އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އެންމެ ކުޑަ މުސާރަ ކަނޑައަޅަން ތާއީދު! - ނަމަވެސް އެކަން ކުރަންޖެހޭނީ ހަމަހަމަ އުޞޫލަކުން!: ޤާސިމް އިބްރާހީމް

އެންމެ ކުޑަ މުސާރަ ކަނޑައަޅަން ތާއީދު! - ނަމަވެސް އެކަން ކުރަންޖެހޭނީ ހަމަހަމަ އުޞޫލަކުން!: ޤާސިމް އިބްރާހީމް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 47 ސިކުންތު

ރާއްޖޭގައި ވަޒީފާ އަދާކުރާ މުވައްޒިފުންނަށް ދޭ އެންމެ ކުޑަ މުސާރަ ކަނޑައަޅަން ފުރިހަމައަށް ތާއީދު ކުރައްވާ ކަމަށާއި ނަމަވެސް އެކަން ކުރަން ޖެހޭނީ ވަރަށް ޕްރޮފެޝަނަލްކޮށް ހަމަހަމަ އުޞޫލަކުން ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ. 

ޖުމްހޫރީ ޕާޓީ އާއި އިތުރު މެންބަރުން ގުޅުމަށް މިރޭ ޕާޓީގެ މައިމަރުކަޒު މ. ކުނޫޒުގައި ބޭއްވި ބައްދަލުވުމުގައި ޤާސިމް އިބްރާހީމް ވިދާޅުވީ ދުނިޔޭގެ ވަރަށް ގިނަ ޤައުމުތކުގައި މިހާރުވެސް ވަނީ މިނިމަމް ވޭޖް ކަނޑައަޅާފައ ކަމަށާއި އެކަން ރާއްޖޭގައިވެސް ރަނގަޅު ގޮތުގައި ކޮށްފިނަމަ ވަރަށް ރަނގަލުކަމަކަށްވެދާނެ ކަމަށެވެ. ނަމަވެސް އެކަން ކުރެވޭ ގޮތަކުން އެކަމަކީ ބޮޑު ޒަހަރަކަށްވެސް ވެދާނެ ކަމަށެވެ. "ވީމާ ޚާއްޞަކޮށް މަޖިލިސް މެންބަރުން ބިލް ފާސްކުރަންވާނީ ވަރަށް ރަނގަޅަށް. ވަކި މީހަކަށް ނުވަތަ ވަކި ސެކްޓަރަކަސް ޚާއްޞަކޮށްގެން މިނިމަމް ވޭޖް ކަނޑައަޅައިފިނަމަ އެއޮތީ އެކން ގޮސްވެފަ. ކޮންމެ އިންޑަސްޓްރީއެއްގަ ނަމަވެސް މިނިމަމް ވޭޖް އޮންނަން ޖެހޭނީ އެއް މިންގަނޑަކަށް. ދުނިޔޭގެ އެހެން ޤައުމުތަކުން އެކަން ކޮށްފައިވާ ގޮތް ބަލައިގަންނަން ޖެހޭނެ." 

"އަޅުގަނޑުމެންނަސް ނުއުފުލެވޭވަރުގެ ބޮޑު ބުރައެއް އުފުލަން ނިންމައިފިނަމަ އަޅުގަނޑުމެން ދާނީ ހަލާކުވެގެން. އެހިސާބުން އިޤްޠިޞާދީ އަދި އިޖުތިމާޢީ ކަންކަން ވެސް ދާނީ ހަލާކުވެގެން. ކުރިއަކަށް ނުދެވޭނެ. ޤައުމަސް ލިބޭ ހުރިހާ އާމްދަނީ ދާނީ އެކި ގޮތްގޮތުން ބޭރުވެގެން." 

ޤާސިމް އިބްރާހީމް ވިދާޅުވީ މިނިމަމް ވޭޖެ ކަނޑައަޅަން ޖެހޭނީ ދެމެހެއްޓެނިވި ގޮތަކަށް އެކަން ކުރިއަށް ގެންދެވޭނެ ގޮތަށް ކަމަށާއި އެކަށީގެންވާ ވަރަށްވުރެ ކުޑަ މުސާރަ ދީގެން މަސައްކަތް ކުރުވުމަކީ ކޮށްގެންވާނެ ކަމެއް ނޫން ކަމަށެވެ. އަދި ދެވޭނެ އެންމެ ކުޑަ މުސާރަ ކަނޑައަޅަން ސަރުކާރުން ކުރާ މަސައްކަތަށް ތާއީދުކުރައްވާ ކަމަށާއި އެ މަސައްކަތް ސަރުކާރުން ކުރާތީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް ޝުކުރު އަދާކުރައްވާ ކަމަށެވެ. 

ޤާސިމް އިބްރާހީމް ވިދާޅުވީ އިންކަމް ޓެކްސް ނަގަން ޖެހޭނީ ވެސް އެންމެންގެ ބައިވެރިވުން ވެސް އެކަމުގައި އޮވެގެން ކަމަށެވެ. މަދުން ލިބޭ މީހާ މަދުނަ ދެއްކުމަކީ މައްސަލައެއް ނޫން ކަމަށާއި ނަމަވެސް ކޮންމެ ރައްޔިތެއްގެ ވެސް ބައިވެރިވުން އޮތުން މުހިންމު ކަމަށެވެ. އިސްލާމް ދީނުގައި މުދަލު ޒަކާތް ނަގަނީވެސް އެއް އުޞޫލަކުން ކަމަށާއި ޒަކާތް ދައްކަން ޖެހެނީ ވެސް ތަނަވަސްކަން ހުރި މިންވަރަކުން ކަމަށެވެ. ނިޞާބް ހމަވެއްޖެ ނަމަ ނިޞްބަތުން މުދަލު ޒަކާތް ދައްކަން ޖެހޭނެ ކަމަށެވެ.

ޤާސިމް އިބްރާހީމް ވިދާޅުވީ އެންމެން ވެސް ތަރައްޤީ ބޭނުންވާ ކަމަށާއި ޚިދުމަތްތައް ލިބެންވެސް ބޭނުންވާ ކަމަށެވެ. އެހެންކަމަށްވާއިރު ރައްޔިތުންގެ މަންފާއަށް ކުރާ ކަންކަމުގައިވެސް އެމީހެއްގެ ފެންވަރުން ބައިވެރިވުން އޮތުމަކީ ވަރަށް ބޭނުންތެރި ކަމެއް ކަމަށެވެ. 

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް