އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކާށިދޫއަކީ ކުށްމަދު އަމާން ތަނަކަށް ހެދުމަށްޓަކައި ފުލުހުން ކާށިދޫ ކައުންސިލާއެކު މަޝްވަރާ ބައްދަލުވުމެއް ކުރިއަށްގެންގޮސްފި

ކާށިދޫއަކީ ކުށްމަދު އަމާން ތަނަކަށް ހެދުމަށްޓަކައި ފުލުހުން ކާށިދޫ ކައުންސިލާއެކު މަޝްވަރާ ބައްދަލުވުމެއް ކުރިއަށްގެންގޮސްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 51 ސިކުންތު

ކާށިދޫއަކީ ކުށްމަދު އަމާން ރައްކާތެރި ރަށަކަށް ހެދުމަށްޓަކައި ކ. ކާށިދޫ ޕޮލިސް ސްޓޭޝަނުން އިސްނަގައިގެން ކާށިދޫ ކައުންސިލާއެކު މަޝްވަރާ ބައްދަލުވުމެއް ކުރިއަށް ގެންގޮސްފިއެވެ.

މިހިނގާ އޮކްޓޯބަރ މަހުގެ 16 ވަނަ ދުވަހު ކުރިއަށް ގެންދިޔަ މި ބައްދަލުވުމުގައި، ކާށިދުއަކީ ކުށްމަދު އަމާންތަނަކަށް ހެދުމަށް ކުރެވިދާނެ ކަންކަމާއި ގުޅޭގޮތުންނާއި މިހާރު ހިނގާ ކުށްތައް ހިންގަން މެދުވެރިވާ ސަބަބުތައް ދެނެގަނެ އެކަންކަން ހުއްޓުވުމަށް ކުރެވޭނެ ކަންކަމާއި ގުޅޭގޮތުން މަޝްވަރާކޮށްފައިވެއެވެ.

މީގެއިތުރުން އިމިގްރޭޝަންގެ ޤާނޫނާއި ޚިލާފަށް ކާށިދޫގައި ދިރިއުޅޭ ބިދޭސީން ދެނެގަނެ ބިދޭސީންގެ ދަފްތަރެއް އެކުލަވައިލުމާއި ގުޅޭގޮތުންވެސް މިމަޝްވަރާ ބައްދަލުވުމުގައި ވާހަކަ ދެކެވިފައިވެއެވެ.

ކާށިދޫ ޕޮލިސް ސްޓޭޝަނާއި ކާށިދޫ ކައުންސިލާއި ކާށިދޫގައި ހުންނަ ސަރުކާރުގެ އިދާރާތައް ގުޅިގެން ކާށިދޫގައި ކުށްމަދުކުރުމަށް ގިނަގުނަ މަސައްކަތް ތަކެއް މިހާރުވެސް ކުރަމުންދާކަން މިބައްދަލުވުމުގައި ފާހަގަކޮށްފައިވެއެވެ.

މިމަޝްވަރާ ބައްދަލުވުމުގައި ކާށިދޫ ޕޮލިސް ސްޓޭޝަންގެ އިސްފަރާތްތަކާއި ކާށިދޫ ކައުންސިލް އިދާރާގެ އިސްފަރާތްތައް ބައިވެރިވެފައިވެއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އައިޝަތު އަލީ