އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ނައިބު ރައީސް އުކުޅަސް ކައުންސިލް މެންބަރުންނާއި ބައްދަލުކުރައްވައިފި

ނައިބު ރައީސް އުކުޅަސް ކައުންސިލް މެންބަރުންނާއި ބައްދަލުކުރައްވައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 13 ސިކުންތު

ނައިބު ރައީސް ފައިޞަލް ނަސީމް، އަރިއަތޮޅު އުތުރުބުރީ އުކުޅަހު ކައުންސިލް މެންބަރުންނާއި މިއަދު ބައްދަލުކުރައްވައިފިއެވެ.
މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި، ކައުންސިލުން ރަށުގެ ތަރައްޤީއަށް ރާއްވަވާފައިވާ މަސައްކަތްތަކާއި މިހާރު ކުރިއަށްދާ މަސައްކަތްތަކާއި ރަށަށް ބޭނުންވެފައިހުރި ކަންކަމުގެ މަޢުލޫމާތާއި ރަށުގެ ކުރިއެރުމަށްހުރި ދަތިތައް ނައިބު ރައީސާއި ހިއްސާ ކުރައްވާފައިވެއެވެ.


އެގޮތުން ކައުންސިލުން ހިއްސާކުރެއްވި ކަންތައްތަކުގެ ތެރޭގައި ރަށު ސްކޫލުގައި ގްރޭޑް 12އާ ހަމައަށް ކިޔަވައިދެމުންދާއިރު، ދަރިވަރުންނަށް ބޭނުންވާ ބައެއް ވަޞީލަތްތައް ފޯރުކޮށްދިނުމުގައި ހުރި ދަތިތަކާއި ޞިއްޙީ މަރުކަޒުގެ ޖާގައިގެ ދަތިކަމާއި ރަށުގައި ކުނި މެނޭޖްކުރުމުގައި ހުރި ގޮންޖެހުންތައް ހިމެނެއެވެ.


މި ބައްދަލުކުރެއްވުމުގައި ނައިބު ރައީސް ދެއްކެވި ވާހަކަފުޅުގައި، އުކުޅަހުގެ ޒުވާނުންނަކީ އަޚްލާގީ ގޮތުން ރަނގަޅު ހެޔޮލަފާ ބައެއްގެ ގޮތުގައި މުޖުތަމަޢަށް ނެރުމަށާއި މަސައްކަތުގެ މާހައުލަށް އަހުލުވެރި ބަޔަކަށް ހެދުމަށްޓަކައި ސްކޫލު މާހައުލުގެ ތެރެއިން މަސައްކަތް ކުރުމުގެ މުހިއްމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައިވެއެވެ. އަދި ރަށުގެ ރައްޔިތުންނަކީ ދީނީ ކަންކަމަށް ފަރުވާތެރިކަން ބަހައްޓާ ދީންވެރި ބަޔަކަށް ހެދުމަށްޓަކައި ކައުންސިލުން އިސްނަންގަވައިގެން މަސައްކަތް ކޮށްދެއްވުމަށްވެސް ނައިބު ރައީސް އެދިވަޑައިގެންފައިވެއެވެ.


މިބައްދަލުކުރެއްވުމުގައި އުކުޅަހު ކައުންސިލަރުން ފާހަގަކުރެއްވި މަސައްލަތައް ޙައްލުކުރުމަށްޓަކައި ސަރުކާރުގެ ކަމާބެހޭ ފަރާތްތަކާއެކު މަޝްވަރާކުރައްވައިގެން އަވަސް ޙައްލެއް ހޯއްދެވުމަށް މަސައްކަތް ކޮށްދެއްވާނެކަމުގެ ޔަޤީންކަން ނައިބު ރައީސް ވަނީ ކައުންސިލަރުންނަށް ދެއްވާފައެވެ.

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އައިޝަތު އަލީ