އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ވަޒަންއެރި ހާދިސާގެ އަޕްޑޭޓް: ޓްރީޓޮޕަށް ގެންދިއައީ އެއްވެސް އިތުރު އަނިޔާއެއް ލިބިފަވޭތޯ ބަލަން!

ވަޒަންއެރި ހާދިސާގެ އަޕްޑޭޓް: ޓްރީޓޮޕަށް ގެންދިއައީ އެއްވެސް އިތުރު އަނިޔާއެއް ލިބިފަވޭތޯ ބަލަން!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 37 ސިކުންތު

ގިރިފުށި ކައިރިން ދަތުރުކުރި ސަފާރީއެއްގައި ހުރި ފަތުރުވެރިއެއްގެ ގައަށް ރިކޮސިޓް (ތަނެއްގައި ޖެހި ބާރު ކެނޑިފައިވާ) ވަޒަނެއް އެރިކަމުގެ މަޢުލޫމާތު ލިބިގެން އެމްއެންޑީއެފުން އެކަން ބަލަން ފަށައި މިހާރު އޭނާ ވަނީ ހުޅުމާލޭގައި ހުންނަ ޓްރީ ޓޮޕް ހޮސްޕިޓަލަށް ގެންގޮސްފައެވެ. 

އެމްއެންދީއެފްގެ މީޑިއާ އޮފިޝަލް ވިދާޅުވީ މިހައިތަނަށް ބެލިބެލުމުން ތެޔޮހަން ދިއުން ނޫން އިތުރު ގެއްލުމެއް ލިބިފައިވާކަން އެނގިފައި ނުވާ ކަމަށެވެ. ނަމަވެސް ޓްރީ ޓޮޕް ހޮސްޕިޓަލަށް ގެންދިއައީ އިތުރަށް ބަލަން ޖެހޭ ކަންކަން ބަލައި ޔަޤީންކުރަން ކަމަށެވެ.  

އެމްއެންޑީއެފްގެ ބަޔާނުން:  

"ގިރިފުށީގައި ޤާއިމްކުރެވިފައިވާ ފަޔަރިންގ ރޭންޖުގައި ސަލާމަތާއި ރައްކާތެރިކަމުގެ ފިޔަވަޅު އަޅައިގެން ސިފައިން ލައިވް ފަޔަރިންގ ފަރިތަކުރުންތަކެއް މިއަދު ކުރިއަށްގެންދެވިފައިވެއެވެ. އަދި، މި ފަރިތަކުރުންތައް ކުރިއަށްގެންދަނިކޮށް، ގިރިފުށީ ކައިރިން ދަތުރުކުރި ސަފާރީއެއްގައި ހުރި މީހެއްގެ ގަޔަށް ރިކޮސިޓް (ތަނެއްގައި ޖެހި ބާރު ކެނޑިފައިވާ) ވަޒަނެއް އެރިކަމުގެ މަޢުލޫމާތު ލިބުމާއެކު، އެމްއެންޑީއެފްގެ އުޅަނދެއްގައި އެ ސަފާރީ ކައިރިއަށް ސިފައިން ވަނީ ގޮސްފައެވެ. އަދި ސިފައިން ގޮސް ބެލިއިރު، އެ ރިކޮސިޓް ވަޒަން ދަތުރުކޮށްފައިވަނީ އެމީހާގެ ކަރުގެ ބޭރުން ހަންގަނޑު މަތިން ކޭތިލާފައެވެ. އެހެންކަމުން، އެމީހާއަށް އިތުރު ފަރުވާ ދިނުމަށް ޓަކައި، ސީއެމްބިޔުލާންސްގައި ހުޅުމާލެއަށް ގެންދިޔުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ. އަދި، އެމީހާގެ ހާލު ރަނގަޅެވެ."

މި މައްސަލަ ފުލުހުންނާއި އެމްއެންޑީއެފުން ދަނީ އިތުރަށް ތަޙްޤީޤުކުރަމުންނެވެ. 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް