އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ބޮޑެތި ބަލިތައް ޖެހުމުން އެކި މީހުންނަށް އެކި ޙާލަތު ކުރިމަތިވާ ސަބަބާއި މެދު ނުވިސްނަނީ ކީއްވެގެން ހެއްޔެވެ؟

ބޮޑެތި ބަލިތައް ޖެހުމުން އެކި މީހުންނަށް އެކި ޙާލަތު ކުރިމަތިވާ ސަބަބާއި މެދު ނުވިސްނަނީ ކީއްވެގެން ހެއްޔެވެ؟


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 11 ސިކުންތު

ކެންސަރު ބަލި ފަދަ ބޮޑެތި ބަލިތައް ގިނަބަޔަކަށް ޖެހެއެވެ. ނަމަވެސް ސުވާލަކީ އެފަދަ ބަލިތަކުގައި އެންމެން މަރުވަނީ އެއްގޮތަކަށް ހެއްޔެވެ؟ ވޭން އުފުލަން ޖެހެނީ އެއް ވަރަކަށް ހެއްޔެވެ؟ 

މީސްތަކުންނޭވެ! ޞިއްޙަތު ސަލާމަތުން ހުންނަ ދުވަސްވަރު އެމީހެއްގެ އަމަލުތައް ބެހެއްޓީ ﷲ ތަޢާލާ އަނގަވާފައިވާ ގޮތުގައި ކަމަށްވާނަމަ އެމީހަށް މުޞީބާތެއް ކުރިމަތިވާ ހާލަތުގައި ﷲ ތަޢާލާ އެމީހަކު ދޫކޮށެއް ނުލައްވަވާނެތެވެ. އަދި އެފަދަ މީހުންނަށް މުޞީބާތްތައް ކުރިމަތި ކުރައްވަވަނީވެސް އެމީހަކަށް ރަނގަޅަކަށެވެ. އެމީހަކު އިމްތިޙާން ކުރެއްވެވުމަށެވެ. 

އުމުރުން ދުވަސްވެ މުސްކުޅިވުމުން ތައުބާވާން ތިބޭ މީހުންނަށް ގެއްލިގެން އެދަނީ މި ބަޔާންކުރި ފުރުޞަތެވެ. މެދު އުމުރުގައި ވެސް ޒުވާން އުމުރުގައިވެސް މުޞީބާތެއް ކުރިމަތިވެދާނެއެވެ. މުޞީބާތެއް ކުރިމަތިވުމުން، ދެން ސަލާމަތް ނުވެވޭނެކަން އެނގުމުން ތައުބާވެ ޙެޔޮ އަމަލުތައް ކުރަން މަސައްކަތްކުރި ނަމަވެސް ގެއްލުވައިލި ފުރުޞަތު އަނބުރާ ހޯދާނީ ކިހިނަކުން ހެއްޔެވެ؟ އެދުވަސްތަކުގައި (ފާއިތުވި ދުވަސްތަކުގައި) ހެޔޮ އަމަލުކުރުން ގިނަކުރިނަމަ ﷲ ތަޢާލާގެ ޙަޟްރަތުން ލިބިގެންދާނެ ރުހިވޮޑިގަތުން ދެން ހޯދޭނީ ކިހިނަކުން ހެއްޔެވެ؟ 

މީގެ މާނައަކީ އެމީހަކު އެޙާލަތުގައިވެސް ތައުބާވެ ހެޔޮ އަމަލުކުރުމުން އެކަން ޤަބޫލުފުޅު ނުކުރެއްވެވުމެއް ނޫނެވެ! އެންމެފަހު ވަގުތުގައި ނަމަވެސް ތައުބާވެ ހެޔޮ އަމަލުކޮށްފިނަމަ އެކަމަކަށް ސަވާބު ދެއްވަވާނެތެވެ. ނަމަވެސް ގެއްލުވައިލި ބައި ގެއްލުވައި ނުލިނަމަ ލިބޭނެ މަތިވެރިކަން ނުލިބިދާނެ ކަމަށްޓަކައި ބިރުވެތިވާންޖެހޭނެ ކަމެވެ. 

ނަރަކައިން ސަލާމަތް ވެވުނު ނަމަވެސް ސުވަރުގެ ލިބުނު ނަމަވެސް ވިސްނައިލަން ޖެހޭނެ ކަންކަން އެބަހުއްޓެވެ. ސުވަރުގޭގައި ދަރަތަކެއް އެބަހުރި ކަމެވެ. އެމީހެއްގެ ދަރަޖަ އުފުލިގެންދާނީ އެމީހަކު ކުރި އަމަލުތަކުގެ މައްޗަށް ކަމަށެވެ. ޚާއްޞަ ޙާލަތްތަކުގައި ﷲ ތަޢާލާ، އެކަލާނގެ ދީލަތިވަންތަކަމުން ދެއްވަވާ މަތިވެރި ދަރަޖައިން މެނުވީއެވެ. އެ މަތިވެރި ދަރަޖައަށް އުންމީދުކުރުން އޮތީވެސް އެކަމަށް ގަދައަޅައި މަސައްކަތްކުރުމާއިއެކުގައެވެ.

 

- ޝައިޚް މުޙައްމަދު ހޮބްލޮސް ގެ ދަރުސަކުން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް