އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މޯދީ ބޮލީވުޑްގެ ބައެއް ތަރިންނާ ބައްދަލުކޮށްފި!

މޯދީ ބޮލީވުޑްގެ ބައެއް ތަރިންނާ ބައްދަލުކޮށްފި!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 38 ސިކުންތު

އިންޑިއާގެ ކުރީގެ ލީޑަރ މަހާތްމާ ގާންދީގެ 150 ވަނަ އުފަންދުވަސް ފާހަގަކުރުމާ ގުޅޭގޮތުން މަޝްވަރާކުރުމަށް އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ ބޮލީވުޑްގެ ބައެއް ތަރިންނާއި ބައްދަލުކޮށްފިއެވެ.

މިބައްދަލުވުމާ ގުޅޭގޮތުން އިންޑިއާގެ ބޮޑު ވަޒީރުގެ އޮފީހުން ނެރުނު ބަޔާނުގައި ބުނީ މުނިފޫހިފިލުވުމުގެ ދާއިރާގެ މަސައްކަތްތައްވާން ޖެހޭނީ 1857އިން 1947 އަށް ގައުމު މިނިވަންކަމަށް ކުރި މަސައްކަތްތަކާއި 1947 އިން 2022 އަށް ގައުމު އާރާސްތު ކުރަން ކުރާ މަސައްކަތްތައް ދައްކުވައިދޭ އުފެއްދުންތަކެއް ކަމަށެވެ.

މީގެއިތުރުން 2022 ވަނަ އަހަރު އިންޑިއާގެ 75 ވަނަ މިނިވަންދުވަސް ފާހަގަކުރާއިރު އެފަދަ ކަންތައްތައް ދައްކުވައިދޭންޖެހޭނެ ކަމަށްވެސް އެބަޔާނުގައި ބުނެފައިވެއެވެ.

ނަރެންދްރަ މޯދި އާއި ބައްދަލުކުރެއްވި ބައެއް ތަރިންގެ ތެރޭގައި ހިމެނެނީ ކިންގް އޮފް ބޮލީވުޑް ޝާހްރުކް ޚާން އާއި އާމިރު ޚާން، ކަންގަނާ ރަނައުތު، ޖެކްއަލީން ފާނަންޑޭޒް އަދި ސޯނަމް ކަޕޫރު އަހޫޖާއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ