އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޤާނޫނީ ފިޔަވަޅު އަޅަން ގޮވާލުން ކުށަކަށް ހެދުމަކީ ކޮންކަހަލަ ވިސްނުމެއްތޯ؟ ޢަޖައިބް! އެމްޑީއެން މަނާކުރޭ!": ޝައިޚް ޢަލީ ޒައިދު

ޤާނޫނީ ފިޔަވަޅު އަޅަން ގޮވާލުން ކުށަކަށް ހެދުމަކީ ކޮންކަހަލަ ވިސްނުމެއްތޯ؟ ޢަޖައިބް! އެމްޑީއެން މަނާކުރޭ!": ޝައިޚް ޢަލީ ޒައިދު


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 17 ސިކުންތު

"ޤާނޫނު ވަރަށް ސާފު. އަޅުގަނޑުމެން މިތިބީ ޤާނޫނީ އިމުގެ ތެރޭގަ. އެމްޑީއެންއަށް ފިޔަވަޅު އަޅަން މި ގޮވާލަނީ ޤާނޫނީ އިމުގެ ތެރެއިން. އެއިގެ (ޤާނޫނުގެ) ބޭރަކުން ނޫން. 

ޤާނޫނީ ފިޔަވަޅު އަޅަން ގޮވާލުންވެސް ބައެއް މީހުން މިދަނީ ކުށަކަށް! މިއީ ކޮންކަހަލަ ވިސްނުމެއްތޯ؟ ޢަޖައިބް! އެމްޑީއެން މަނާކުރޭ!"- ޝައިޚް ޢަލީ ޒައިދު 

މިއީ މިރޭ 10:10 ގައި ޝައިޚް ޢަލީ ޒައިދު ކުރައްވާފައިވާ ޓްވީޓެކެވެ. 

ޝައިޚް ޢަލީ ޒައިދުވެސް މަސައްކަތްކުރައްވާ ޤައުމީ ޔުނިވަރސިޓީން  މިއަދު ބުނެ އަންގާފައިވަނީ "ޔުނިވަރސިޓީގައި މަސައްކަތްކުރައްވާ އެއްވެސް ބޭފުޅަކު، މި މުޖުތަމަޢުގައި ބައިބައިވުން އުފައްދައި، އެއްބައަކު އަނެއް ބައަކާއިމެދު ރުޅިވެރިކަން އުފެދޭނެ ފަދަ ވާހަކަތައް މީސްމީޑިއާ އާއި، އެނޫންވެސް ވަސީލަތެއް މެދުވެރިކޮށް ފެތުރުން ހުއްޓުވުމަށްޓަކައި އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް އެޅުމަށް ސަރުކާރުން ޔުނިވާސިޓީގައި އެދިފައިވާ" ކަމަށެވެ. 

ޤާނޫނު ތަންފީޒުކުރުމަށް ގޮވާލުމުގެ ޙައްޤަކީ ކޮންމެ ދިވެހި ރައްޔިތަކަށްވެސް ލިބިގެންވާ ޙައްޤެކެވެ. ޤާނޫނު ތަންފީޒުކުރަން ގޮވާލުމަކީ "މުޖުތަމަޢުގައި ބައިބައިވުން އުފައްދައި، އެއްބައަކު އަނެއް ބައަކާއިމެދު ރުޅިވެރިކަން އުފެދޭނެ" ކަމަކަށް ވަނީ ކިހިނަކުންކަން ވަނީ އޮޅުން ބޮޅުމުގެ ތެރޭގައެވެ. 

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް