އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އެހެން ދީންތަކަށް ޖާގަދޭން ގޮވުމަކީ މުޝްރިކުން ރަސޫލް (ޞޢވ) އަށް ހުށަހެޅި ހުށަހެޅުން! - މިއަދުވެސް ތަކުރާރު އެކުރަނީ ހަމަ އެއްކަމެއް!

އެހެން ދީންތަކަށް ޖާގަދޭން ގޮވުމަކީ މުޝްރިކުން ރަސޫލް (ޞޢވ) އަށް ހުށަހެޅި ހުށަހެޅުން! - މިއަދުވެސް ތަކުރާރު އެކުރަނީ ހަމަ އެއްކަމެއް!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 4 މިނެޓް, 0 ސިކުންތު

ރަސޫލް (ޞޢވ) ދީނަށް ގޮވާލަން ފަށްޓަވައި މައްކާއަށް ޒިޔާރަތްކުރާ ވަފުދުތަކަށް އިސްލާމް ދީނަށް ގޮވާލައްވަމުން ގެންދެވިއެވެ. ރަސޫލް (ޞޢވ) އެދިވަޑައިގަންނަވަމުން ގެންދެވީ ހަމައެކަނި އެންމެ ކަމަކަށެވެ. އެއީ "އަޅުކަން ކުރުން ޙައްޤުވެގެންވާ އިލާހަކީ ހަމައެކަނި 

ﷲ ތަޢާލާ ކަމަށް ބުނުމަށެވެ. ކާމިޔާބު ލިބޭނީ އެއިރުން ކަމަށް ޤަބޫލުކުރުމަށެވެ. 

އެގޮތަށް ވަޑައިގަންނަވަން ފެށްޓެވުމުން އަބޫޖަހުލާއި މައްކާގެ ބޮޑުންނާއި އަދިވެސް އެތައް ބައަކު އިތުރު ރަސޫލާ (ޞޢވ)ގެ ފަހަތްޕުޅުން އިތުރު އެކަލާގެފާނަށް މާލާމާތައި ފުރައްސާރަކުރަމުން ހިނގިއެވެ. ހަމައެކަނި މަމާތާއި ފުރައްސާރަކުރީއެއް ވެސް ނޫނެވެ. އިތުރު މާތް ނަބިއްޔާ (ޞޢވ) އަކީ މޮޔައެއް ކަމަށް ގޮވަމުން ދިއައެވެ. ސިޙުރުވެރިއެއް ކަމަށް ގޮވަމުންނެވެ. 

މިފަދަ ހުރިހާ ކަމެއް ކުރަމުން ދިއައިރުވެސް އިސްލާމް ދީން ޤަބޫލުކުރާ މީހުން ދިއައީ ދުވަހެއް ދުވަހަކަށް ގިނަވަމުންނެވެ. އިތުރުވަމުންނެވެ. ނަތީޖާއަކަށްވީ މުޝްރިކުންގެ ދުއްތުރާތައް އިންތިހާއަށް އިތުރުވުމެވެ. އެހެންކަމާއިއެކުވެސް ﷲ ތަޢާލާ މުސްލިމުންނަށް ދެއްވެވި ނަޞްރުތައް ކީރިތި ޤުރްއާނާއި ރަސޫލް (ޞޢވ)ގެ ސިޔަރަތު ދިރާސާކުރުމުން ކޮންމެ މީހަކަށްވެސް ފެނިގެންދާނެއެވެ. 

އިސްލާމް ދީނަށް ހުށަހަޅުއްވަވަމުން ގެންދެވި ދަޢުވަތު ހުޓަވައިލެއްވުން އެދި ނަބިއްޔާ (ޞޢވ) އަސް ހުށަނުއަޅާ ހަމައެއްވެސް ކަމެއް ނެތެވެ. މުޅި ޢަރަބި ކަރައިގެ ވެރިކަންވެސް ހުށަހެޅިއެވެ. 

އެމީހުން ބުނަމުން ދިއައީ އެމީހުންވެސް ﷲ ތަޢާލާއަށް އަޅުކަން ކުރާނެ ކަމަށާއި މުސްލިމުންވެސް އެމީހުންގެ ކަލާނގެތަކަށް އަޅުކަން ކުރުމަށެވެ. މިއަދުވެސް ކުރެވެމުން މިދަނީ ހަމަ އެއްކަމެކެވެ. ގޮވާލަނީ ހަމައެއްކަމަކަށެވެ. މުޅި ދުނިޔެ ވެސް ގޮވަމުން ދަނީ އިސްލާމީ މުޖުތަމަޢުތަކުން އެހެން ދީންތަކަށް ފުރުޞަތު ދިނުމަށެވެ. ވީމާ މިއަދުވެސް ހުށަހަޅަމުން އެގެންދަނީ މުޝްރިކުން ރަސޫލް (ޞޢވ)ގެ ޒަމާނުގައި ހުށަހެޅި ހުށަހެޅުންތަކެވެ. ތަފާތަކީ ހަމައެކަނި ހުށަހަޅާ ގޮތެވެ. 

މިއަދުވެސް އެ ބުނަނީ ކުރިއެރުން ލިބޭނީ އެއިރުން ކަމަށެވެ. އެމީހުން އެބުނާގޮތް ޤަބޫލުކޮށްފިނަމަ ފަހަރެއްގައި ދުނިޔަވީ ތަރައްޤީ އާއި ތަޙްޒީބު ލިބިދާނެއެވެ. ނަމަވެސް ﷲ ތަޢާލާގެ ރުހިވޮޑިގަތުމެއް ނުލިބޭނެއެވެ. ﷲ ތަޢާލާގެ ނަޞްރާއި ކާމިޔާބު ލިބެން އޮތީ އެ ގޮވާލާ ގޮވާލުންތަކަށް ނޫނެކެވެ ބުނެގެންނެވެ.

އިސްލާމީ ޤައުމުތަކުގައި ހަމަނުޖެހުން އުފައްދުވައި ޤައުމުތައް ހަލާކުކޮށްލުމަށްފަހު މިހާރު ބުނެ، ޒުވާން ސިކުނޑިތަކަށް ވިސްނައިދޭން އެ މަސައްކަތްކުރަނީ މުސްލިމުންގެ ގޮތުގައި ތިބެއްޖެނަމަ ވާނީ ހަމަ އެ ޤައުމުތަކަށް ވެގެން ދިއަ ގޮތް ކަމެވެ. މިއީ ޔަހޫދީންގެ މަކަރުވެރި ދަންތުރައެވެ. ޔަހޫދީން މުސްލިމުންގެ ސިކުނޑިތަކަށް ވައްދަން މަސައްކަތް ކުރާ ކަންކަމެވެ. 

އެމީހެއްގެ ހިތުގައި، ލޭހޮޅިތަކުގައި އިސްލާމް ދީނުގެ ޒަރެއްގެ މިންވަރު ހިނގާ ހަމައެކަކުވެސް ދިވެހި މުޖުތަމައުގައި އެހެން އެއްވެސް ދީނެއް އޮންނާކަށް ބޭނުމެއް ނުވާނެއެވެ. މުސްލިމުންގެ ތެރޭގައިވެސް ތަފާތު ފާފަތައް ކުރެވޭ މީހުން ތިބެދާނެއެވެ. ނަމަވެސް އެމީހުންވެސް ރާއްޖޭގައި އެހެން ދީނެއް އޮންނާކަށް ބޭނުމެއް ނުވާނެއެވެ. 

އެފަދަ ހާލަތެއް މެދުވެރިވެއްޖެނަމަ އަންނަން އޮތް ޖީލުތަކުން އެކަމުގެ ހިތާމަކުރާނެއެވެ. އެފަދަ ކަމެއް ވެގެންދާނީ އަޅުގަނޑުމެންގެ އަމިއްލަ އަތްތަކުން އަޅުގަނޑުމެންގެ ހަލާކުގެ ތެރެއަށް ވައްޓައިލުން ކަމަށެވެ. 

ލާދީނީ ޤައުމުތަކާއި ޖަމާޢަތްތަކުން އިންތިހާއަށް ބޮޑެތި ފަންޑުތައް ދީގެން ކޮންމެ ދުވަހަކު ކުރާ މަސައްކަތަކީ އިސްލާމީ ޤައުމުތަކުން އިސްލާމް ދީން ނައްތައިލުމުގެ މަސައްކަތްތަކެވެ. ވީމާ އަޅުގަނޑުމެން އަބަދުވެސް ތިބެން ޖެހޭނީ މިކަންކަމަށް ވަރަށް ފުރިހަމައަށް ވިސްނައިގެންނެވެ. 

- ޝައިޚް ނިމާލް މުޙައްމަދު، ވިޔަފާރިވެރިންގެ މިސްކިތުގައި މިއަދުގެ ޢަޞްރު ނަމާދަށްފަހު ދެއްވި ދަރުސުން

 

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް