އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކުޅުދުއްފުށީގައި ރޭ ހިނގި އަލިފާނުގެ ހާދިސާއަކީ މީހަކު ގަސްތުގައި ކުރިކަމެއް ކަމަށްބެލެވޭ - ފުލުހުން

ކުޅުދުއްފުށީގައި ރޭ ހިނގި އަލިފާނުގެ ހާދިސާއަކީ މީހަކު ގަސްތުގައި ކުރިކަމެއް ކަމަށްބެލެވޭ - ފުލުހުން


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 58 ސިކުންތު

ކުޅުދުއްފުށީ "ކަކާގޭ" ގައި ރޭ ހިނގި އަލިފާނުގެ ހާދިސާއަކީ މީހަކު ގަސްތުގައި އަލިފާން ރޯކޮއްލައިގެން ކޮށްފައިވާ އަމަލެއްކަމަށް ބެލެވޭކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ ކުޅުދުއްފުށީ ކަކާގޭގައި ހުރި ސައިކަލެއްގައި ރޯވުމުން ފުލުހުން އެ ސަރަހައްދަށް ދިޔަަ އިރު ސައިކަލުގެ އިތުރުން އެ ގޭގެ އަސްކަނިގެ ސީލިންގާއި އެރަށު ޕިކަޕެއްގައި ރޯވެ އަނދާފައިވާ ކަމަށެވެ. މިހާދިސާގައި މީހަކަށް ގެއްލުމެއް ލިބިފައި ނުވާ ކަމަށާއި އެގޭގެ ގިނަތަކެއްޗަށް ގެއްލުން ވެފައިވާކަމަށް ފުލުހުން ބުނެއެވެ. އެ ހާދިސާގައި އަލިފާން ނިއްވާލ،ީ އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއު އިން ނެވެ. އަލިފާނުގެ ޙާދިސާ ހިނގާފައިވަނީ އެރަށުގެ ވިޔަފާރިއަކަށް ކުއްޔަށް ދީފައިވާ ތަނެއްގައި އެވެ.

ފުލުހުން ބުނީ މި ހާދިސާގައި ކަކާގޭ އިތުރުން އެ ގެ އާއި އިންވެގެން ހުންނަ ނަހާގެޔަށް ކޮންމެވެސް ވަރަކަށް އަލިފާނުގެ އަސަރުކޮށްފައިވާ ކަމަށެވެ. އަދި މިހާދިސާ އާއި ގުޅިގެން ބަލަން ޖެހޭ ކަންކަން ފުލުހުން ބަލަމުންދާކަމަށް ފުލުހުން ބުނެއެވެ. އެހެންނަމަވެސް މިކަމާގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮއްފައި ނުވާކަމަށް ފުލުހުން ބުނެއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ