙައްޖުގެ ދުވަސްވަރަށް ފަހު ޢުމުރާއަށް ދިއަ ގިނަ ބައަކު ވަނީ އެކަމަށް އެދި ދުޢާކޮށްފައިކަމުގެ މަޢްލޫމާތު މިއަދުނޫހަށް ވަނީ ލިބިފައެވެ.  

މިކަމުން އެނގިގެންދަނީ އިސްލާމް ދީން މަތިވެރިކުރުމުގެ އިޚްލާޞްތެރި ނިޔަތުގައި އަޅުތަކުން ކުރާ ދުޢާ ﷲ ތައާލާ އިޖާބަ ކުރައްވަވާނެ ކަމެވެ. ވީމާ ރާއްޖޭގައި އިސްލާމް ދީން ޙިމާޔަތްކުރުމަށް ހުރަސްތައް ކުރިމަތިކުރުވައި "އެކުދިންކޮޅާއި" އެކުދިންކޮޅުގެ ބައިވެރިންނާއި ވާގިވެރިން ކުރަމުން އެގެންދާ މަސައްކަތް ބަލިކަށިކުރައްވަވައި އިސްލާމް ދީނަށް ނަޞްރު ދެއްވެވުން އެދި ހުރިހާ މުސްލިމުންވެސް ދުޢާކުރުން ގިނަކުރަންވީއެވެ. ކޮންމެ ނަމާދަކަށްފަހުގައިވެސް ދުޢާކުރަމުން ގެންދަންވީއެވެ. ﷲ ތަޢާލާ ވޮޑިގެންވަނީ މުއުމިނުންނާއިއެކުގައެވެ. ކެތްތެރިންނާއިއެކުގައެވެ.  

އެފޮޓޯ އެގޮތަށް ނެގުނީ އިއްޔެ ބޭއްވި ދީނީ ޢިލްމުވެރިންގެ ބައްދަލުވުމަށްފަހު އަޅުގަނޑުގެ އަމިއްލަ ވިސްނުމުގައި ޢިލްމުވެރިންގެ އަރިހުގައި އެދުނު އެދުމަކަށްކަމަށް ވުމަކީ ނޫސްވެރިކަމުގައި ކުރަމުން މިދާ މަސައްކަތަށް ލިބުނު އިތުރު ކުރިއެރުމެކެވެ. އެ ފޮޓޯ އެގޮތަށް ނަގަން ބޭނުންވީ 2008 ވަނައަހަރަށްފަހު މިހައި ގިނަ ޢަދަދެއްގެ ރާއްޖޭގެ އެންމެ އިސް ދީނީ ޢީލްމުވެރިން އެއްތަނަކުން މިފަދަ ގޮތަކަށް ފެނިފައި ނުވާތީއެވެ.  

އެ ފޮޓޯއަކީ ޢިލްމުވެރިން ނަންގަވަން ބޭނުންފުޅުވެގެން ނެގުނު ފޮޓޯއެއް ނޫނެވެ. އަޅުގަނޑުގެ އެދުމަކަށް އެއްބާރުލުން ދެއްވުމުގެ ގޮތުން ނަންގަވައިދެއްވި ފޮޓޯއެކެވެ. މިހެން ދަންނަވަން މިޖެހުނީ ޙަޤީޤަތް އޮޅޭ ގޮތަށް ބައެއް މީހުން އެފޮޓޯއަށް ސޯޝަލް މީޑިއާގައި ކޮމެންޓްކުރަމުން ގެންދާތީއެވެ.  

މީގެ 3 މަސް ދުވަސްވަރު ކުރިން އިސްލާމް ދީނަށް ފުރައްސާރަކޮށް މީހަކު ލިޔުމެއް ހާމަކުރި ދުވަހެކެވެ. އެދުވަހު އަޅުގަނޑުގެ އަޚް އަޅުގަނޑަށް ފޯނުކޮށްފައި ބުނުއްވިއެވެ. "ކަންކަން މިދަނީ ގޯހުން ގޯހަށް! މި މައްސަލައަށް ޙައްލެއް ހޯދޭނެ ހަމަ އެކަނި ގޮތަކީ އެބޭކަލުންގެ ޚިޔާލު ތަފާތުވުންތައް ދޫކޮށްލައްވައި އެކުގަ މަސައްކަތްކުރެއްވުން. މި ޚިޔާލު ދީނީ ބައެއް ޢިލްމުވެރިންނަށް ހުށްހަޅައިފިން. ބޭބެ ވެސް މިކަމަށް މަސައްކަތްކޮށްދެއްވާ! ބޭބެގެ ގާތް ޢިލްމުވެރިންނަށް މިކަމުގެ މައުލޫމާތު ފޯރުކޮށްދެއްވާ! އަޅުގަނޑު ދަންނަ ޢިލްމުވެރިންގެ އަރިހުގަ މިކަމަށް މިދަނީ އާދޭސްކުރަމުން. ބޭބެ ވެސް ބޭބެ އާއި ގުޅުން އޮތް ޢިލްމުވެރިންގެ އަރިހުގަ މިކަމަށް އާދޭސްކުރައްވާ! އެފަދަ ބައްދަލުވުމެއް ބާއްވަން ކުރަން ޖެހޭ ހުރިހާ ޚަރަދެއްވެސް ކުރާނަން! އިން ޝާ ﷲ!"  

އަޚްގެ ޚިޔާލަކީ ވަރަށް މުހިންމު ޚިޔާލެއް ކަމަށް ޤަބޫލުކޮށް އެކަމުގައި އަޅުގަނޑަށް ކުރެވެން ހުރި މަސައްކަތްތައް ކުރަން ފެށީމެވެ. އަޅުގަނޑުގެ އެންމެ ގާތް ބައެއް ޝައިޚުންނަށް ޚިޔާލު ހުށަހަޅައި އާދޭސް ދެނެނެވީމެވެ. އެކަމަށް އެބޭފުޅުން ގެންދެވީ މަސައްކަތްޕުޅު ވެސް ކުރައްވަމުންނެވެ.  

އެކަމުގެ ޢަމަލީ ސިފަ ނުޖެއްސިގެން އުޅެނިކޮށް ފެނުނީ އެމްޑީއެންގެ ރިޕޯޓް ފެންމަތިވިތަނެވެ. އެއާއިއެކު ފެނިގެން މިދިއައީ މާތްﷲ ވާގިފުޅާއިއެކު ހުރިހާ ޢިލްމުވެރިން އެއް ރޫޙެއްގައި ނުކުންނެވި ތަނެވެ. ކޮންމެ ކަމެއް ހިނގުމަށްވެސް ސަބަބެއް މެދުވެރިކުރައްވަވާނެތެވެ. އެކަމެއް ހިނގާނީ އެކަމުގެ ވަގުތު ޖެހުމުންނެވެ.

 

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަހުމަދު