އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޖޭއެސްސީ އިން ގާޒީ ހަސަން ސައީދަށް އެޅި ފިޔަވަޅު ގާނޫނާއި ހިލާފުކަން ހާމަވެއްޖެ!

ޖޭއެސްސީ އިން ގާޒީ ހަސަން ސައީދަށް އެޅި ފިޔަވަޅު ގާނޫނާއި ހިލާފުކަން ހާމަވެއްޖެ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 26 ސިކުންތު

ފެމެލީ ކޯޓުގެ އިސް ގާޒީ ހަސަން ސައީދާ ގުޅޭ ގޮތުން އެ ކޯޓުގެ މުވައްޒަފުންތަކެއް ހުށަހެޅި މައްސަލަތަކެއް ބެލުމަށްފަހު ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ގާޒީ ހަސަން ސައީދަށް އެޅި ފިޔަވަޅު ގާނޫނާއި ހިލާފުކަން ހާމަވެއްޖެއެވެ.

ޖޭއެސްސި އިން ވަނީ ފިޔަވަޅެއްގެ ގޮތުން ގާޒީ ހަސަން ސައީދު ކްރިމިނަލް ކޯޓަށް ބަދަލު ކުރަން ނިންމައިފައެވެ.

އެހެނަނަމަވެސް ހަސަން ސައީދުގެ މައްސަލަ ޖޭއެސްސީގެ ކޮމެޓީއިން ބަލައި ރިޕޯޓް އެކުލަވާލި ފަހުން ޖޭއެސްސީގެ ގާނޫނަށް ވަނީ ބަދަލު ގެނެސްފަ އެވެ. ޖޭއެސްސީގެ ގާނޫނަށް ގެނައި ބަދަލުގައިވާ ގޮތުން ފަނޑިޔާރުންނާމެދު އެޅޭނެ ފިޔަވަޅުތަކަށް ވަނީ ބަދަލު ގެނެސްފަ އެވެ. އެގޮތުން ހުރި މަގާމަށްވުރެ ދަރަޖަ ދަށް ކުރުން ވަނީ ހިމަނާފަ އެވެ. އަދި ފިޔަވަޅެއްގެ ގޮތުން ފަނޑިޔާރަކު މަސައްކަތް ކުރާ ކޯޓާ އެއް ދަރަޖައެއްގެ ކޯޓަކަށް ބަދަލު ކޮށްގެން ނުވާނެ ކަމަށް އިސްލާހުގައި ބުނެފައިވެ އެވެ. 

ޖޭއެސްސީން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ގާޒީ ހަސަން ސައީދާ ގުޅޭގޮތުން އެ ކޮމިޝަނުން ބެލި ސުލޫކީ މައްސަލައާ ގުޅިގެން ފަނޑިޔާރެއްގެ ސުލޫކަށް އަސަރުކުރާ ފަދަ ކަންތައްތަކެއް ސާބިތުވާތީ އެކަމުގެ ފިޔަވަޅެއްގެ ގޮތުން ފަނޑިޔާރުކަމުން ވަކިކުރަން ކުރިން ނިންމި ކަމަށާއި އެގޮތަށް ނިންމުމަށްފަހު މައްސަލަ ބެލި ކޮމިޓީގެ ރިޕޯޓަށް ޖަވާބު ހުށަހެޅުއްވުމަށް ދިން 30 ދުވަހުގެ މުއްދަތުގައި ޖަވާބު ހުށަހަޅުމުން ދީފައިވާ ބަޔާނުގައިވާ ކަންތައްތަކުގެ މައްޗަށް ބެލުމަށްފަހު ކުރިން ނިންމި ނިންމުން ބާތިލްކޮށް، ކްރިމިނަލް ކޯޓުގެ ގާޒީ ކަމަށް އޭނާ ބަދަލުކުރަން ނިންމާފައިވާކަމަށެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު