އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ދެ ލޯންޗުޖެހި ހިނގި އެކްސިޑެންޓެއްގައި ހަތަރު މީހަކަށް އަނިޔާވެއްޖެ

ދެ ލޯންޗުޖެހި ހިނގި އެކްސިޑެންޓެއްގައި ހަތަރު މީހަކަށް އަނިޔާވެއްޖެ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 47 ސިކުންތު

މާލެ ފަޅު ބޭރުން ދެ ލޯންޗެއް ޖެހި ހިނގި އެކްސިޑެންޓެއްގައި ހަތަރު މީހަކަށް އަނިޔާވެއްޖެއެވެ.

ފުލުހުން ވިދާޅުވީ މިހާދިސާގައި އަނިޔާވެ ހޮސްޕިޓަލުން ފަރުވާދީފައިވަނީ އުމުރުން 17 އަހަރުގެ އަންހެން ކުއްޖަކަށާއި، 28 އަހަރާއި 38 އަހަރުގެ ދެ ފިރިހެންނެއްގެ އިތުރުން އިތުރުން 50 އަހަރުގެ ފިރިހެނަކަށްކަމަށެވެ. މީގެ ތެރެއިން 50ގެ މީހާއަށް އައިޖީއެމް ހޮސްޕިޓަލުގެ އޮބްޒަވޭޝަންގައި މިހާރުވެސް ފަރުވާ ދެމެންދާކަމަށް ފުލުހުން ވިދާޅުވެއެވެ.

މި އެކްސިޑެންޓް ހިނގައިގެން އުޅޭކަމުގެ މަޢޫލޫމާތު ފުލުހުންނަށް ލިބިފައިވަނީ މިއަދު ހެނދުނު ދިހަ ގަޑި އަށެއް އެހާކަންހާއިރުކަމަށް ފުލުހުން ވިދާޅުވެއެވެ.

އެކްސިޑެންޓްވި ދެ ލޯންޗު މިހާރު ވަނީ މާލޭގެ އެއް ނަންބަރު ފާލަމާ ދިމާލު ފަޅުތެރެއަށް ވައްދާފައެވެ. މ ތަނުން އެ ލޯންޗަކީ ޅ. އަތޮޅުގެ ފެރީގެ ޚިދުމަތްދެމުން އަންނަ ލޯންޗެކެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ