އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ދ. އަތޮޅު ހޮސްޕިޓަލުގެ އައު އިމާރާތުގެ މަޝްރޫޢަށް ބޭނުންވާ ފައިސާ ހަމަޖެހިއްޖެ: ރައީސް ޞާލިޙް

ދ. އަތޮޅު ހޮސްޕިޓަލުގެ އައު އިމާރާތުގެ މަޝްރޫޢަށް ބޭނުންވާ ފައިސާ ހަމަޖެހިއްޖެ: ރައީސް ޞާލިޙް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 47 ސިކުންތު

ދ. އަތޮޅު ހޮސްޕިޓަލުގެ އައު އިމާރާތުގެ މަޝްރޫޢަށް ބޭނުންވާ ފައިސާ ހަމަޖެހި ބަޖެޓު ކުރެވިފައިވާ ކަމަށާއި، ރޭވިފައިވާ ގޮތަށް މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފެށިގެންދާނެ ކަމަށް  ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ދ. އަތޮޅުގެ ޞިއްޙީ ޚިދުމަތަށް 50 އަހަރު ފުރޭ ރަން ޔޫބީލް ފާހަގަ ކުރުމަށް ދ. އަތޮޅު ތަޢުލީމީ މަރުކަޒުގައި މިރޭ ބޭއްވެވި ޚާއްޞަ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކަފުޅުގައެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޤާއިމްކޮށްފައިވާ އަތޮޅު ހޮސްޕިޓަލުތަކަށް 50 އަހަރު ފުރިގެން ރަން ޔޫބީލް ފާހަގަކުރަމުންދާއިރު، އެކަށީގެންވާ ފެންވަރެއްގައި ޞިއްޙީ ޚިދުމަތް ފޯރުކޮށްދިނުމުގައި އަދިވެސް ގިނަ ދަތިތަކެއް އެބަހުރިކަން ފާހަގަކުރައްވާ ރައީސުލްޖުމްހޫރިއްޔާވަނީ ކުރިއަށް އޮތް ދުވަސްތަކަކީ ދ. އަތޮޅު ހޮސްޕިޓަލުގެ ޚިދުމަތްތަކަށް ހެޔޮ ބަދަލުތަކެއް އަންނާނެ ދުވަސްތަކެއް ކަމުގެ އުފާވެރި ޚަބަރު ޙިއްޞާ ކުރައްވާފައެވެ. އެގޮތުން، ދ. އަތޮޅު ހޮސްޕިޓަލުގެ އައު އިމާރާތުގެ މަޝްރޫޢަށް ބޭނުންވާ ފައިސާ ހަމަޖެހި ބަޖެޓު ކުރެވިފައިވާ ކަމަށާއި، ރޭވިފައިވާ ގޮތަށް މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފެށިގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުންވެސް، ޞިއްޙީ ޚިދުމަތް ފޯރުކޮށްދިނުމުގައި ދ. އަތޮޅަށް އޮތް ގޮންޖެހުންތަކުގެ މައްޗަށް އެމަނިކުފާނުގެ ވާހަކަފުޅުގައި އަލިއަޅުއްވާލެއްވިއެވެ. މިގޮތުން، ކުޑަހުވަދޫގައި އެއާޕޯޓެއް އޮވެ، ކުއްލި ޙާލަތްތަކުގައި ވައިގެ މަގުން ބަލި މީހުން މާލެއަށް ފޮނުވޭނެ ފަސޭހަ އިންތިޒާމެއް ނެތްކަން ފާހަގަކުރައްވާ، އެކަމަށް އަވަސް ޙައްލެއް ހޯއްދަވައިދެއްވަން މަސައްކަތްޕުޅު ކުރައްވާނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ކުޑަހުވަދޫއަކީ ތަރައްޤީގެ މަޝްރޫޢުތައް ހިންގުމަށް "ފައްކާވެފައި އޮތް ރަށެއް" ކަން ފާހަގަކުރައްވާ ރައީސުލްޖުމްހޫރިއްޔާވަނީ ކުޑަހުވަދޫގެ ތަރައްޤީއަށް ރޭވިފައިހުރި ބައެއް މަޝްރޫޢުތަކުގެ މަޢުލޫމާތުވެސް ޙިއްޞާ ކުރައްވާފައެވެ. މިގޮތުން ކުޑަހުވަދޫ ސްކޫލަށް ބޭނުންވާ އިތުރު ވަޞީލަތްތައް ހޯދުމާއި، އިތުރު މަގުތައް ރަނގަޅު ފެންވަރަކަށް ތަރައްޤީ ކުރުމާއި، ފެރީ ޓަރމިނަލެއް ބިނާކުރުމާއި، އިތުރު ހައުސިންގ ޔުނިޓުތަކާއި މަސް މާރުކޭޓެއް ބިނާކުރުމާއި، ޒުވާނުންނާ އަދި ކުޅިވަރާއި ގުޅުންހުރި ޚިދުމަތްތަކުގެ ފެންވަރު މަތިކުރުމަށް ހިންގާ މަޝްރޫޢު ފަދަ މަޝްރޫޢުތަކުގެ މައްޗަށް އެމަނިކުފާނުގެ ވާހަކަފުޅުގައި އަލިއަޅުއްވާލެއްވިއެވެ .

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު