އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކޮންމެ ޤައުމެއްގަ، ކޮންމެ ވަޒީފާއެއްގަ ހުރި ނަމަވެސް ދިވެހިރައްޔިތެއްގެ ޙައިޞިއްޔަތުން ބުނަން ޖެހޭ ބަސް ބުނާނަން!: ޑރ. ޝަހީމް

ކޮންމެ ޤައުމެއްގަ، ކޮންމެ ވަޒީފާއެއްގަ ހުރި ނަމަވެސް ދިވެހިރައްޔިތެއްގެ ޙައިޞިއްޔަތުން ބުނަން ޖެހޭ ބަސް ބުނާނަން!: ޑރ. ޝަހީމް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 35 ސިކުންތު

ދުނިޔޭގެ ކޮންމެ ޤައުމެއްގައި، ކޮންމެ ވަޒީފާއެއްގައި ހުންނެވި ނަމަވެސް ދިވެހިރައްޔިތެއްގެ ޙައިޞިއްޔަތުން ބަސްފުޅު ވިދާޅުވަން ޖެހިވަޑައިގަންނަވާ ކަންކަމުގައި ބަސްފުޅު ވިދާޅުވަމުން ގެންދަވާނެ ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރ، ޑރ.، މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

މިއަދުނޫހުން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ޑރ. ޝަހީމް ވިދާޅުވީ އޯއައިސީގެ މަޤާމެއްގައި މިވަގުތު ޖިއްދާގައި މަސައްކަތްކުރައްވަން ޖެހިވަޑައިގެންފައިވުމަކީ އެމަނިކުފާނުގެ ދިވެހިރައްޔިތެއް ކަމުގެ ހައިޞިއްޔަތު ގެއްލިވަޑައިގަންނަވާ ނުވަތަ އެމަނިކުފާނުގެ ދިވެހި ޤައުމީ ނިޞްބަތަށް އުނިކަމެއް އަންނާނެ ކަމެއް ނޫން ކަމަށެވެ. 

"އަޅުގަނޑަކީ އަބަދުވެސް ދިވެހި ރައްޔިތުންނާ ވަރަށް ގާތުން މަސައްކަތްކުރަމުން އަންނަ މީހެއް. ޚާއްޞަކޮށް ރާއްޖޭގެ ދީނީ ކަންކަމާއި އަޅުގަނޑާއި މިވަނީ ވަރަށް ބޮޑަށް ގުޅި ލާމެހިފަ. އަޅުގަނޑަކީ އިސްލާމިކް މިނިސްޓްރީ ފުރަތަމަ އުފެދިގެން އައިއިރު ސްޓޭޓް މިނިސްޓަރު. ފަހުން ދެ ދައުރުގަ އިސްލާމިކް މިނިސްޓަރުކަން ކުރިން. މީގެ އިތުރުން އަޅުގަނޑަކީ ރާއްޖޭގައި އިސްލާމް ދީން ދިފާޢުކޮށް ނަގަހައްޓަން ކުރަން ޖެހުނު ކޮންމެ ކަމެއް ކުރަމުން އައި މީހެއް. މިއަދުވެސް އަޅުގަނޑޫ ދެމިހުންނާނީ ހަމަ އެކަގޮތުގަ." 

ޑރ. ޝަހީމް ވިދާޅުވީ އޯއައިސީގައި މަސައްކަތްކުރެއްވި ނަމަވެސް ރާއްޖޭގައި އިސްލާމް ދީނަށް ހުރަސްތައް ކުރިމަތިކުރުވަމުން ގެންދާނަމަ ދިވެހި ރައްޔިތެއްގެ ހައިޞިއްޔަތުން އުފުއްލަވަން ޖެހިވަޑައިގަންނަވާ އަޑުތައް އުފުއްލަވާނެ ކަމަށެވެ. "އެއީ އަޅުގަނޑުގެ ދީނީ އަދި ޤައުމީ ވާޖިބެއް! ވަޒީފާގެ މަސްއޫލިއްޔަތަކީ މުޅިން ތަފާތު ކަމެއް." 

ޑރ. ޝަހީމަކީ ދިވެހި ރައްޔިތަކަށްވާއިރު ދިވެހި ރައްޔިތަކު ދިވެހި ޤައުމުގެ ކަމަކާއި ގުޅިގެން ބަސް ބުނުމުން އެއީ ދިވެހި ޤައުމުގެ ދާޚިލީ ކަންކަމާއި ބެހުން ކަމަށް މާނަކުރާނަމަ ހުރިހާ ޤައުމުތަކުގައި މަސައްކަތްކުރާ ދިވެހިންނަށްވެސް އެކަން އޮންނަން ޖެހޭނީ އެގޮތަށް ކަމަށް ބެލެވެއެވެ. ދިވެހި ބަހުގައި ދާޚިލީ ކަންކަމާއި ބެހުން މާންކުރަނީ ދިވެހިރައްޔިތެއް ނޫން މީހަކު ނުވަތަ ޖަމާއަތަކުން ރާއްޖޭގެ އެތެރޭގެ ކަންކަމާއި ބެހުމަށެވެ. ޑރ. ޝަހީމް އެމްޑީއެންމެ ލާދީނީ ރިޕޯޓަށް ފާޑުވިދާޅުވި މައްސަލަ މަޖިލީހުން ބަލާނަމަ ފުރަތަމަ ބަލަން ޖެހޭނީ މަޖިލިހުގެ މިހާރުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު އެތައް އަހަރެއް ވަންދެން ރާއްޖެއިން ބޭރުގައި ހުންނަވައިގެން ރާއްޖޭގެ ކަންކަމާއި ބެހިވަޑައިގެންނެވި މައްސަލަކަން ފާހަގަކުރެވެއެވެ. 

މިއަދުނޫހަށް ޔަޤީންކުރެވިފައިވާ ގޮތުގައި އޯއައިސީގައި ޚިދުމަތްކުރައްވާ ހުރިހާ ޤައުމުތަކެއްގެ ބޭފުޅުންވެސް އެބޭފުޅުންގެ ޤައުމުތަކުގައި ހިނގާ ކަންކަމާއި ގުޅިގެން ގެންދަވަނީ ބަސްފުޅު ވިދާޅުވަމުންނެވެ.

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް