އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޤައުމުގެ ތަރައްޤީގައި ކޮންމެ މީހެއްގެވެސް ފަރުދީ ޒިންމާ އަދާކުރުމަށް ނައިބު ރައީސް ގޮވާލައްވައިފި

ޤައުމުގެ ތަރައްޤީގައި ކޮންމެ މީހެއްގެވެސް ފަރުދީ ޒިންމާ އަދާކުރުމަށް ނައިބު ރައީސް ގޮވާލައްވައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 2 ސިކުންތު

ޤައުމުގެ ކުރިއެރުމާ ތަރައްޤީގައި ކޮންމެ މީހެއްގެ ޙިއްޞާވެސް މުހިންމު ކަމަށް ދަނެގެން އެމީހެއްގެ ފަރުދީ ޒިންމާ އަދާކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަޞީމް ގޮވާލައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު މިކަމަށް ގޮވާލެއްވީ ޤައުމީ ޔުނިވަސީޓީގެ ސްކޫލް އޮފް މެޑިސިންގެ ދަރިވަރުން އަމަލީ ތަޖުރިބާ ހޯދުމުގެ ޕްރޮގްރާމުގެ ފެށުން ފާހަގަކުރުމުގެ ގޮތުން މިއަދު ބޭއްވި ޙަފުލާ ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި ޤައުމުގެ މުސްތަޤްބަލު އުޖާލާކޮށް ފުދުންތެރިކަން އިތުރުކޮށް ތަރައްޤީއަށް ވާޞިލުވުމަށް ދިވެހިންގެ އަތްމައްޗަށް ގިނަ މަސައްކަތްތަކެއް ގެންނަންޖެހޭކަން ފާހަގަކުރެއްވިއެވެ. އަދި ކޮންމެ މީހަކީވެސް ދިރިއުޅުމަށްޓައި މަސައްކަތެއްކޮށްގެން އާމްދަނީއެއް ހޯދާމީހަކަށް ވުމުގެ މުހިންމުކަން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފާހަގަކުރެއްވިއެވެ.

ޞިއްޙީ ދާއިރާގައި މަސައްކަތް ކުރުމުގައާއި ބަލިމީހުންނަށް ފަރުވާ ދިނުމުގައި ހިތްހެޔޮކަމާ އޯގަތެރިކަމާއެކު އެހީތެރިކަން ފޯރުކޮށްދިނުމަކީ ޞިއްޙީ ޚިދުމަތުގެ މުހިންމު އަސާސެއްކަންވެސް ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. އެމަނިކުފާނުގެ ވާހަކަފުޅުގައި ރަށުފެންވަރުގެ ޞިއްޙީ ޚިދުމަތް ތަރައްޤީކުރުމަށް މީގެކުރިން ނުކުރާ މިންވަރަށް މިސަރުކާރުން މަސައްކަތް ކުރަމުންގެންދާކަން ފާހަގަކުރެއްވިއެވެ.

މިއަދު ބޭއްވި މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ މި ޕްރޮގްރާމުގައި ބައިވެރިވާ ދަރިވަރުންނަށް ސެޓްފިކެޓް ހަވާލުކޮށްދެއްވާފައެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު