އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ގައުމީ ދުވަހު، އުރީދޫގެ "އެކު ކެމްޕެއިން" އެއްބައިވަންތަކަމުގެ މުހިއްމު މެސެޖުތަކެއް ގެނެސްދީފި

ގައުމީ ދުވަހު، އުރީދޫގެ "އެކު ކެމްޕެއިން" އެއްބައިވަންތަކަމުގެ މުހިއްމު މެސެޖުތަކެއް ގެނެސްދީފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 6 މިނެޓް, 20 ސިކުންތު

ދިވެހިރާއްޖޭގެ ގައުމީ ދުވަހު، އުރީދޫ އިން "އެކު" ކެމްޕެއިން ތަޢާރަފްކޮށް، ޅެމެއްގެ ސިފައިގައި އެއްބައިވަންތަކަމާއި ބެހޭ މުހިއްމު މެސެޖްތަކެއް ގެނެސްދީފިއެވެ.

އެކު،

އެކަކާއި އެކު އަނެކަކު،

ބަދަހިކަމާއި އެކު އާއިލާ،

އާއިލާ އާއި އެކު ހިތްހަމަޖެހުން،

އެއްބައިވަންތަކަމާއި އެކު ޒުވާނުން،

ޒުވާނުންނާއި އެކު އުއްމީދު،

އިލްމާއި އެކު ހުނަރު،

ހުނަރާއި އެކު ހިތްވަރު،

ދޭސީންނާއި އެކު ބިދޭސީން،

ގަދަރާއި އިޚްތިރާމާއި އެކު،

އެ އަވަށާއި އެކު މި އަވަށް،

އެކު އެކީ ގުޅިގެން،

އެކުވެރިކަމާއި، އަޅާލުމާއި، އަދި އޯގާތެރިކަމާއި އެކު،

އެކަނި ނުވީސް،

އެކު ނުވެ ނުވީސް،

އެކު އެކީ އެންމެން، އެންމެނާއި އެކު އުރީދޫ.

އެކަކާއި އަނެކަކުގެ ދެމެދުގައިވާ ތަފާތުތައް ފާހަގަކޮށް އުރީދޫ އިން ކުރިއަށް ގެންދިޔަ މަގުބޫލު "ވަރަށް ތަފާތު" ކެމްޕެއިނަށް ފަހު، މިފަހަރު ފެނިގެންދާ އެކު ކެމްޕެއިނުން ދައްކުވައިދެނީ މުޖުތަމައުގެ މެދުގައިވާ ތަފާތުތަކާއި އެކުވެސް، އެއް ބައެއްގެ ގޮތުގައި، އެއްބައިވަންތަކަމާއި، އަޅާލުމާއި އެކު އުޅުމުގެ މުހިއްމުކަމެވެ. ހަމައެހެންމެ، އުރީދޫގެ ފަހުގެ ޓެކްނޮލޮޖީތަކާއި އުފެއްދުންތެރި ޚިދުމަތްތަކާއި އެކު ކަސްޓަމަރުންނަށް ގެނެސްދޭ އިތުރު ފުރުސަތުތަކާއި ފަސޭހަތައް، އަދި އެކުންފުނިން ދިވެހިރައްޔިތުންގެ ދިރިއުޅުމަށް އިތުރު ފުރިހަމަކަމާއި ފާގަތިކަން ގެނެސްދިނުމަށް ކުރަމުންދާ ތަފާތު މަސައްކަތްތައްވެސް އެކު ކެމްޕެއިން މެދުވެރިކޮށް އަލިއަޅުވާލަދޭނެއެވެ.

އުރީދޫގެ މި ޚާއްސަ ކެމްޕެއިން މިއަދު ތައާރަފްކޮށްފައިވަނީ، އެމް.އެން.ޔޫގެ ދަރިވަރުންނާއި އެކު، އެ ޔުނިވާސިޓީގައި ބޭއްވުނު ހާއްސަ ކީނޯޓް އިވެންޓެއްގައެވެ. މިގޮތުން، އުރީދޫގެ ބްރޭންޑް ޓީމް ވަނީ، އެކު ކެމްޕެއިން މިސާލެއްގެ ގޮތުގައި ނަގައި، ކެމްޕެއިން ސްޓްރެޓެޖީ ފަރުމާކުރުމާއި ކަސްޓަމަރުންނާއި ހަމައަށް ގެނެސްދިނުމުގެ އުކުޅުތަކާއި ބެހޭ މައުލޫމާތު، އެމް.އެން.ޔޫ ގައި މާކެޓިންގ ކިޔަވަމުންދާ ދަރިވަރުންނާއި ހިއްސާކޮށްފައެވެ. 

އުރީދޫ މޯލްޑިވްސް އިން އެކު ކެމްޕެއިން ލޯންޗުކުރުމަށް، މިއަދު ތައާރަފްކޮށްފައިވާ ވީޑިއޯ: ލިންކު.

އެކު ކެމްޕެއިން ލޯންޗް ކުރި އިވެންޓުގައި ވާހަކަދައްކަމުން، އުރީދޫގެ ޑައިރެކްޓަރ އޮފް ސޭލްސް އެންޑް ބްރޭންޑް، ހުސެން ނިޔާޒު ވިދާޅުވެފައިވަނީ: "އުރީދޫގެ މުޅި އާއިލާގެ ނަމުގައި، ދިވެހިރާއްޖޭގެ ގައުމީ ދުވަހުގެ ހެޔޮއެދުމާއި މުބާރަކުބާދީ، އެންމެހާ ދިވެހި އަޚުންނާއި އުޚްތުންނަށް އަރިސްކުރަން. މިފަދަ ޚާއްސަ ދުވަހެއްގައި އެކު ކެމްޕެއިން ތައާރަފްކޮށް، ދިވެހި ރައްޔިތުންގެ ހަޔާތަށް އިތުރު ފުރިހަމަކަން ގެނެސްދިނުމަށް އުރީދޫ ބްރޭންޑުންދޭ އަޙަމިއްޔަތު ފާހަގަކުރަން. ހަމައެހެންމެ، އުރީދޫގެ ޓެކްނޮލޮޖީތަކާއި ޚިދުމަތްތައް މެދުވެރިކޮށް ދިވެހީންގެ މެދުގައި އެއްބައިވަންތަކަން އިތުރުކޮށް، ޤައުމު ބިނާކުރުމަށް އަބަދުމެ މަސައްކަތްކުރަމުންދާނެކަމުގެ ޔަގީންކަން އަރުވަން." 

އުރީދޫގެ އެކު ކެމްޕެއިން މެދުވެރިކޮށް، އުރީދޫގެ ކަސްޓަމަރުންނަށް ވަރަށް ޚާއްސަ ހަރަކާތްތަކެއް ފެނިގެންދާނެއެވެ. ނުހަނު ފަސޭހަތަކާއި، ކުރިއެރުމަށް ފަހިކޮށްދޭ ފުރުސަތުތަކާއި އެކު ކަސްޓަމަރުންނަށް އުރީދޫ އިން ފޯރުކޮށްދޭ ތަފާތު ޚިދުމަތްތަކާއި ބެހޭ މައުލޫމާތު ހޯއްދެވުމަށް، www.ooredoo.mv އަށް ޒިޔާރަތް ކުރަށްވަން އުރީދޫ އިން ވަނީ އެދިފައެވެ.

 

Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު