އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޢިލްމުވެރިންނަށް ރައްޔިތުންގެ އާދޭސް!: ރަންނަމާރިތަކުގެ ކިބައިން ރާއްޖެ ސަލާމަތްކޮށްދެއްވާ!

ޢިލްމުވެރިންނަށް ރައްޔިތުންގެ އާދޭސް!: ރަންނަމާރިތަކުގެ ކިބައިން ރާއްޖެ ސަލާމަތްކޮށްދެއްވާ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 45 ސިކުންތު

ޢިލްމުވެރިންގެ އިލްތިމާސް އަޅުގަނޑުމެން ވަރަށް ފުރިހަމައަށް އަޑުއަހައިފީމުއެވެ. އިލްތިމާސް އާއި ގުޅިގެން އަޅުގަނޑުމެން ކުރަންޖެހޭ މަސައްކަތް މިހާރުވެސް މިގެންދަނީ ކުރަމުންނެވެ. އިލްތިމާސްގެ ސަބަބުން އިތުރު ހިތްވަރެއްވެސް މިހާރުވަނީ ލިބިފައެވެ. 

ޢިލްމުވެރިންނަށް އަޅުގަނޑުމެންގެ އިލްތިމާސްވެސް އެބަ ހުއްޓެވެ. ފުރަތަމަ ކަމަކީ ސްކޫލްތަކުގައި ކިޔަވައިދޭ ފޮތްތަކާއި ކަރިކިޔުލަމް އިސްލާމް ދީނުގެ އުޞޫލުތަކަށް ފައްތަވައިދެއްވަން މަސައްކަތް ކޮށްދެއްވުމެވެ. އެހެން ދީންތަކުގެ ކަންކަން ދަރިވަރުންނަށް ކިޔަވައި ދިނުމުގެ ކުރިން އިސްލާމް ދީން ކިޔަވައިދިނުމާއި ކިޔަވައިދެވޭ ފޮތްތަކަކީ އެ ފޮތްތައް ކިޔެވުމުން އިސްލާމް ދީނަށް ލޯހުޅުވި ލޯބި ޖެހޭ ފަދަ ފޮތްތަކެއް ކަމުގައި ހައްދަވައި ދެއްވުމަށް ކުރެއްވެން ހުރި މަސައްކަތްތައް ކޮށްދެއްވުމެވެ. އިސްލާމް ދީން، ކީރިތި ޤުރްއާނާއި ސުންނަތާއި އެއްގޮތަށް ސްކޫލުތަކުގައި ކިޔަވައިދޭން ބާރު އަޅުއްވައި ދެއްވުމެވެ. މިކަންކަން އިޞްލާޙް ނުކުރެވި ހަމައެކަނި ބެލެނިވެރިންގެ މަސައްކަތަކުން މި މައްސަލަތައް ޙއްލެއް ނުވާނެ ނޫންތޯއެވެ؟ 

ދެވަނަ އިލްތިމާސަކީ ރާއްޖޭގައި އިސްލާމް ދީން ހިމާޔަތްކޮށް ނަގަހައްޓަން ކުރަންހުރި މަސައްކަތްތައް ބާރަށް ކުރިއަށް ގެންދެވުމެވެ. ފަސްޖެހިވަޑައިގެން އެއްވެސް ދުލެއް ނުދެއްވަވައި ކުރިއަށް ގެންގޮސް ދެއްވެވުމެވެ. 

ރާއްޖެ އިސްލާމްވީ ގޮތުގެ ތާރީޚަށް ބަލައިފިނަމަ ލިޔެވިފައި ހުރި ލިޔުންތަކުން އެނގެނީ އެއިރު ފައްސާލަން ޖެހުނީ އެންމެ ރަންނަމާރިއެއް ކަމެވެ. ނަމަވެސް މިހާރު ފާވެފައި ހުރި ރަންނަމާރި ފާވެގެން އުޅެނީ އެކަންޏެއް ނޫނެވެ. ކުރިން ރަންނަމާރި ބަލިކޮށް ދިވެހިން އިސްލާމްވީތީ އެކަމުގެ ބަދަލު ހިފަން މިފަހަރު ފާވެގެން އުޅެނީ ބޮޑު ބައިގަނޑަކާއިވެސް އެކުގައެވެ. ވީމާ ރަންނަމާރި އެކަނި ބަލިކުރެވުނު ނަމަވެސް ރަންނަމާރީގެ ލަޝްކަރު ބަލިކުރުމަކީ ކުރަން އެހައި ފަސޭހަ ކަމަކަށް ނުވާނެއެވެ. ރަންނަމާރި އެގެންދަނީ ދުނިޔޭގައި އުޅޭ ކާފަރު ހުރިހާ ރަންނަމާރިތަކުގެ އެހީތެރިކަން ވެސް ހޯދަމުންނެވެ. ވީމާ ރާއްޖެ އަލުން އިސްލާމް ކުރަން ކުރަން ހުރި މަސައްކަތް މާބުރައެވެ. މާބުރައެވެ. މާނުރައްކަލެވެ. 

ވީމާ މިކަންކަމުން އަރައިގަތުމަށްޓަކައި ކުރަން ޖެހުނު ކޮންމެ ކަމެއް އަޅުގަނޑުމެން މިތިބީ ކުރާށެވެ! އެ ޒަމާނުގައި ރަންނަމާރިއާއި ކުރިމަތިލައްވަން އަބުލްބަރަކާތު ޔޫސުފުލްބަރްބަރީ އަށް ވަޑައިގަންވަން ޖެހިވަޑައިގަތީ ގިނިކަންޏާ ނަމަވެސް މިހާރު ހަމަހިލާ އެހެންވިއަކަ ނުދޭނަމުއެވެ. ތިއަބޭކަލުން ކުރައްވާ ކޮންމެ މަސައްކަތެއްގައި ރައްޔިތުންގެ ފުރިހަމަ ބައިވެރިވުން ލިބިވަޑައިގަންނަވާނެއެވެ. އެކަމުގެ ފުރިހަމަ ޔަޤީންކަން އަޅުގަނޑުމެން ތިއަ ލޮބުވެތި ޢިލްމުވެރިންނަށް އަރުވަމެވެ. 

ޢިލްމުވެރިންގެ ގުޅުން ބާރަށް ކުރިއަށް!

 

(މިއީ މިއަދުނޫހުގެ ބައެއް ކިޔުންތެރިން ފައުޅު ކުރައްވާފައިވާ ޝުޢޫރުތަކުގެ މައްޗަށް ލިޔެފައިވާ ލިޔުމެކެވެ.)

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް