އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އުރީދޫގެ ސީއެފްއޯ އަދި ބޯޑު ޑިރެކްޓަރު ކަމަށް ސުރޭޝް ކަލްޕަތީ ޗިޑަމްބަރަމް އައްޔަންކޮށްފި

އުރީދޫގެ ސީއެފްއޯ އަދި ބޯޑު ޑިރެކްޓަރު ކަމަށް ސުރޭޝް ކަލްޕަތީ ޗިޑަމްބަރަމް އައްޔަންކޮށްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 43 ސިކުންތު

އުރީދޫ މޯލްޑިވްސް ގެ ޗީފް ފައިނޭންޝަލް އޮފިސަރުގެ މަގާމާއި އެގްޒެކެޓިވް ބޯޑު ޑިރެކްޓަރެއްގެ ގޮތުގައި (އުރީދޫ މޯލްޑިވްސްގެ މައި ހިއްސާދާރު ކަމުގައިވާ ވަތަނިއްޔާ އިންޓަރނޭޝަނަލް އެފްޒެޑް-އެލްއެލްސީ އިން ނޮމިނޭޓްކޮށްފައިވާ ރެޕްރެޒެންޓެޓިވް) މިސްޓަރ ސުރޭޝް ކަލްޕަތީ ޗިޑަމްބަރަމް އައްޔަންކޮށްފިއެވެ. 

އެ މަޤާމަށް މިސްޓަރ ސުރޭޝް ކަލްޕަތީ ޗިޑަމްބަރަމް ޢައްޔަނުކޮށްފައި ވަނީ 17 ސެޕްޓެންބަރު 2019 އިންފެށިގެނަކަމަށް އެކުންފުނިން ބުނެއެވެ. 

ސުރޭޝް ކަލްޕަތީ ޗިޑަމްބަރަމް ވަނީ ޓެލެކޮމިއުނިކޭޝަން، ރީޓެއިލް، އަދި މެނުފެކްޗަރިންގ ފަދަ އިންޑަސްޓްރީތަކުގައި މަސައްކަތްކޮށް، ފައިނޭންސްގެ ދާއިރާއިން 30 އަހަރަށް ވުރެ ގިނަ ދުވަހުގެ ތަޖުރިބާ ހޯދާފައެވެ. އުރީދޫ މޯލްޑިވްސްއާ ގުޅުމުގެ ކުރިން އޭނާ ވަނީ އުރީދޫ ގްލޯބަލް ސަރވިސަސްގެ ޗީފް ފައިނޭންޝަލް އޮފިސަރުގެ މަގާމުގައިވެސް މަސައްކަތްކޮށްފައެވެ. ސުރޭޝް ކަލްޕަތީ ޗިޑަމްބަރަމް ވަނީ ބާރލާ އިންސްޓިޓިއުޓް އޮފް ސައިންސް އެންޑް ޓެކްނޮލޮޖީއިން މެނޭޖްމަންޓްގެ ދާއިރާއިން މާސްޓަރސް ހާސިލުކޮށްފައެވެ. އަދި އޭނާއަކީ އިންސްޓިޓިއުޓް އޮފް ޗާޓާޑް އެކައުންޓަންޓްސް އޮފް އިންޑިއާގެ މެންބަރެކެވެ. 

އުރީދޫ އިން ބުނީ އުރީދޫ މޯލްޑިވްސްގެ ޗީފް ފައިނޭންޝަލް އޮފިސަރުގެ މަގާމާއި ބޯޑު ޑިރެކްޓަރުކަމުގެ މަޤާމަށް އައްޔަން ކުރުމާ ގުޅިގެން، ސުރޭޝް ކަލްޕަތީ ޗިޑަމްބަރަމް އަށް ކުންފުނިން ވަރަށް ހޫނު މަރުހަބާއެއް ކިޔާ ކަމަށާއި ސުރޭޝް ކަލްޕަތީ ޗިޑަމްބަރަމްގެ އެހީތެރިކަމާއި ލީޑަރޝިޕްގެ ދަށުން އުރީދޫ މޯލްޑިވްސްއިން އިތުރު ކުރިއެރުމާއި ކާމިޔާބީތައް ހޯދާނެކަމަށް އުންމީދުކުރާކަމަށެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް