އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

3 މީހުން މަރާލައި އެ 3 މީހުންގެ މަސް ކޭ މީހަކު ހައްޔަރުކޮށްފި!

3 މީހުން މަރާލައި އެ 3 މީހުންގެ މަސް ކޭ މީހަކު ހައްޔަރުކޮށްފި!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 4 ސިކުންތު

3 މީހުން މަރާލައި އެ 3 މީހުންގެ މަސް ކޭ މީހަކު ހައްޔަރުކޮށްފިއެވެ. ރަސިއާ ފުލުހުން ބުނީ އޭނާ އެ 3 މީހުން ވެސް މަރާލާފައިވަނީ ބަނގުރާ ބޯންދީ މަސްތު ކުރުވުމަށްފަހު ބޯކަނޑާލައިގެން ކަމަށެވެ. 

އެއީ 51 އަހަރުގެ މީހެއްކަމަށް ބުނެފައިވި ނަމަވެސް އޭނާގެ ނަން ހާމަކޮށްފައެއް ނުވެއެވެ. ފުލުހުން ބުނީ އޭނާ މިކަންކޮށްފައިވަނީ 2016-2017 ވަނަ އަހަރު ކަމަށާއި މައުލޫމާތު ޢާންމުކުރުން ލަސްވީ އެއީ 3 މީހުންކަން ދެނެގަތުމަށް ވަގުތު ނެގުމުން ކަމަށެވެ. ނަން ހާމަނުކުރި ނަމަވެސް އޭނާ ހައްޔަރުކުރި ވީޑިއޯ ވަނީ ޢާންމުކޮށްފައެވެ. 

ފުލުހުން ބުނީ އެ 3 މީހުންގެވެސް ކަށިތައް ފެނުނީ އަރްޚަންގެލްސްކް ސިޓީގެ ކޯރެއްގެ ކައިރީގައި ބަހައްޓާފައިހުރި ބަސްތާތަކަކުން ކަމަށާއި ކަށިތަކުގެ ތެރޭގައި ބުޅަލާއި ކުއްތާ އާއި އެނޫންވެސް އޭނާ ކައިފައިވާ ކުދި ޖަނަވާރުތަކުގެ ކަށިތައް ވެސް ހިމެނޭ ކަމަށެވެ. އަދި މީނާއަކީ ޢާންމުކޮށް ކުދި އެފަދަ ޖަނަވާރުތައް ކައި އުޅުނު މީހެއް ކަމަށެވެ. 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް